Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގު ޕްރޮމޯޝަން

ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ވަރަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަދިޔާތަކެއް!

2 އޮކްޓޯބަރު 2018 | އަންގާރަ 09:29

ނަސީބުވެރި 30 ފަރާތަކަށް ބޭނުން 30 މަންޒިލަކަށް ހުރިހާ ހަރަދެއް ހިމެނޭ ދަތުރެއް ލިބުމުގެ ފުރުސަތު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އޮކްޓޯބަރު 2018 | އަންގާރަ 09:29
ދިރާގުގެ 30 ވަނަ އަހަރީ ދުވަސް މުވައްޒަފުންނާއި މެނޭޖްމަންޓް އެކީގައި ފާހަގަކުރަނީ

ދިރާގުގެ 30 ވަނަ އަހަރީ ދުވަސް މުވައްޒަފުންނާއި މެނޭޖްމަންޓް އެކީގައި ފާހަގަކުރަނީ

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަރަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަދިޔާތައް ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ ހަދިޔާތަކުގެ ތެރޭގައި ނަސީބުވެރި 30 ފަރާތަކަށް ބޭނުން 30 މަންޒިލަކަށް ހުރިހާ ޚަރަދެއް ހިމެނޭ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ގުރުއަތުލުމަކުން ހޮވޭ އިނާމު ހޯދުމަށް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

މީގެ އިތުރުން ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އޮކްޓޯބަރ މަހު 30 އިންސައްތަ އިތުރު ޑޭޓާ ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ. އަދި ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް 1 ޖީބީ ޑޭޓާ މުޅިން ހިލޭ ދިމުނަށް ވެސް ވަނީ ނިންމާފައެވެ.

މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާ އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމަށް އެސްއެމްއެސް ފޮނުއްވާނީ “ADD D1GB” ޖައްސަވާފައި 343 އަށެވެ. ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނީ އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެން ގޮސް އޮކްޓޯބަރ 3 ވަނަ ދުވަހާއި ހަމައަށެވެ. އަދި މި ޑޭޓާޕެކް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެއެވެ.

އަހަރީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ވެސް ދިރާގުން ވަނީ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން، ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމްގައި ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، ފޭސްބުކްގައި ނަމަ "ހާރޓް ރިއެކްޓް" ، ޓުވިޓަރ ގައި "ފެވަރިޓް" އަދި އިންސްޓަގްރާމްގައި ނަމަ "ލައިކް" އެއް ދިނުމުން ނަސީބުވެރި 30 ފަރާތަކަށް ގޫގްލް މިނީ ހޯމްއެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިރާގުން ބުނީ އަހަރީ ދުވަހުގެ ހަދިޔާތަކާއި ޕްރޮމޯޝަންތަކަކީ، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުންނާއި ދިރާގާއެކު ކަސްޓަމަރުން ތިބުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ހަދިޔާތަކެވެ.

ތިރީސް އަހަރުގެ ދިގު ތަޖުރިބާއަކާ އެކު ދިރާގު ވަނީ ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތުގެ ސިނާއަތުގެ އެންމެ ކުރީ ސަފުގައިއެވެ. އަދި ދިރާގުގެ 30 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފައެވެ. އެގޮތުން ދިރާގުން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް 1253 ކިލޯމީޓަރ ގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އަކުން ގުޅައިދީފައެވެ. މިއީ މި ގޮތަށް ރާއްޖޭގައި ފުރަތަމަ އެޅި ކޭބަލްވެސް މެއެވެ. މި ކޭބަލްގެ ސަބަބުން ހައި ސްޕީޑް މުވާސަލާތުގެ އެތައް ކަމެއް މުޅި ރާއްޖެ އަށް މަގުފަހިވެ ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް ހަލުވިކަމެއް ގެނެސްދިނެވެ. ރާއްޖޭގެ އެންމެ ބޮޑު 4ޖީ އަދި ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ގާއިމު ކޮށްފައިވަނީ ވެސް ދިރާގުންނެވެ.

"ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިޔާރާއި، އޮރެންޖު ކުލައިގެ އައު ބްރޭންޑިންގ އާއި އެކު ދިރާގު މިހާރު ފެނިގެން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ތައްޔާރަށް އޮތް ޒަމާނީ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏެއް ގޮތަށެވެ. އައު ބްރޭންޑިންގ އާއެކު ދިރާގުގެ މަޤްސަދަކަށް ވެގެން ދިޔައީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
28 ޖެނުއަރީ 2017

ޕޯޓް ކްލިނިކެެއް ވަރަށް އަވަހަށް ހުޅުވާނަން: ޖުނައިދު

28 ޖެނުއަރީ 2017
ޕޯޓް ކްލިނިކެެއް ވަރަށް އަވަހަށް ހުޅުވާނަން: ޖުނައިދު
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް