Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އެންޓި ކެމްޕެއިން ކުރާކަމަށް ތުހުމަތުކޮށް ޕްރިޒަންސްގެ އިސް ތިން އޮފިސަރަކާ މެދު ފިޔަވަޅު އަޅައިފި

14 ސެޕްޓެމްބަރު 2018 | ހުކުރު 18:53

ކޯލިޝަންގެ ބޮޑު ޖަލްސާގައި އެބޭފުޅުން ބައިވެރިވި ކަމަށް ތުހުމަތު ކުރި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 14 ސެޕްޓެމްބަރު 2018 | ހުކުރު 18:53
ޑިޕާޓްމަންޓްތައް ބަދަލުކުރި މުވައްޒަފުން

ޑިޕާޓްމަންޓްތައް ބަދަލުކުރި މުވައްޒަފުން

އެންޓި ކެމްޕެއިން ކުރާކަމަށް ތުހުމަތުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ތިން އޮފިސަރަކާ މެދު ފިޔަވަޅު އަޅައިފިއެވެ.

އެގޮތުން މާލެ ޖަލުގެ ޑިރެކްޓަރަކަށް ހުންނެވި އެސްޕީ މޫސާ އަންވަރު މާލެ ހެޑް އޮފީހަށް ބަދަލުކޮށް، އައްސޭރި ޖަލުގެ ޑިރެކްޓަރަކަށް ހުންނެވި އެސްޕީ މުހައްމަދު ޝާހީން މާލެ ހެޑް އޮފީހަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރ އޮފް މާލޭ ޕްރިޒަންސް އިބްރާހިމް އަފީފު މާފުށި ޖަލަށް ވަނީ ބަދަލުކޮށްފައެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިންމާތަކުން އެކަހެރިކޮށް ފިޔަވަޅު އެޅި ތިން ބޭފުޅުންނާ މެދު ރައީސް އަބުދުﷲ ޔާމީނަށް އެންޓި ކެމްޕެއިން ކުރާކަމުގެ ތުހުމަތުކުރެއެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު ބޭއްވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އެބޭފުޅުންނާ ސުވާލު ވެސް ކުރިކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް އެކަން އެބޭފުޅުންގެ މައްޗަށް ސާބިތު ނުކުރެވުމުން އެންޓި ކެމްޕެއިންކުރާ ކަމަށް ތުހުމަތުކޮށް ވަނީ ޒިންމާތަކުން އެކަހެރިކޮށްފައެވެ.

މިކަން ސާފުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާނަށް ގުޅުލާމުން އޭނާ ވަނީ މިކަން ދޮގުކުރައްވާ އެފަދަ ކަމެއް ނުހިނގާ ކަމަށް ވިދާޅުވެފައެވެ. އަދި ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ބޭފުޅުންގެ ޒިންމާތައް ބަދަލުކުރީ، ރިޔާސީ އިންތިޚާބާ ގުޅިގެެންނެވެ.

"ކޮންމެ އިންތިހާބަކާ ދިމާކޮށް ޖަލުތައް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގަން އުޅުމަކީ އެއާ ދެކޮޅަށް ކޮންމެ ފަހަރަކު ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަރަށް ބޮޑަށް ތައްޔާރުވާ ކަމަކަށްވެފައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ އޮޕަރޭޝަންގެ ކަންތައްތައް ސެންޓްރަލީ ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް އެމްސީއެސްގެ ބައެއް ވެރިން ބަދަލު ކޮށްފި" ކަމަށް އެ ވެބްސައިޓްގައި ލިޔެފައި ވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަަށް ނުވަނަ ކޯލިޝަނަށް ތާއީދުކޮށްގެން ގިނަ އަދަދެއްގެ ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުއައްޒަފުންނަށް އެކި ކަހަލަ ދުއްތުރާތައް ސަރުކާރުން ކުރިމަތި ކުރުވާ، ވަޒީފާތަކުން ކަނޑަމުން ގެންދާކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.

އެހެން ޔުނީފޯމް އޮފިސަރުންނާއި ކަރެކްޝަންސްގެ މުވައްޒަފުން ތަފާތުކުރާތީ މީގެ ކުރިން ވެސް ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފުލުހުންނާއި ސިފައިން ފަދަ މުއައްސަސާތަކަށް ހާއްސަކޮށްގެން ފްލެޓް ފަދަ މަޝްރޫއުތައް ހިންގާ އިރު ކަރެކްޝަންސްގެ މުވައްޒަފުންނަށް އެފަދަ އިނާޔަތްތައް ނުދޭ މައްސަލައިގައި މުވައްޒަފުންގެ މެދުގައި ވަނީ ޝަކުވާތައް ގިނަވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް