Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އިންތިހާބުގައި އޮންނާނީ އެއްބުރު، ކޮންމެ ވޯޓަކީ ނަޓިޖާ ބަދަލުވެދާނެ ވޯޓެއް: އިބޫ

މިހާތަނަން 72000 މީހުން ރީރަޖިސްޓްރީ ކޮށްފައިވޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2018 | ހޮނިހިރު 04:13
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، ޖަގަހަ ހުޅުއްވައިިދެއްވަނީ

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، ޖަގަހަ ހުޅުއްވައިިދެއްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ކުރިމަތިލައްވާފިނަމަ އޮންނާނީ އެއްބަރު ކަމަށާއި، ކޮންމެ ވޯޓަކީ ނަތީޖާ ބަދަލުވެދާނެ ވޯޓެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ މާލޭގައި ހުންނަ ނ. އަތޮޅުގެ ޖަގަހަ ހުޅުއްވާދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިހާތަނަން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންތިހާބުގައި ވާދަކުރައްވަނީ ދެ ބޭފުޅުން ކަމަށެވެ. އެއީ އެމަނިކުފާނާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީނުކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ނަތީޖާ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނީ އެއްބަރުކަމަށެވެ.

"ނަތީޖާ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނީ އެއްބުރޭ، ދެވަނަ ބުރަކަށް ދެވަނަ ފުރުޝަތެއް ނެތް، އެހެންވީމާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޮންމެ ވޯޓަކީ ފުރަތަމަ ބުރުގައިލާ ކޮންމެ ވޯޓަކީ، ނަތީޖާ ބަދަލުވެގެންދާފަދަ ވޯޓަކަށް ވެދާނެއޭ، އެހެންވީމާ ދެ ވަނަ ފުރުޝަތެއް ނެތް ކަން ހަދުމަފުޅު ކުރައްވާއިގެން ފުރަތަމަ ބުރުން ބޮޑުތަނުން ކާމިޔާބުކުރުމަށް ފަރުވާތެރިކަމާއި އެކު ނުކުންނުމަށް އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަން އަޅުނޑު މިރޭ ދަންނަވަން" އިބޫ ވިދާޅުވިއެވެ.

މާލޭގައި ހުންނަ ނ އަތޮޅުގެ ޖަގަހަ އިބޫ ހުޅުއްވާދެެއްވަނީ

ވޯޓް ރީރަޖިސްޓްރީޝަން ކުރުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތު ހޮނިހިރު ދުވަހުގެރޭ 12 ޖަހާއިރަށް އިލެކްޝަން ކޮމިޝަނުން އިތުރުކޮށްފައިވާ ވާކަމަށް އިބޫ ވިދާޅުވިއެވެ.

"ސަބަބެއްކަމަށް ވިދާޅުވީ ރަޖިސްޓްރީކުރަން އަންނަ މީހުންގެ ވާހަކަ، މިހާތަނަން އިނގިފައިވާ ގޮތުގައި 72000 މީހުން ރީރަޖިސްޓްރީކޮށްފި، ބޮޑު އަދަދެއް، އަޅުގަނޑު ހިތަށް ވެސް ނަރާ، އަޅުގަނޑުމެންގެ އަންދާޒާތަކުން ދެއްކީ 75000 ރަޖިސްޓްރީ ކުރާނެކަމަށް، އެހެންނަމަވެސް މިއަދުގެ މި މައުލޫމާތުން އިނގޭގޮތުގައި އަޅުގަނޑުމެންނަން މިހާރު މިފެންނަނީ 80000 ނުވަތަ 85000 އަށްވެސް އަރާގެންދާނެ" އިބޫ ވިދާޅުވިއެވެ.

މިހާތަންނަން ރީރަޖިސްޓްރީވެފައިވާ ކަމަށް މައުލޫމާތު ލިބޭ އަދަދަކީ ރަނގަޅު އަދަދުތޯ ވިސްނާލަން ޖެހޭކަމަށް އިބޫ ވިދާޅުވިއެވެ. އެހެންކަމުން ވޯޓް ރަޖިސްޓްރީކޮށްފައިވާ މީހުންނާއި ވޯޓް ރަޖިސްޓްރީ ނުކުރާ މީހުންވެސް ވޯޓްލުމަށް ހަމަޖެހިފައިވާ ފޮށި ޗެކްކުރުމަކީ މުހިންމުކަމެއް ކަމަށް އިބޫ ފާހަގަކުރެއްވިއެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން

"ކޮންމެ ބޭފުޅަކުވެސް، ރަޖިސްޓްރީނުކުރެއްވި ނަމަވެސް އެ ބޭފުޅަކު އެ ހުންނެވި ތަނަކަށް، ރަށަށްވޯޓުލާން ނުވަތަ މާލެއަށް ވޯޓުލާން ރަޖިސްޓްރީ ނުކުރެއްވިނަމަވެސް، ކޮންމެ ބޭފުޅަކުވެސް އެބަޖެހޭ ޗެކްކުރައްވަން، ތިމައްނަގެ ވޯޓު ފޮށީގައި، ތިމައްނަ ލާން ނިންމާފައިވާ ވޯޓް ފޮށީގައި ތިމަންނަގެ ނަން އެބަ އޮތްތޯ" އިބޫ ވިދާޅުވިއެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި ކެދިކުޅަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީޝަ ވެސް ވަނި އެ ސަރަހައްދަށް ޖާމާވެތިބި އާންމު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު