Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މާލެއިން ދެ ދާއިރާ އިތުރުވަނީ

1 އޯގަސްޓު 2018 | ބުދަ 02:44

މަޖިލީހުގެ މެންބަރުންގެ އަދަދު 85 އިން 87 އަށް އިތުރުވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 އޯގަސްޓު 2018 | ބުދަ 02:44
ރައްޔިތުންގެ މަޖިލިސް: މާލެއަށް ދެމެންބަރުން އިތުރުވާނެ

ރައްޔިތުންގެ މަޖިލިސް: މާލެއަށް ދެމެންބަރުން އިތުރުވާނެ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެއިން އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދު އިތުރުވެ، މަޖިލިސް މެމްބަރުންގެ ޖުމްލަ އަދަދު 87 އަށް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނީ އެކޮމިޝަނުން އަންގާރަ ދުވަހު ޢާއްމުކުރި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައެވެ.

Advertisement - newsAdvertisement

މަޖިލީހުގައި މިހާރު ތިބެނީ ޖުމްލަ 85 މެމްބަރުންނެވެ. އެއީ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައިވާ ގޮތަށް، އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ އެ އަދަދަށް އާބާދީ ހަމަނުވާ ނަމަ ދާއިރާތަކަށް ދެ މެމްބަރަކު އިންތިޚާބުކުރާ އުސޫލުންނެވެ. އަދި 5،000 އަށް ވުރެ އާބާދީ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ 5،000 މީހަކަށް އިތުރު މެމްބަރަކު އިންތިޚާބުކުރާ އުސޫލުންނެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ގޮނޑިތައް އިތުރުވާނީ މާލެއިންނެވެ. މާލެއިން މިހާރު މަޖިލީހަށް އިންތިޚާބު ކުރަނީ 13 މެމްބަރުން ކަމަށް ވިޔަސް، މާލޭގެ އާބާދީއަށް ބަލައި، އަންނަ އަހަރުގެ އިންތިޚާބުގައި 15 މެމްބަރުން މާލެއިން އިންތިޚާބު ކުރަންޖެހޭނެ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

އެންމެ ފަހުން 2014 ގައި މަޖިލިސް އިންތިޚާބު ބޭއްވިއިރު މާލޭގެ އާބާދީ އޮތީ 63،000 ގައި ކަމަށް ވިޔަސް، މިހާރު ވަނީ 70.900 އަށް އަރައިފައެވެ. އަދި ވޭތުވެދިޔަ ހަ މަސް ދުވަހު ވެސް މާލޭގެ އާބާދީ އިތުރުވަމުން އަންނަކަން ވެސް އިލެކްޝަންސް ކޮމިޝަންގެ އެ ރިޕޯޓުގައިވެއެވެ.

މާލޭއިން އިންތިޚާބުކުރަން ޖެހޭ މެމްބަރުންގެ އަދަދު އިތުރުވިޔަސް، އެ ރިޕޯޓުގައިވާ ގޮތުން އެހެން ދާއިރާތަކުން އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އަދި ނާދެއެވެ. އެކަމަކު މިއީ ވަގުތީ ރިޕޯޓެއް ކަމަށް ވާތީ އިންތިޚާބީ ދާއިރާތަކަށް ބަދަލު އައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ފައިނަލް ރިޕޯޓް ނެރެން ޖެހޭނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 150 ދުވަސް ކުރިންނެވެ.

އިންތިޚާބީ ދާއިރާ ކަނޑައެޅުމުގެ ގާނޫނުގައިވާ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ރިޕޯޓާ މެދު ޝަކުވާ އުފުލުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން 21 ދުވަސް ވަންދެން ޕާޓީތަކަށާއި ވަކިވަކި ފަރުދުންނަށް ވެސް އޮންނާނެއެވެ. އަދި އެ ޝަކުވާތަކާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް