Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮލަމާފުށީގެ ހަމަނުޖެހުން

ކޮލަމާފުށީ ހައްޔަރީންގެ މައްސަލަ: ދިފާއީ ވަކީލުންގެ ބޮޑު ޓީމު ހުވަދޫއަށް!

މިހާތަނަށް އެކުލަވާލި ވަކީލުންގެ އެންމެ ބޮޑު ޓީމް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:39
ދިފާއީ ވަކީލުންތައް ކޫއްޑޫ އެއާޕޯޓުގައި

ދިފާއީ ވަކީލުންތައް ކޫއްޑޫ އެއާޕޯޓުގައި

ޕީޕީއެމްގެ ޖަގަހަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓުންގެ ދިފާއުގައި ވަކާލާތު ކުރައްވާ ވަކީލުންގެ ބޮޑު ޓީމު ގއ. އަތޮޅަށް ވަޑައިގެންފިއެވެ.

ދިދަ ދެމުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ޕީޕީއެމްގެ ދިދަތަކަކާއި ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ 18 އެކްޓިވިސްޓަކު ކޮލަމާފުށިން ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އެމީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ.

Advertisement - newsAdvertisement

އެ މީހުންގެ ބަންދަށް ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވަނީ ބުރާސްފަތި ދުވަހު އެވެ. އެހެންކަމުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ވިލިނގިލީ ކޯޓަށް ހާޒިރުކުރާނެ އެވެ.

ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާއިރު، ދިފާއީ ވަކީލުންގެ ޓީމުގައި ޖުމްލަ 19 ވަކީލުން ހިމެނިވަޑައިގަންނަވައެވެ. އިސް ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު އެވެ.

މިއީ އެއް މައްސަލައަކާ ގުޅިގެން ރާއްޖޭގައި މިހާތަނަށް އެކުލަވާލި ދިފާއީ ވަކީލުންގެ އެންމެ ބޮޑު ޓީމެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވަކި ވަކީލެއް އައްޔަންކޮށްފައިވަނީ، އެއް ތުހުމަތެއްގައި ހިމެނޭ ދެ މީހަކަށް، އެއް ވަކީލެއް އައްޔަން ނުކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީއެވެ.

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ:

  1. މަހުފޫޒް ސައީދު
  2. އަހުމަދު ނާޒިމް އަބްދުއްސައްތާރު
  3. އަލީ އަބްދުލް ލަތީފް
  4. ހުސައިން ޝަމީމް
  5. ސައްޔާހު ޚަލީލު
  6. އާދަމް ޒާލިފް
  7. މޫސާ ސިރާޖު
  8. އިބްރާހިމް ޝިޔާމް
  9. މަސްތޫރު ހުސްނީ
  10. ތޯހާ މުހައްމަދު
  11. އައިޝަތު ޝީނާ މުހައްމަދު
  12. ހުސްނުއް ސުއޫދު
  13. އަބްދުއްސަލާމް އާރިފް
  14. އަފްސަލް އަބްދުﷲ ޒުހައިރު
  15. ސަފާ ޝަރީފް
  16. މުހައްމަދު ފައިސަލް
  17. އަހުމަދު ތާލިބު
  18. ނަދީމް އިބްރާހިމް
  19. ހަސަން ވަހީދު

ކޮލަމާފުށީގައި އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކޮށްފައިވާތީ އެޕާޓީއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު