Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ފެންނަނީ ގައުމު އަތުން ބީވެގެންދާތަން، އެހެން ގައުމެއް ދަށުވެގެން އުޅޭކަށް ބޭނުމެއް ނޫން: ފައިސަލް

30 ޖުލައި 2018 | ހޯމަ 10:27

މިއީ ފައިސަލްގެ ތިންވަނަ ކެމްޕެއިން ދަތުރު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 30 ޖުލައި 2018 | ހޯމަ 10:27
ދިގުރަށުން ފައިސަލްގެ ޓީމަށް މަރުޙަބާ ދަންނަވަނީ

ދިގުރަށުން ފައިސަލްގެ ޓީމަށް މަރުޙަބާ ދަންނަވަނީ | ރާއްޖެއެމްވީ

ރައީސް ޔާމީންގެ ސަރުކާރުން ކަންކުރައްވާ ގޮތުން، މިއަދު ފެނިގެން މިދަނީ މިގައުމު ދިވެހިގެން އަތުން ބީވެގެންދާ މަންޒަރު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދ. އަތޮޅު ދިގުރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޙާތަބުކުރައްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރާއްޖޭގައި އިސްލާހަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ކޯލިޝަނެއްގެ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަނީ ކީއްވެގެންތޯ ދިވެހި ރައްޔިތުން ސުވާލުއުފައްދައި ވިސްނާލަންޖެހޭ ކަމަށެވެ. މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުން އެކުގައި މި މަސައްކަތް ކުރަނީ ދިވެހިގެން އަތުން ދިވެހި ގައުމު ބީވެގެންދާ މަންޒަރު ފެންނާތީ ކަމަށް ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ގާތްގަނޑަކަށް މުޅި ގައުމު އަތުން ބީވެގެންދާތަން. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވާނެ، އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެންދާކަށް. މި ގައުމުގައި އަޅުގަނޑުމެން އެހެން ގައުމެއްގެ ބައެއްގެ ދަށުގައި އުޅެންޖެހޭނެ ދުވަހަކީ ދިވެހި ރައްޔިތުން ދެކެން ބޭނުންވާ ދުވަހެއް ނޫން، ދިވެހި ރައްޔިތުން ގަބޫލުކުރާނެ ދުވަހެއް ނޫން" ދިގުރަށު ބަނދަރު ހިޔާގައި ހުންނަވާއިގެން ފައިސަލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުން ކަންކުރައްވާ އުސޫލަށް އިޝާރަތް ކުރައްވާ ވަހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން އެހެން ގައުމެއްގެ ދަށުވެގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށެވެ. މިއަދު ދިވެހި ރާއްޖޭގެ ރައްޔިތުން ތަހައްމަލް ކުރަމުންދަނީ ދިވެހި ތާރީޙުގައި ވެސް ދެކިފައިނުވާ ހިތާމަވެރި ދުވަސްތަކެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއަދު ރައްޔިތުންގެ މޫނު މަތިން ފެންނަ މާޔޫސްކަމަށް އުފާވެރިކަމެއް ހޯދަދެއްވާނެ ކަމަށެވެ.

ދިގުރަށުން ފައިސަލްގެ ޓީމަށް މަރުޙަބާ ދަންނަވަނީ

އާބާދީގައި ގާތްގަނޑަކަށް 650 މީހުން ދިރިއުޅެމުން އަންނަ ދިގުރަށަށް ފައިސަލް ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީޓަކަށް ތާއިދުކުރައްވާ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރަކީ ރައްޔިތުންގެ ތާއިދު ހޯދެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނަދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އަދާމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ، ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް