Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަބްދުﷲ ރިޔާޒު

ޔާމީން ގެނައީ އަނިޔާވެރިވާނެ ކަމަކަށް ނޫން، އެކަމަކު ޖަލަށްލީ ދައްތަމެންގެ ލޮލުގެ ކޮއި

މޫމިނާއަކީ އަބްދުﷲ ރިޔާޒުގެ އެއްބަފާ ތައްދަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2018 | ހޮނިހިރު 12:07
އަބްދުﷲ ރިޔާޒުގެ އެއްބަފާ ދައްތަ މޫމިނާ

އަބްދުﷲ ރިޔާޒުގެ އެއްބަފާ ދައްތަ މޫމިނާ

އެއް ޒަމާނެއްގައި އެއީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށްޓަކައި ޖާނާއި މާލުން ހޭދަކުރި އާއިލާއެކެވެ. ޔާމީނަށް އެ އާއިލާ އިން އުފަލާ އެކު މަރުޚަބާ ކިޔުމަށް އަބަދުވެސް ތިބެނީ ތައްޔާރަށެވެ. ނަމަވެސް މިއަދު ވިސްނުން ހުއްޓިފައި ވަނީ ގައުމުގެ އަނިޔާވެރިކަމަށެވެ. މިއަދު އެ އަނިޔާވެރިކަމުގެ ދިގު އަތް އެ އާއިލާއާ ހަމައަށް ވަނީ ފޯރުވާފައެވެ. މިއީ ތ. އަތޮޅު ތިމަރަފުށީ މާޖެހިގޭގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމުގެ ވާހަކައެވެ.

ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށް 2013 ވަނަ އަހަރު އެ އާއިލާގެ ހުރިހާ މެމްބަރުން ވަނީ ޖާނާއި މާލުން ގުރުބާންވެފައެވެ. އެންމެ ސަބަބަކަށްޓަކައެވެ. ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އެދުމުގެ މަތިންނެވެ. އެހެނަސް މިއަދު އެ އާއިލާގެ ކޮންމެ މީހެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ދަނީ އޮހެރެމުނެވެ.

"ރައީސް ޔާމީން ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނަން ދައްތަމެންގެ ކޮއްކޮ [އަބްދުﷲ ރިޔާޒު] ބުނި ދައްތަމެންގެ ޖާނާއި މާލު ގުރުބާން ކުރާށޭ. ދައްތަމެންގެ ދެމަފިރިންގެ މުޅި އާއިލާ، އެހާ ގުރުބާން ވެގެން ޔާމީން ވެރިކަމަށް ގެނައީ. ވަރަށް މަސައްކަތް ކޮށްގެން. ދައްތަމެން ނުކުރާނެ ކަމެއް ނޯންނާނެ. ދައްތަމެން ރޯދަ ހިފިން ޔާމީން ހޮވޭތޯ. ޖާނާއި މާލު ގުރުބާން ކޮށްގެން ޙަރަދު ކުރިން. އެކަމަކު އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ދައްތަމެންގެ ދެ ލޮލުގެ ކޮއި ގެންގޮސް ޖަލަށް ކޮށްޕާލީ. ދައްތަމެން ހިތުން ދުވަހަކު ވެސް އެކަން ފިލައިގެން ނުދާނެ. ދުވަހަކު ވެސް ޔާމީނަން ދައްތަގެ މި އަތުން ދެން ވޯޓެއް ނުލާނަން. ދުވަހަކު ވެސް،" ތިމަރަފުށީ ނާޒްގޭގެ ސިޓިން ރޫމްގައި ސޯފާއެއްގައި އިށީންދެގެން އިން އަބްދުﷲ ރިޔާޒުގެ އެއްބަނޑު އެއްބަފާ ތައްދަ މޫމިނާ ހުސެއިން ގިސްލާ ރޮމުން ބުންޏެއެވެ.

މޫމިނާއަކީ އަބްދުﷲ ރިޔާޒުގެ އެއްބަފާ ތައްދަ

އުމުރުން 57 އަހަރުގެ މޫމިނާ ބުނި ގޮތުގައި ތިމަރަފުށީ މާޖެހި އާއިލާއަކީ މުޅި ރާއްޖެއަށް މަޝްހޫރު އެ ރަށު ބޮޑު އާއިލާއެއް ކަމަށެވެ. އެ އާއިލާގައި މިހާރު ވެސް އޭރު ވެސް އެންމެ ބަސްވިކޭ މީހަކީ އަބްދުﷲ ރިޔާޒެވެ. ރިޔާޒުގެ އެދުމުގެ މަތިން ރަށު ފެންވަރުގައި 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށް ކެމްޕެއިން ކުރުމަށް ޙަރަދު ކުރިއެވެ. އަދި އަމަލީ ގޮތުން މަސައްކަތްކޮށް ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށް މީހުން ގާތަށް ގޮސް އާދޭސް ވެސް ކުރިއެވެ. އޭރު އެކަން އެގޮތަށް ކުރީ ދުވަހަކު ވެސް މިފަދަ ދުވަހެއް އެ މީހުންނަށް ފެންނާނެ ކަމަކަށެއް ނޫނެވެ. ހެޔޮ ކަމެއްގެ ބަދަލުގައި ތެޔޮ ހަމެއް ލިބޭ ފަދައިން ޔާމީން ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތުގެ ބަދަލުގައި އަނިޔާވެރިވާނެކަމަކަށެއް ނޫނެވެ.

ސިފައިންގޭގައި މަސައްކަތް ކުރެއްވުމަށް ފަހު، ފުލުހުންގެ ތަމްރީނުތަކާއި ކުރިއެރުންތައް ހޯދުމަށް ބޮޑެތި ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއަށް ގެންނެވި އަބްދުﷲ ރިޔާޒު ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރަން ފެށުމުގެ ނަތީޖާއަކަށްވީ ގާނޫނޫ ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކޮށް، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. ދައުލަތުގެ ސަލާމަތީ ހިދުމަތުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ރިޔާޒަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް އެއީ ލަދުވެތި ކަމެއްގެ ގޮތުގައި މޫމިނާ އާއި އޭނާގެ އާއިލާ ނުދެކެއެވެ. އޭގެ ބަދަލުގައި އެމީހުންނަށް އޮންނަ ހިތްހަމަޖެހުމަކީ ކޮއްކޮ ޖަލަށް ލާފައި ހުރީ ކުށެއް ކޮށްގެން ނޫން ކަމެވެ. ކޮއްކޮއަށްޓަކައި އެމީހުން ފަހުރުވެރިވެއެވެ.

ކޯޓަށް ހާޒިރުކުރުމަށް ފަހު ދޫނިދޫއަށް އަބްދުﷲ ރިޔާޒު އަނބުރާ ގެންދަނީ

"ރިޔާޒުގެ ކުށެއް އޮތް ނަމަ ދައްތަމެންގެ މައްސަލައެއް ނެތް. އެކަމަކު ރިޔާޒުގެ ކުށަކީ ކޮބާ؟ ދައްތައަށް ޔަގީންކަން އެބައޮތް ދައްތަގެ ކޮއްކޮ ގާނޫނާއި ގަވައިދާ ޙިލާފަށް އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރާނެކަން. އެއީ ގާނޫނާ ގަވައިދާ އެއްގޮތަށް ހުރުމަތްތެރިކޮށް ހިތާނެ ކުއްޖެއް. އެއީ ދިވެހި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމަށް 25 އަހަރު ވަޒީފާ އަދާކުރި ކުއްޖެއް. ދައްތަމެންނަން ވެސް، ދައްތަގެ ފިރިމީހާ އާއި ދެ މީހުންނަން އަންގާފައި އޮންނަނީ ކުށެއް ނުކުރާށޭ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މޫމިނާ ބުންޏެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެތަކެއް އާއިލާތަކަށް ނުހައްގުން އަނިޔާ ލިބޭ ކަމަށް މޫމިނާ ފާހަގަކުރިއެވެ. އަނިޔާވެރިކަމަގެ ޙިތި ރަހަ ކަރުގައި ލުމުން ނޫނީ އެކަމުގެ ވޭނެން ނޭނގޭނެ ކަމަށް ވެސް މޫމިނާ ގަބޫލުކުރެއެވެ. އެގޮތުން ނުހައްގުން ޖަލަށް ލާފައިވާ ހުރިހާ އާއިލާތަކުން ވެސް ކެތްތެރިކަމާ އެކު ހިތްވަރުކުރުމަށް މޫމިނާ ވަނީ އެދިފައެވެ. އަދި އަނިޔާވެރިކަމާ ދޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ސަޕޯޓަރުން ކުރާ މަސައްކަތުގައި މޫމިނާ މިއަދު ހުރީ ބައިވެރިވެ އަނިޔާވެރިކަން ނިމުމަކަށް ގެނެއުމަށް ކުރީ ސަފުގައި މަސައްކަތް ކުރަން ތައްޔާރަށެވެ. ވެރިކަމަށް ޔާމީނު ގެނައުމަށް 2013 ވަނަ އަހަރު މަސައްކަތް ކުރި މިންވަރަށް ވުރެ އެތައް ގުނައެއް މަސައްކަތްކުރަން ތައްޔާރަށެވެ. ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށެވެ.

"ވަރަށް ހިތްދަތިވޭ ރިޔާޒު އޭ ބުންޏަސް ރޮވޭ. މިހާރު ވެސް އެތާނގަ، ޖަލުގަ ހުއްޓާ ދައްތަ ގޮސްފިން ދެ ފަހަރު ބައްދަލުކުރަން. ވަރަށް ހިއްދަތިވޭ އަހަރުމެންގެ އާއިލާގައި ހުރި އެންމެ ހަގު ކުއްޖާ. އެއީ އާއިލާގެ އެންމެގެ ވެރިމީހާ،" މޫމިނާ ބުންޏެވެ.

އަބްދުﷲ ރިޔާޒު ހައްޔަރުކޮށްގެން ގެންދަނީ

ރިޔާޒުގެ ހައްގުގައި މިއަދު މަސައްކަތް ކޮށްދޭ އެންމެހާ ރައްޔިތުންނަން މޫމިނާގެ ހިތުގެ އެންމެ އަޑިން ވަނީ ޝުކުރު ވެސް ދަންނަވާފައެވެ. ހާއްސަކޮށް ޕާޓީތަކުގެ ވެރިންނާއި ސަޕޯޓަރުން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތަށް އޭނާ ހިތުގެ އެންމެ އަޑިން ޝުކުރު އަރާކުރެއެވެ.

"ހުރިހާ އެންމެންނަން ވެސް ދައްތަގެ ފަރާތުން ފަށްފަށުން ޝުކުރު ދަންނަވަން. މި ކޯލިޝަންގައި އުޅޭ ހުރިހާ އެންމެންނަން ވެސް ދައްތަގެ ފަރާތުން ޝުކުރިއްޔާ. ދައްތަ އެ ހުރިހާ އެންމެންނަން ވެސް ދައްތަގެ ފަރާތުން ކޮށްދެވެން އޮތް އެއްބާރުލުމެއް، ކޮއްކޮ (ރިޔާޒުގެ) އާއިލާގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދޭން ތައްޔަރަށް މި ހުރީ،" މޫމިނާ ބުންޏެއެވެ.

މޫމިނާ އާއި އާއިލާ އިން ދެކޭ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަކީ އިންސާފު ހޯދުމަށް އެދި ރޮއި އާދޭސް ކުރަމުންދާ ރާއްޖޭގެ ރައްޔިތުންގެ އަޑު އައްސަވާ ލީޑަރެކެވެ. މިއަދު އެފަދަ އާއިލާތަކަށް އިންސާފު ހޯދަދެއްވާނީ އިބޫ ކަމަށް ދައްތަ ގަބޫލުކުރެއެވެ. އެންކަމުން ތިމަރަފުށީ މާޖެހި އާއިލާގެ ފަރާތުންނާއި މޫމިނާގެ އަމިއްލަ ނަމުގައި އިބޫ އާއި އެމަނިކުފާންގެ ރަނިންގ މޭޓް ފައިސަލް ނަސީމަށް ވޯޓް ދިނުމަށްއާދޭހާ އެކު ދިވެހި ރައްޔިޔުންގެ ކިބައިން އެދޭ ކަމަށް އޭނާ ބުންޏެއެވެ.

"ދައްތައަށް ވާމީހަކަސް، ދައްތަގެ ބަހެއް އަހާ މީހަކަސް، ދައްތަގެ އާއިލާގެ މީހަކަސް، ދައްތަގެ އާއިލާގެ ބަހެއް އަހާ މީހަކަސް އިބޫ އަށް ވޯޓުދިނުމަށް ހަތަރަސް ފައިން، ދައްތައަށް ހަތަރު ވޯޓުލެވެންޔާ އިބޫއަށް ލާނީ ހަތަރު ވޯޓު، އެހާ ވެސް ބޭނުން އިބޫ ހޮވަން."

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު