Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އަދާޔާ ހިލާފް ބޮޑު ޖަލްސާގެ ތާއްޔާރީތައް މެކުހަށް!

އަޖާއިބު ކުރުވަނިވި، ޝައުގުވެރި ކުރުވަނިވި ޖަލްސާއަކަށް ވެގެންދާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 7 ސެޕްޓެމްބަރު 2018 | ހުކުރު 14:25
ޖަލްސާއަށް އެންމެ ފަހުގެ ތައްޔާރީތަށް ހަރުގޭގައި ކުރިއަށް ދަނީ

ޖަލްސާއަށް އެންމެ ފަހުގެ ތައްޔާރީތަށް ހަރުގޭގައި ކުރިއަށް ދަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ ކާނިވަލް ސަރަހައްދުގައި ބާއްވާ "އިންސާފުގެ މަގަށް ރާއްޖެ" ބޮޑު ޖަލްސާއަށް ތައްޔާރީތައް މެކުހަށް ޖަހައިފިއެވެ.

ޖަލްސާއަށް ތާއްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް މާލޭގައި އެކި ހަރަކާތަށް ކުރިއަށް ގެންދާއިރު ހުކުރު ދުވަހު ހަވީރު އެމްޑީޕީގެ ހަރުގޭގައި އެންމެ ފަހުގެ ތައްޔާރީތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖަލްސާއަށް ދިދަ ފަތި ހެދުމާއި ޓީޝާޓުތަކުގައި ތައްގަނޑު ޖެހުމާއި، އަންހެންވެރިން ދިދަ ފަތިތައް ފެހުން ހުއްޓުމެއް ނެތި ދަނީ ކުރިއަށް ގެންދަމުނެވެ. ތިން އަހަރު ފަހުން ހުއްދަ ލިބިގެން ހޮނިހިރު ދުވަހުގެރޭ 9:00 ޖަހާއިރު ބާއްވާ ބޮޑު ޖަލްސާއަށްޓަކައެވެ.

ހަވީރުގެ ސަޔާއި އެކު އެމްޑީޕީގެ ހަރުގޭގައި ކުރިއަށް އިރު، އެ ސަރަހައްދުގައި ހުންނަވާއިގެން ރާއްޖޭޓީވީއަށް މައުލޫމާތު ދެއްވަމުން މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ތިން އަހަރުފަހުން މި ބާއްވާ ޖަލްސާ އަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ އާންމު ރައްޔިތުންގެ އަދަދު ދައްކާލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

ޖަލްސާއަށް އެންމެ ފަހުގެ ތައްޔާރީތަށް ހަރުގޭގައި ކުރިއަށް ދަނީ

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން އައުމަކީ ރައީސް ޔާމީނަން އިންތިހާބަށް ކުރިމަތިލުމާއި ނުލުމަށް އޮތް ވިސްނުމަކަށް ވާނެތީ އަޅުގަނޑު ގަބޫލުކުރާނީ ގިނަ އަދަދެއްގެ ރައްޔިތުން މާދަމާރޭގެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް" އާދަމް އާޒިމް ވިދާޅުވިއެވެ.

ހަރުގޭގެ ހަރަކާތްތަށް ކުރިއަށް ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު މާލޭގެ އެކި ސަރަހައްދުތަކުގައި ޕިކަޕުގައި އަޑުގަދަ ކުރާ ހަރުކޮށްގެން ޖަލްސާއަށް ވަޑައިގަތުމަށް އެދި ޖަލްސާ ޕްރޮމޯޓް ކުރުމަށް ވަނި ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ އެހެންމަވެސް ފުލުހުން ވަނީ އެ ޕިކަޕު ހިފަހައްޓާ، ޓޯޔާޑަށް ގެންގޮސްފައެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވަނީ މާފަންނު ދެކުނު ދާއިރާގައި ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދަވާފައެވެ. ދޮރުން ދޮރަށް ކެމްޕެއިންގައި ދިމާވާ އާންމު ރައްޔިތުންނަން ކައިރީގައި ފައިސަލް ވަނީ ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން ތިބި ގޮތް ރައީސް ޔާމީންގެ ސަރުކާރަށް ހާމަކޮށްދިނުމުގެ ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ. އެއީ އިންސާފު ގާއިމް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް މާފަންނުގައި ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދަވަނީ

ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ރެއެއްގައި މާލޭގެ ހުރިހާ ހަރުގެއެއެއްގައި ދަނީ އެކި ބަންދަލުވުންތައް ކުރިއަށް ގެންދަމުންނެވެ. ކަންމަތީ ބައްދަލުންތައް ސިލްސިލާކޮށް ބާއްވަމުން އަންނަ އިރު މާލޭގައި ހުންނަ އަތޮޅުތެރޭގެ ރަށްތަކުގެ ޖަގަހަ ތަކުގައި ފޯރިޔާ އެކު ބަންދަލުވުންތައް ކުރިއަށް ގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ވިދާޅުވީ ހުވަދޫ އަތޮޅުގެ މީހުން ދިރިއުޅޭ 18 ރަށުގެ ތެރެއިން، މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީކޮށްފައިވާ ހުވަދު އަތޮޅަށް ނިސްބަތްވާ ހުރިހާ ރައްޔިތުން ބޮޑު ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުންނަށް ބޮޑު ޖަލްސާ އެތަކެއް ގޮތަކުން ހާއްސަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ފުވައްމުލަކުގެ ރައްޔިތުން ބޮޑު ޖަލްސާގައި ބައިވެރިވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

ބޮޑު ޖަލްސާއަށް މުޅި މާލެ ތައްޔާރުވަމުންދާއިރު މި ޖަލްސާއަށް ފަހު މާލޭގެ ކެމްޕެއިން ފޯރި އިތުރަށް ގަދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް