Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފާޑުކިޔުން އަމާޒުވުމުން ރިޝްވަތުގެ ކުށް ހިމެނުމަށް ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލައިފި

1 އޯގަސްޓު 2018 | ބުދަ 09:25

އަނބުރާ ފޮނުވާލީ ޕީޕީއެމް މެމްބަރުންގެ ވޯޓުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 1 އޯގަސްޓު 2018 | ބުދަ 09:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން | ޕީޕަލް މެގަޒިން

ރިޝްވަތުގެ ކުށް އުވާލެވޭ ގޮތަށް ގާނޫނުލް އުގޫބާތު ބަދަލުކުރަން ޕީޕީއެމުން ހުށަހެޅުމާއެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، އަލަށް ހުށަހެޅި ބިލުގައިވާ ބައިތައް ހިމަނައިގެން ބިލު ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވައިފިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ގާނޫނުލް އުގޫބާތަށް މިދިޔަ މަހު ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ގާނޫނުލް އުގޫބާތުގައިވާ ރިޝްވަތުގެ ކުށް އުވޭނެއެވެ. އެ މައްސަލަ ފެންމަތިވުމާ އެކު، ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ރިޝްވަތުގެ ކުށް އަލުން ހިމަނާ ގޮތަށް ބިލެއް އަންގާރަ ދުވަހު ހުށަހަޅުއްވައިފަ އެވެ. އަދުރޭ ހުށަހެޅި އެ ބިލުގެ މަރުހަލާތައް މަޖިލީހުގެ ތެރެއިން އަވަސް ކުރުމަށްފަހު، ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފައެވެ.

Advertisement - newsAdvertisement

އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލު ދިރާސާ ކުރުމަށްފަހު، ގައުމީ ސަލާމަތު ކޮމެޓީން ހުށަހެޅި ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުމުން، މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލުމަށެވެ. ކޮމެޓީއަށް އެ ބިލު އަނބުރާ ފޮނުވާލުމަށް ފާސްކޮށްފައި ވަނީ 26 މެމްބަރުންގެ ވޯޓުންނެވެ.

އެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލުމަށް ވޯޓަށް އެހުމުގެ ކުރިން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އިބްރާހިމް ދީދީ އާއި އަބްދުއްރަހީމް ހުށަހެޅުއްވި ދެ ބިލު އެކުއެކީގައި ކޮމެޓީގައި ދިރާސާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ރިޝްވަތުގެ ކުށް އުވާލެވޭ ގޮތަށް ބިލު ފަރުވާމާކޮށްފައި ނުވާނެ ކަމަށް، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ތަކުރާރު ކުރައްވާފައެވެ. ނަމަވެސް އެ ބިލުގައި ރިޝްވަތުގެ ކުށް އުވާލަން ހުށަހަޅާފައި ނުވާނަމަ، އެ ބިލު މަޖިލީހުން ފާސްނުކޮށް، އަނބުރާ ކޮމެޓީއަށް ފޮނުވައި، އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގެ ބައިތައް އެ ބިލުގައި ހިމަނަން އުޅުމުން، ނިހާން ހެއްދެވީ އިތުރުފުޅުކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ރިޝްވަތުގެ ކުށް އުވާލެވޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ކޮމެޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނިކޮށް އެ ބިލުގެ މައްސަލާގައި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އަންގާރަ ދުވަހު ޕީޕީއެމް ޕީޖީ ގްރޫޕާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު، ރިޝްވަތުގެ ކުށް އަލުން ހިމަނައިގެން ގާނޫނުލް އުގޫބާތަށް އިސްލާހެއް ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރު ކުރި ބިލު އަބްދުއްރަހީމްގެ ނަމުގައި ހުށަހެޅުމަށް ނިންމިކަން ވެސް އެނގިފައިވެއެވެ. އަދި އަބްދުއްރަހީމްގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
22 މާރިޗު 2017

ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި

22 މާރިޗު 2017
ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް