Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ތ.ގުރައިދޫގެ މަންޒަރު ބަދަލުވެ، އެމްޑީޕީ ފުރަތަމަ ޖަގަހަ ހުޅުވައިފި

5 އޯގަސްޓު 2018 | އާދީއްތަ 09:44

މީގެ ކުރިން ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ނުހުރޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 5 އޯގަސްޓު 2018 | އާދީއްތަ 09:44
ގުރައިދޫގެ ފުރަތަމަ އެމްޑީޕީ ޖަގަހަ އިބޫ ހުޅުވާދެއްވަނީ

ގުރައިދޫގެ ފުރަތަމަ އެމްޑީޕީ ޖަގަހަ އިބޫ ހުޅުވާދެއްވަނީ

އެމްޑީޕީގެ ފުރަތަމަ ޖަގަހަ ތ. އަތޮޅު ގުރައިދޫގައި ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުވާދެއްވާއިފިއެވެ.

އާބާދީގައި ގާތްގަނޑަކަށް 2800 އެއްހާ މީހުން ދިރިއުޅޭ ގުރައިދޫ އަކީ ރައީސް ޔާމީންނަން ބޮޑު ތާއިދެއް އޮންނަ ރަށެކެވެ. ވޭދެވެދިޔަ އިންތިހާބުތަކުގައި އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރި އިރު، އެ ރަށުގައި އެމްޑީޕީގެ ޖަގަހައެއް ނުހުރެއެވެ. އެހެންމަވެސް ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރެ ރައީސް ޔާމީންގެ ސަރުކާރު ބަލިކުރަން މަސައްކަތް ފެށުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެރަށުގައި ގިނަ ރައްޔިތުންތަކެއް ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ފާޅުގައި ނުކުންނަން ލިބުނު ހިތްވަރަކަށެވެ. އެގޮތުން އިބޫ ތ އަތޮޅާއި ލ އަތޮޅަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދޫއަށް ވަޑައިގެން އެ ރަށުގައި އެމްޑީޕީގެ ފުރަތަމަ ޖަގަހަ ހުޅުއްވައިދެއްވީ އާދީއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

ޖަގަހަ ހުޅުވުވާދެއްވުމަށް ފަހު އިބޫ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގުރައިދޫ ބަދަލުވެއްޖެ ކަމަށެވެ. އެރަށުގެ ރައްޔިތުން ވެސް ތިބީ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ރައީސް ޔާމީންނަން ނޫނެކޭ ބުންނަން ކަމަށެވެ. ގުރައިދޫ އަކީ ރައީސް ޔާމީނަން ބޮޑު ތާއިދެއް އޮންނަ ރަށެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެރަށުން ރައީސް ޔާމީނަން 93 ޕަސެންޓް ލިބި ވަޑައިގެންނެވި ކަމަށެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު އަށް 69 ޕަސެންޓް އެރަށުން ލިބު ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ގުރާދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

"މިއަދު މިރަށުގެ ރައްޔިތުން މި ދެއްކި މިސާލަކީ މި ރަށުގެ ރައްޔިތުން ވެސް މި ތިބީ އަނިޔާވެރިކަމާއި ދެކޮޅަށް ކަން، ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށްކަން، އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖެއަށް އިންސާފު ހޯދަދޭން ކަން، އަޅުގަނޑުމެން ބޭނުމީ ރާއްޖޭގައި ފެތުރިފައިވާ ވައްކަމާއި ކޮރަޕްޝަން ނަންތާލަންކަން" އިބޫ ވިދާޅުވިއެވެ.

އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ދެ ފަހަރު ގުރައިދޫ ވަޑައިގެންނެވިކަމަށެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރެއިން އެ އަރަށައް ވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ޝިފާޒު ވިދާޅުވީ މިއަދު ގުރައިދޫން ފެންނަ މަންޒަރު "އުޑާ ބިމާހާ ތަފާތު" ކަމަށެވެ.

ގުރާދޫން އެމްޑީޕީއާއި ގުޅުނު މީހުންގެ ފޯމާއި އިބޫ ހަވާލުވެވަޑައިގަންނަވަނީ

"މިކަމުން އަޅުގަނޑުމެންނަން މި އަންގަދެނީ ގުރައިދޫގެ ތި ހިތްވަރުގަދަ ރައްޔިތުން އަޅުގަނޑުމެންގެ ކެނޑިޑޭޓް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު، މި އިންތިހާބު ކާމިޔާބުކޮށްފިކަން ތިބޭފުޅުން ހާމަކޮށްދީފި" ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވިއެވެ.

ޖަގަހަ ހުޅުވުމަށް ފަހު، އަލަށް އެމްޑީޕީއަށް ގުރައިދޫ އާންމުންގެ ބަޔަކު ވަނީ ގުޅިފައެވެ. އެ މީހުންގެ މެމްބަރ ޝިޕް ފޯމާއި ހަވާލުވެޑައިގެންނެވީ އިބޫއެވެ. ގުރައިދޫއަށް އިބޫ ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، ބަނދަރު މަތީގައި ގުޅިފައިވާ ޕާޓީތަކުގެ ދިދަ ފަތިތަކަށް ވަނީ ދަމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް