Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމެއް ކަމަށް ގަބޫލެއް ނުކުރަން: ރައީސް ޔާމީން

ކައުންސިލްތަކުން ތަރައްގީއަށް ހުރަސް އަޅާ: ރައީސް ޔާމީން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2018 | ހޯމަ 01:58
ރައީސް ޔާމީން ރިޔާސީ ބަހުސްގައި: އެ ބަހުސްގައި ބައިވެރިވެވަޑައި ގެންނެވީ އެމަނިކުފާނު އެކަނި

ރައީސް ޔާމީން ރިޔާސީ ބަހުސްގައި: އެ ބަހުސްގައި ބައިވެރިވެވަޑައި ގެންނެވީ އެމަނިކުފާނު އެކަނި

އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށޭނަ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވސް ނޭޝަނަލް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި "ރިޔާސީ ބަހުސް"ގައި ރައީސް ޔާމީން ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ތަރައްގީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ގަބޫލުނުކުރާ ސަބަބަކީ އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމު ހިންގަން އުޅެގެން ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތި ލައިފިން. ރައްޖެއަކީ ޔުނިޓަރީ ދައުލަތެއް. އޭގެ މާނައަކީ ދައުލަތުގެ އެންމެ އިސް ފަރާތުގެ އަމުރު މައުރޫފް ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ހިނގަންވާނެ. އަޅުގަނޑު ތަރައްގީ ގެންނަން ވަކި ރަށެއް އިސްތިސްނާ ނުކޮށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑަށް އެންމެ ބޮޑަށް ހުރަސްއަޅާފައި ހުރީ އިދިކޮޅު ސިޔާސީ ޕާޓީއަށް ނިސްބަތްވާ ކައުންސިލްތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން، މަގުފަހިކޮށް ނުދޭތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ތިބި ނިޒާމެކެވެ. އެއީ ރައްޔިތުންނާއި ގާތުން ހިދްމަތް ދިނުމަށާއި ރައްޔިތުން ބާރުވެރި ކުރުވުމަށް އެންމެ އެކަށޭނަ ނިޒާމު ކަމަށް ވެސް ގިނަ ރައްޔިތުން ދެކެއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ބާރުތައް ސަރުކާރުގެ މިނިސްޓްރީތަކަށް ނަގާފައެވެ. ކައުންސިލްތަކުގެ ބާރު ދުއްވާލައި، ކައުންސިލްތައް ނިކަމެތި ކޮށްފައިވަނީ ގާނޫނުތައް މިސަރުކާރުން ގެނެސްފައިވާ އިސްލާހުތަކުންނެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ކައުންސިލްތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ހުރަސް އަޅަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެ ކައުންސިލްތަކުން އެކަން ދޮގު ކުރެއެވެ. ގިނަ ފަހަރަށް ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި މައްސަލަތައް ދިމާވަނީ މަޝްރޫއެއް ހިންގާއިރު، ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށް ވެސް ކައުންސިލްތަކުން ބުނެއެވެ. އަދި ސަރުކާރުގެ އިދާރާތަކާއި މައްސަލަތައް ދިމާވަނީ ކޮންމެހެން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ އެކައުންސިލްގައި އޮތުމުން ނޫން ކަމަށް ވެސް ކައުންސިލްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު