Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުމަރު ނަސީރު

ބޭނުންވާ 1،500 ސޮއި ލިބިއްޖެ، ކުރިމަތިލުމާ މެދު މި ހަފްތާގައި ގޮތެއް ނިންމާނަން: އުމަރު

6 އޯގަސްޓު 2018 | ހޯމަ 12:00

ކުރިމަތިލާން 2،200 ވުރެ ގިނަ ސޮއި ލިބިއްޖެ: އުމަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 އޯގަސްޓު 2018 | ހޯމަ 12:00
އުމަރަށް ލިބުނު ފޯމުތަކާ އެކު ސެލްފީއެއް ނަންގަވަނީ

އުމަރަށް ލިބުނު ފޯމުތަކާ އެކު ސެލްފީއެއް ނަންގަވަނީ

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ތާއިދުކޮށް، 2،000 ވުރެ ގިނަ މީހުންގެ ސޮއި ދީފައިވާ ކަމަށާއި އިންތިހާބުގައި ވާދަ ކުރެއްވުމާ މެދު މި ހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އުމުރު އެހެން ވިދާޅުވެފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރައްވާފައިވާ ފޮޓޯއަކާ އެކުގައެވެ. ސޮއި ދީފައިވާ މީހުންގެ ފޯމު ހިމެނޭ ގޮތަށް ނެންގެވި ސެލްފީއަކާ އެކު، އުމުރު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ސޮއި ހޯދުމުގައި ވޮލެންޓިއަރުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ސޮއި ދިން 2،200 އަށް ވުރެ ގިނަ މީހުންނަށް އުމުރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ރިޔާސީ އިންތިހާބުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، އުމުރުން 18 އަހަރު ފުރިފައިވާ މީހުން ކުރެ މަދުވެގެން 1،500 މީހުން އެ މީހަކަށް ތާއިދު ކުރާކަން ދައްކައިދިނުމުގެ ގޮތުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންމަބަރާއި ދާއިމީ އެޑްރެހާއި ސޮއި ހިމެނޭ ލިޔުމެއް ހުށަހަޅަންވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އުމަރު ފޯމު ހުށަހަޅުއްވާފައި ނުވާ އިރު، ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އެނގިފައިވާ ގޮތުގައި އޭނާ ޕާސްޕޯޓް ހިފެހެއްޓީ ވޭލް ސަބްމެރިންގެ ޕެންޝަނާ ގުޅޭ މައްސަލައެއްގައެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ވާނަމަ، ރިޔަސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް ބައެއް ވަކީލުން ވިދާޅުވެފައި ވަނީ އުމަރު ނަސީރަށް އިންތިހާބުގައި ވާދަ ކުރެއްވުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އުމަރު ވިދާޅުވެފައި ވަނީ އިންތިޚާބަށް ކުރިމަތިލެއްވުމަށްޓަކައި ވިޔަފާރިތަކުގެ ހިއްސާ ދޫކޮށްލައްވާފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތު އޭނާގެ ހިއްސާ އޮތް އެއްވެސް ވިޔަފާރިއެއް ނޯންނާނެ ކަމަށް ވެސް އުމަރު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާޓީތައް ވާދަކުރާ ގޮތަށް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އުމަރަށް ލިބިފައި ވަނީ 2472 ވޯޓެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް