Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ނޫސްވެރިންނަށް ވިސާގެ މައްސަލަ ދިމާވުމުން ކަންބޮޑުވޭ: އައިއެފްޖޭ

22 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:17

އިންތިޚާބު ކަވަރ ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް އެދިފައިވާނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 22 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:17
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުމުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުމުގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކަވަރކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ނޫސްވެރިންނަށް ވިސާގެ މައްސަލަ ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އައިއެފްޖޭ އިން ބުނެފައި ވެއެވެ.

ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަޤްވާމީ ޖަމާއަތެއް ކަމަށްވާ "އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް" (އައިއެފްޖޭ) އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އިންތިޚާބު ކަވަރކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ވިސާގެ މައްސަލަ ޖެހުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، މިނިވަންކަމާ އެކު އިންތިޚާބުގެ ކަންތައްތައް ކަވަރކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އައިއެފްޖޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ނޫސްވެރިންނަށް ވިސާ ލިބުމުގެ މައްސަލަ ޖެހިފައި ވަނީ އިންތިޚާބާ ދިމާކޮށް ރާއްޖެ އާއި ބޭރުގެ ނޫސްވެރިންނަށްކުރާ ފުރައްސާރަ އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އައިއެފްޖޭގެ ބަޔާނުގައި ބުނެފައި ވަނީ މިމަހުގެ 23 ވަނަދުވަހު އޮންނަ ރިޔާސީ އިންތިޚާބު ކަވަރު ކުރުމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިފައި ވަނީ މަދު ނޫސްވެރިންނަށް ކަން ފާހަގަކުރެވޭ ކަމަށެވެ.

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް މޮނީޓަރުންގެ ފާސް ދޫކޮށްފައި ވީނަމަވެސް، ރާއްޖެއަށް އައުމުގެ ބޭރު ގައުމުތަކުގެ ނޫސްވެރިންނާއި އޮބަޒރވަރުންނަށް އިމިގްރޭޝަނުން ވިސާ ނުދޭ ކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އިންތިޚާބު ކަވަރުކުރުމަށް ރާއްޖެ އާއި ބޭރުގެ މީޑިއާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައި ވަނިކޮށް، ރާއްޖެއަށް އަންނަ އިންޑިއާގެ ނޫސްވެރިންނަށް ވިސާ ނުދިނުމާ ގުޅިގެން މި އިންތިޚާބު އިންޑިއާގެ މީޑިއާއަށް ކަވަރު ނުކުރެވޭނެއެވެ. ބޭރުގެ ނޫސްވެރިންނަށް ނުރައްކާތެރި ޤައުމެއްގެ ގޮތުގައި ބައެއް ނޫސްވެރިން ރާއްޖެ ސިފަކުރަމުންދާއިރު، އިންތިޚާބު ކަވަރުކުރަން އަންނަ ބޭރުގެ ނޫސްވެރިން ޓޫރިސްޓް ވިސާގައި އައިސްގެން ނުވާނެ ކަމަށާއި، ނަގަން ޖެހޭނީ ބިޒްނަސް ވިސާ ކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ

ވިސާ ނުލިބުމުގެ ސަބަބުން އިންޑިއާގެ ނޫސްވެރިންނަށް ރާއްޖެ ނާދެވޭތީ ނޫސްވެރިންނާއި މީީޑިއާތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބޭރުގެ ނޫސްވެރިންނާއި އޮބްޒަރވަރުންނަށް ރާއްޖެއަށް އައުމަށް ހުރަސް އަޅާފައިވާއިރު، އިންތިޚާބު އޮބްޒަރވްކުރުމަށް ވިލާތުގެ އިއްތިޙާދާއި، އދ، އަދި ކޮމަންވެލްތުން މިފަހަރު ނާދެއެވެ. އިންތިޚާބު އޮބްޒަރވްކުރުމަށް ބޭރުން ގެންނަނީ ހަމައެކަނި ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއާ ގުޅުން ހުރި ބައެއް ޖަމްއިއްޔާތަކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް