Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޝްވަތުގެ މައްސަލަ

ރިޝްވަތުގެ އިސްލާހުގެ މައްސަލާގައި ޕީޕީއެމުން ދޮގު ހެދިކަން ފަޅާ އަރައިފި

31 ޖުލައި 2018 | އަންގާރަ 18:05

ރިޝްވަތުގެ ކުށް އުވާލަން ބިލު ހުށަހެޅުއްވީ އިބްރާހިމް ދީދީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 31 ޖުލައި 2018 | އަންގާރަ 18:05
ޕީޕީއެމް ޕީޖީ ގްރޫޕުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމް ޕީޖީ ގްރޫޕުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިތުރުފުޅު ހެއްދެވިކަން ފަޅާއަރައިފިއެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ބިލު ހުށަހަޅުއްވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. ޖުލައި މަހުގެ 10 ވަނަ ދުވަހު އޭނާ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ކޮމެޓީން ދިރާސާކޮށް ނިންމައި، ތަޅުމަށް ހުށަހެޅިއިރު ވެސް އެ ބިލު ފަރުމާކޮށްފައި އޮތީ ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށެވެ.ނަމަވެސް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލާ އެކު، ރިޝްވަތުގެ ކުށް އިތުރަށް ތަފްސީލުކޮށް ބަޔާން ކުރުމުގެ ގޮތުން ގާނޫނުލް އުގޫބާތަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ދެ ބޭފުޅުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ދެ ބިލެއްގެ ގޮތުގައި އިސްލާހު ހުށަހެޅުއްވީ އެކުއެކީގައި ކަމަށް ނިހާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއް ގާނޫނަކަށް ދެ އިސްލާހެއް ވަކިވަކިން ހުށަހެޅުއްވީ ފަސޭހައަކަށް ކަމަށެވެ.

"ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުނިކޮށްލާކަން ނޫޅެއޭ. އެއަށް ވުރެ ފުރިހަމައަށް އެބައޮތޭ [އަބްދުއްރަހީމް ހުށަހެޅުއްވި ބިލު]. ނަމަވެސް ތިބޭފުޅުންނާ ހަމައަށް އައިއިރު، ނަމަވެސް ކޮމެޓީ ރިޕޯޓުން އިސްލާހުން ނިންމީމަ، ތިޔަ ސުވާލު އުފެއްދިދާނެ. ދެބައި އެއްކޮށްލީމަ [ދެ ބިލު އެއްކޮށްލީމަ] ބަރާބަރަށް އިންނާނީ... އަޅުގަނޑު ދަންނަވައިފިން ދައުލަތަށް ހިޔާނާތްތެރިވުމުގެ ބަޔާއި ސީދާ ކޮރަޕްޝަންގެ ބަޔާއި މި ދެ ބައި ވަކިން ހުށަހެޅީމަ ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ބެލީ،" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް މަޖިލިސް މެމްބަރަކު ނަންހާމަ ނުކުރުމަށް ޝަރުތުކޮށް "ރާއްޖެއެމްވީ" އަށް ކިޔައިދިން ގޮތުގައި އަބްދުއްރަހީމް ބިލު މަޖިލީހަށް ހުށަހެޅުއްވީ އަންގާރަ ދުވަހުއެވެ. އެޓާނީ ޖެނަރަލް އޮފީހުން ތައްޔާރު ކުރި އެ ބިލު، އަބްދުއްރަހީމްގެ ނަމުގައި ސްޕޮންސާކުރުމަށްފަހު މަޖިލީހަށް ހުށަހެޅުމައްޓަކާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ އެކު ބަންޑާރަ ނައިބު މުހައްމަދު އަނިލާ މަޝްވަރާކޮށްފައި ވަނީ ވެސް އަންގާރަ ދުވަހުގެ މެންދުރުފަހުއެވެ. ޕީޕީއެމް ޕީޖީ ގްރޫޕުގެ މެމްބަރުންނާ އެކު ބޭއްވި އެ ބައްދަލުވުމުގެ ފޮޓޯ ވެސް މިހާރު ދަނީ ދައުރުވާން ފަށާފައެވެ.

ރިޝްވަތުގެ ކުށް އުވާ ނުލަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ބިލު، އަބްދުއްރަހީމްގެ ނަމުގައި ސްޕޮންސާކޮށްގެން ހުށަހެޅުމަށްޓަކާ އޭޖީ މުހައްމަދު އަނިލް ޕީޕީއެމް ޕީޖީ ގްރޫޕާ ބައްދަލު ކުރައްވަނީ: ރިޝްވަތުގެ ކުށް އުވާނުލަން ބިލު ހުށަހެޅީ ފާޑުކިޔުން އަމާޒުވުމުން.

ގާނޫނުލް އުގޫބާތަށް ދެ އިސްލާހެއް ދެ ބިލެއްގެ ގޮތުގައި ހުށަަހަޅާފައި ވަނީ އެއް ވަގުތެއްގައި ކަމަށް ނިހާން ވިދާޅުވިއިރު، އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ނިންމާފައި ވަނީ ބުދަ ދުވަހުއެވެ. އަދި އެ ބިލު މަޖިލީހަށް އިއްވުމަށް އެޖެންޑާ ކުރީ ވެސް އަންގާރަ ދުވަހުގެ ހަވީރު 4:00 ޖެހިފަހުންނެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުން ރާއްޖެއެމްވީއަށް ކިޔައިދިން ވާހަކަތަކުންނާއި މަޖިލީހުގެ އެޖެންޑާއިން އެނގެން އޮތްގޮތުގައި ނިހާން ހައްދަވާފައި ވަނީ އިތުރުފުޅެވެ. އޭނާ އިތުރުފުޅު ހައްދަވާފައި ވަނީ ރިޝްވަތުގެ ކުށް އުވާލުމަށް ބިލު ހުށަހެޅި ކަމަށް ބުނާ ވާހަކަ ދޮގުކުރުމުގެ ގޮތުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް