Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝެއިޚް އިލްޔާސް

އަޅުގަނޑު ޖަހާނީ ޕެނަލްޓީ، ދިފާއު ކުރާނީ ދިފާއު ކުރާ ބަޔަކު: އިލްޔާސް

ހުރިހާކަމަކަށް ޕްރޫފް ދައްކާނަން ގުރުއާނާއި ހަދީސުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2018 | ހޯމަ 05:27
ޝެއިޚް އިލްޔާސް.ދީނީ އިލްމުވެރިންނަށް މި ދައުރުގައި މިނިވަންކަމެއް ނެތް

ޝެއިޚް އިލްޔާސް.ދީނީ އިލްމުވެރިންނަށް މި ދައުރުގައި މިނިވަންކަމެއް ނެތް

ދައްކަވާފައި ހުރި ވާހަކަތަކާއި ގުޅިގެން އެއްވެސް މީހަކަށް ޖަވާބު ނުދެއްވާނެ ކަމަށާއި އޭނާގެ ވާޖިބަކީ "ޕެނަލްޓީ" ޖެހުން ކަމަށް ވިދާޅުވެ ޝެއިޚް އިލްޔާސް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް އަލީ ސައީދަށް ރައްދު ދެއްވައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އައްޑޫ ހުޅުމީދޫގައި ވާހަކަ ދައްކަވަމުން ޝަހީމަށް ރައްދު ދެއްވާ އިލްޔާސް ވިދާޅުވީ ފުރާނަ ހުރިހާ ހިނދަކު ޕެނަލްޓީ ޖަހާނެ ކަމަށާއި އެކަންތައްތައް ދިފާއު ކުރައްވާނީ އެބޭފުޅުން ކަމަށެވެ.

Advertisement - newsAdvertisement

އިލްޔާސްގެ ވާހަކައިގައި ވަކި މީހެއްގެ ނަން ހާމަ ނުކުރައްވައެވެ. ނަމަވެސް ހދ.ނޮޅިވަރަމްގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.ޝަހީމް އަލީ ސައީދު އިލްޔާސަށް ނުސީދާކޮށް ވިދާޅުވެފައިވާ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފައެވެ. ނޮޅިވަރަމްގައި ޝަހީމް ވިދާޅުވީ އެއްވެސް ޝޭހަކަށް ބިރު ގަންނަން ނުޖެހޭނެ ކަމަށާއި ފަސް އަހަރުން އެއްފަހަރު ޝޭހަކު ނުކުމެ ހުކުމެއް އިއްވައިގެން ވެރިކަން ވައްޓާލަން ނުޖެހޭނެ ކަމަށެވެ. އަދި ބައެއް އިލްމުވެރިން ރާއްޖޭގައި ނަސާރާދީން ފަތުރަން މަސައްކަތް ކުރި މީހުންނާ އެކު އެކަކަށް ކެމްޕޭން ކޮށްދެމުންދާ ކަމަށާއި އެކަން ހުއްޓާލާފައި ހައްގަށް ރުޖޫއަވާން ގޮވާލައްވާ ކަމަށް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ޔަހޫދީ ދީން ފަތުރާ މީހެކޭ ވިދާޅުވިއަސް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ ކަމަށެވެ. 2008 ވަނަ އަހަރުވެސް ރައްޔިތުން ބަދަލަކަށް އެދިގެން ވާހަކަ ދެއްކި ކަމަށާއި ހެޔޮކަންތައްތަކާއި ޚިލާފަށް އޭނާއަށް ފެނުނު ކަންތައްތަކާއި ގުޅިގެން ވާހަކަ ދެއްކެވި ކަމަށް ވިދާޅުވިއެވެ. އެ ދަލީލަކަށް ނަގައިގެން އޭނާ "ދެދުލުން " ވާހަކަ ދައްކަވާ ކަމަށް ބުނެ ބަދުނާމު ކުރި ކަމުގައިވިއަސް އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވާހަކައެއް ނޫން މީ. އެއްވެސް ގޮތަކަށް އިލްޔާސް ދެ ދުލުން ވާހަކަ ދައްކައިގެން ދެ ގޮތަކަށް ވާހަކަ ދައްކަނީއެއް ނޫން، އަޅުގަނޑު އެއިން އެއްވެސް މީޙަކަށް ޖަވާބު ދޭކަށް ނެތިން. އަޅުގަނޑު ހަމަ އެކަނި ޕެނަލްޓީ ޖަހާނީ. ދިފާއު ކުރާނީ އެމީހުން. އިންޝާﷲ. އަޅުގަނޑުގެ ކަމަކީ ޕެނަލްޓީ ޖެހުން. އަޅުގަނޑުގެ ފުރާނަ ހުރިހާ ހިނދަކު ޖަހާނަން. ދިފާއު ކުރާމީހުން ދިފާއު ކުރަންވީ. ޔަހޫދީ ދީން ފަތުރާ މީހެކޭ ޔަހޫދީންނާ ބައިވެރިވެގެނޭ މިވެނި މީހެކޭ އެވެނި މީހެކޭ. އަޅުގަނޑުގެ އެކަމުގެ މައްސަލައެއް ނެތް. ހަމަ އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ. އަޅުގަނޑު ހުރިހާ ކަމަކަށް ޕްރޫފް ދައްކާނަން ގުރުއާނާއި ހަދީސުން." އިލްޔާސް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ އޭނާ މިހާތަނަށް އަދާކުރެއްވި މަގާމެއް ނެތް ކަމަށާއި މަގާމެއްގައި ނޫޅުއްވީ ނުލިބިގެން ނޫން ކަމަށެވެ. އޭނާގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުންނަށް އެނގިހުރި މިންވަރަކުން ކިޔައި ދެއްވުން ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރައީސަށް 5 ސޮފްހާގެ ސިޓީއެއް ފޮނުއްވި ކަމަށާއި އޭނާގެ ގާތް އަޚަކު އެ ސިޓީގައި ހުރި އާޔަތްތައް ރައީސް ކޯފާ ވެދާނެތީ ނެގުމަށް އެންގި ކަމަށެވެ. އަދި އެވާހަކަ ޕޯޑިއަމަށް އަރާ ދެއްކެވީ އެމީހަކަށް ހަނދާން ކޮށްލަ ދިނުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތާމަކުރަން އަޅުގަނޑުގެ އަޚަކު. އަޅުގަނޑު މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް 5 ސޮފްހާގެ ސިޓީއެއް ފޮނުވިން. މިއަދު އެކަން ސިއްރުވިއަސް ބުނަން މަޖުބޫރުވެގެން މި ބުނީ. ފޮނުވިރޭ އަޅުގަނޑު އާޔަތްތަކަށް ލިޔުނީމާ އަޅުގަނޑުގެ އަޚަކު ވިދާޅުވަނީ ތިއާޔަތްތައް ޝެއިޚް ނުލިޔާށޭ އެމީހުން ރުޅިއަތުވެދާނޭ، ރުޅިއަތުވެދާނެއް ނޫންހޭ.. ކީއްކުރަންހޭ އެމީހުން ރުޅިއަރުވަނީ..ރުޅި އަރުވައިފިއްޔާ ކިހިނެތްހޭ ވަނީ. މިއަދު ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ. ކަލޭ ދާށޭ ގެއަށް. އަޅުގަނޑު ދެންނެވިން ތި އާޔަތްތައް ފުހެލާ ކަމަށްވާނަމަ އަޅުގަނޑުގެ ސިޓީގެ ބޭނުމެއް ނެތޭ. ހަނދާންކޮށްލަ ދިނީ،" ވަކި މީހެއްގެ ނަން ހާމަ ނުކޮށް ޝެއިޚް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ރައްޔިތުން މިތިބީ އަޅުވެތިކަމެއްގެ ތެރޭގައި ކަމަށާއި އަނިޔާވެރިކަމުގެ ތެރެއިން އެންމެން ނިކުންނަން ޖެހޭ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައިވެސް އަދި ކުރީގެ ރައީސް މުހައްމު ނަޝީދާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައިވެސް ދީނާ ޚިލާފަށް ހިންގާފައިވާ ވާޙަކަތައް ދައްކާ އެއަށް ރައްދު ދެއްވި ކަމަށެވެ. އެހެން ނަމަވެސް އެންމެ ބޮޑު "މުސީބާތްތައް" އައީ މިދައުރުގައި ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ކުރިން ވެރިކަން ކުރެއްވި ދައުރުތަކުގައި ދީނީ އިލްމުވެރިންނަށް މިނިވަންކަން އޮތް ނަމަވެސް މިދައުރުގައި ދީނީ އިލްމުވެރިންނަށް މިނިވަންކަމެއް ނެތް ކަމަށް އިލްޔާސް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު