Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަރފް ވިއު ރާޅުގަނޑު ހޮޓެލް

ސަރފް ވިއު ރާޅުގަނޑު ހޮޓެލްގައި ރޫފްޓޮޕް ރެސްޓޯރެންޓެއް ހުޅުވައިފި

ހޮޓެލްގެ އަމާޒަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މީރު ކެއުންތަކެއް ފޯރުކޮށްދިނުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2018 | ހުކުރު 13:09
ސަރފް ވިއު ރާޅުގަނޑު ހޮޓެލްގައި ރޫފްޓޮޕް ރެސްޓޯރެންޓެއް ހުޅުވައިފި - އާންމުން ރެސްޓޯރެންޓުން ހިދުމަތް ލިބިގަންނަނީ

ސަރފް ވިއު ރާޅުގަނޑު ހޮޓެލްގައި ރޫފްޓޮޕް ރެސްޓޯރެންޓެއް ހުޅުވައިފި - އާންމުން ރެސްޓޯރެންޓުން ހިދުމަތް ލިބިގަންނަނީ

ސަރފް ވިއު ރާޅުގަނޑު ހޮޓެލްގައި "ތަޒްކީ" ގެ ނަމުގައި ރޫފްޓޮޕް ރެސްޓޯރެންޓެއް ބުދަ ދުވަހުގެ ރޭ ހުޅުވައިފިއެވެ.

ސަރފް ވިއު ރާޅުގަނޑު އަދި ޓްރެވަލް ކަނެކްޝަން މޯލްޑިވްސްގެ މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު މިރްސާދު ވިދާޅުވީ މި ރެސްޓޯރެންޓަކީ އާންމުންނަށް ވަރަށް ހިތް ފަސޭހަ މާހައުލެއްގައި ރައްޓެހިން އަދި އާއިލާއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ ތަނަކަށް ވެގެންދާނެ ކަމަށާއި ހޮޓެލްގެ އަމާޒަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މީރު ކެއުންތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

މިރްސާދު އިތުރަށް ވިދާޅުވީ ރެސްޓޯރެންޓްގެ މަތީބައި ހާއްސަ ކުރެވިފައި ވަނީ ވަކި ދެ މެނޫ އަކަށް ކަމަށެވެ. އަދި ތަނުން ފޯރުކޮށްދޭ މޮކްޓެއިލްތައް ސިއްހަތަށް ފައިދާވާ ގޮތަށް ތާޒާ މޭވާ ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރފް ވިއު ރާޅުގަނޑު ހޮޓެލްގައި މަލްޓި ކުއިޒީންގެ ޑިޝްތައް ލިބެން ހުންނާނެ ކަމަށާއި ކޮފީގެ އިތުރުން ބާގަރ އަދި ސޭންޑްވިޗް ފަދަ އައިޓަމްތައް ލިބިގެންދާނެ ކަމަށް ރެސްޓޯރެންޓުން ބުންޏެވެ.

އެ ރެސްޓޯރެންޓްގައި 70 މީހުންގެ ޖާގަ ހުންނަ އިރު މި ރެސްޓޯރެންޓް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިލްމީ ގިިނަ ފަންނާނުން ބައިވެރިވެފައިވާއިރު ރަސްމިއްޔާތުގައި ބައިވެރިވި މެހެމާނުންނަށް ހާއްސަ ޑިސްކައުންޓް ކާޑެއް ދޭން ނިންމާފައިވާ ކަމަށް ވެސް ސަރފް ވިއު ހޮޓެލް އިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2019

މޯލްޑިވްސް އިކޮނޮމިކް ރިވިއު މަޖައްލާ އިފްތިތާހުކޮށްފި

29 ސެޕްޓެމްބަރު 2019
މޯލްޑިވްސް އިކޮނޮމިކް ރިވިއު މަޖައްލާ އިފްތިތާހުކޮށްފި
09 މާރިޗު 2019

މާގިރި ހޮޓެލްގައި އިންޑިއަން ރެސްޓޯރެންޓެއް ހުޅުވައިފި

09 މާރިޗު 2019
މާގިރި ހޮޓެލްގައި އިންޑިއަން ރެސްޓޯރެންޓެއް ހުޅުވައިފި
06 ޖެނުއަރީ 2019

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

06 ޖެނުއަރީ 2019
ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
01 ޑިސެމްބަރު 2018

ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

01 ޑިސެމްބަރު 2018
ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި
27 އޮކްޓޯބަރު 2018

ވިއަމް އިން ކަސަބް ވިއުމުގެ ޕްރޮގްރާމެއް ފަށަނީ

27 އޮކްޓޯބަރު 2018
ވިއަމް އިން ކަސަބް ވިއުމުގެ ޕްރޮގްރާމެއް ފަށަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު