Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މައުލުމާތު ސައްހަ ނުވާތީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިންގެ ކެންޑިޑެސީ ބަލައެއް ނުގަތް!

10 އޯގަސްޓު 2018 | ހުކުރު 07:19

އީސީން އެކަން ހާމަކުރީ މިއަދު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 އޯގަސްޓު 2018 | ހުކުރު 07:19
އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު

އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު އިލެކްޝަންސްް ކޮމިޝަނަށް ހުށަހެޅި ފޯމުގެ މައުލުމާތު ސައްހަނުވުމުގެ ސަބަބުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ބުނި ގޮތުގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި މާލެ ދަފްތަރު ހުސައިން ނަސީރުގެ ފޯމުގެ މައުލޫމާތު ސައްހަ ނުވުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުން ގަބޫލުނުކުރަން ނިންމައި، އޭނާއަށް އެކަން އަންގާފައިވާ ކަމަށެވެ. އޭނާ ހުށަހެޅުއްވި ފޯމުގައި ސައްހަ ނުވަނީ ކޮން މައުލުމާތެއް ކަމެއް އީސީއަކުން ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

އިންތިހާބަށް ކުރިމަތިލުމަށް މިދިޔަ ބުދަ ދުވަހު ހުސައިން ކެންޑިޑެސީ ހުށަހެޅުއްވީ 1،800 މީހުންގެ ސޮޔާ އެކުއެވެ. ހުސައިންގެ ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ޝެއިޚް ނަސްރުﷲ މުސްތަފާއެވެ. އޮރިޔާންކާޑް ގެންގުޅުމާއި އުފެއްދުމުގެ ދައުވާ ނަސްރުﷲގެ މައްޗަށް އުފުލައި ޝަރީއަތް ފަށާފައިވާ އިރު އޮޅިވާލައިގެން ބަޔަކު ހައްޖަށް ގެންދިއުމަށް ފައިސާ ނެގި މައްސަލައެއްގައި ހައްޔަރުކޮށް އެނގިހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލިއެވެ.

ނަސްރުﷲގެ މައްޗަށް މި ދެ ދައުވާކުރިއިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އޭނާގެ މައްޗަށް އިތުރު ހަތަރު ދައުވާއެއްކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

އެގޮތުން، އަނބިމީހާއަށް އަޅާނުލާ ކަމަށް ބުނެ އަޅާނުލުމުގެ ދައުވާ އާއި، ދަރިންނަށް އަޅާނުލާ ކަމަށް ބުނެ އަޅާނުލުމުގެ ދައުވާ އާއި، ކައިވެނި ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށް ބުނެ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާތާ ގިނަވެގެން 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެކަން ގަބޫލުކުރިކަން ނުވަތަ ނޫންކަން އެ މީހަކަށް އަންގަންޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމީ ނިންމުމެއް، ފަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށް ހުށަހެޅިދާނެ ކަމާށާއި އެއިން ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އަށެވެ.

ނަސްރުއްﷲގެ އިތުރުން މިހާތަނަށް އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމްގެ ފަރާތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ. ރައީސް ޔާމީން ބުރާސްފަތި ދުވަހު ފޯމް ހުށަހެޅުއްވި އިރު މިހާތަނަށް ކެންޑިޑެސީ ބަލައިގަތްކަން އިލެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް