Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އަޅުގަނޑު ޖަވާބުދާރީ ނުކުރުވާ، ދެފައި ނުބަނދެ، އިންތިޚާބަކާ ހަމައަށް އައުމަކީ މޮޔަކަމެއް: ރައީސް

28 އޯގަސްޓު 2018 | އަންގާރަ 13:54

"ހަމަ ނޭވާ" ލާން މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 28 އޯގަސްޓު 2018 | އަންގާރަ 13:54
ރައީސް ޔާމީން

ރައީސް ޔާމީން

އެމަނިކުފަނު ޖަވާބުދާރީ ނުކުރުވައި ދެފައި ނުބަނދެ، އިންތިޚާބަކާ ހަމައަށް އައުމަކީ މޮޔަކަމެއްކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރ. އިނގުރައިދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން، އެމަނިކުފާނު ބަންދު ކުރުމަށް ތަފާތު އެކިއެކި ކަންކަން އިދިކޮޅު ފަރާތްތަކުން ރޭވި ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން "ޖަޒުބާތުގެ ތެރޭގައި" ތިބެ ވަރަށް ގިނަ ވާހަކަތައް ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅުން މަސައްކަތް ކުރީ އެމަނިކުފާނު ވޯޓާ ހަމައަށް އަޔަ ނުދިނުމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުގައި "ފޭދިފައި ހުރި ފައިސާ"ތަކުގެ ވާހަކަ ދެއްކިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެއީ ޖަޒްބާތު "ކައްކާލަން" ދައްކާ ވާހަކައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ކަމެއް އޮތިއްޔާ، ސިޔާސީ ގޮތުން އަޅުގަނޑު ޖަވާބުދާރީ ނުކުރުވާ އަޅުގަނޑުގެ ދެފައި ނުބަނދެ، އިންތިޚާބަކާ ހަމައަށް އައުމަކީ އެ މީހުން ކުރި މޮޔަ ކަމެއް. އަޅުގަނޑު ޖަވާބުދާރީ ކުރުވަން އެ މީހުން ކުރިން މަސައްކަތް ކުރަން ވާނީ" ރައީސް ވިދާޅުވި އެވެ.

މިއީ ސިޔާސީ މޫސުމެއް ކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ހޭލުންތެރިކަމާއެކު، ވިސްނަން ޖެހޭ ކަމަށެވެ. އަދި އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އިދިކޮޅު ފަރާތްތަކުން ނުކުމެ ތިބީ މެނިފެސްޓޯއަކާ ނުލާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެއްވެސް އުރަތްޕެއް ނެތް ކަން ދޭހަވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅު ބޭފުޅުންގެ ބޭނުމަކީ އެކަކަށްވުރެ "ބާރަށް އަނެކަކު ބައްދައިގެން" ވެރިކަމާ ހަމައަށް ދިއުންކަމަށާއި، "ހަމަ ނޭވާ" ލާން މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

.އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު މުހިންމުކަން ފާހަގަކުރައްވައި އެ ވޯޓު އެމަނިކުފާނަށް ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެ ވޯޓަކީ "ޑަސްބިނަށްލާ" ވޯޓަކަށް ނުހެއްދުމަށް ވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
25 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް