Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޖާންވީ އަށް ލަވައެއް ކިޔައިދޭން ބެނުންވާ ކަމަށް ލަތާ ބުނެފި

ލަތާ ބުނެފައިވަނީ އޭނާއަށް ޖާންވީ ވަރަށް ރީތި ކަމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 ޖުލައި 2018 | ބުދަ 06:44
ލަތާ މަންޖޭޝްކަރު

ލަތާ މަންޖޭޝްކަރު

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް " ދަޅަކް" ގެ ބަތަލާ އަދި ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރަށް ލަވައެއް ކިޔައިދޭން ބޭނުންވާ ކަމަށް އިންޑިއާގެ އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ ލަތާ މަންޖޭޝްކަރު ބުނެފިއެވެ.

"ދަޅަކް" ގައި ޖާންވީ ދައްކުވައިދީފައިވާ އެކްޓިންއަށް މުޅި ބޮލީވުޑްގެ ފަންނާނުންގެ ފަރާތުން ތައުރީފް އޮއްސަމުން ދަނިކޮށް އުމުރުން 88 އަހަރުގެ ލަވަ ކިޔުންތެރިޔާ ލަތާ ބުނެފައިވަނީ އޭނާއަށް ޖާންވީ ވަރަށް ރީތި ކަމަށާއި ޖާންވީއަށް ލަވައެއް ކިޔައިދޭން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ލަތާ ބުނެފައިވަނީ ސްރީދޭވީގެ ކުއްލި މަރަށްފަހު ޖާންވީގެ ބައްޕަ ބޮނޭ ކަޕޫރުގެ ހިނިތުން ވުމުގެ އަސްލަކަށް ވެގެންދާނީ ދަރިފުޅުގެ ފުރަތަމަ ފިލްމްގެ ކާމިޔާބީ ކަމަށެވެ.

ދަރިފުޅުގެ ފިލްމް ސްކްރީނުން ބަލައިލަން ސްރީދޭވީ މިއަދު ދުނިޔޭގައި ހުރި ނަމަ އެކަމާ ފަހަރުވެރި ވާނެކަމަށާއި ޖާންވީއަކީ ސްރީދޭވީ ހޯދި ވަރުގެ ކާމިޔާބީއެއް ހޯދުމުގެ ގާބިލުކަން ހުރި ބަތަލާއެއް ކަމަށް ލަތާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ފިލްމް ތަކަށް އެތައް ހާސް ލަވަތަކެއް ރެކޯޑް ކޮށްފައިވާ ލަތާވަނީ ސްރީދޭވީ ކުޅެފައިވާ ފިލްމް ތަކަށްވެސް ލަވަ ކިޔައިދީފައެވެ. ސްރީދޭވީގެ ފިލްމް ތަކަށް ލަތާ ކިޔައިދީފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ކަބީ މައި ކަހޫން، ނެއިނޯމެ ސަޕްނާ އަދި އާ މެރި ޖާން ހިމެނެ އެވެ.

ލަތާ ބުނެފައިވަނީ އޭނާގެ އާއިލާ އަކީ ކަޕޫރު އާއިލާ އާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އާއިލާއެއް ކަމަށެވެ. އަދި އެ އާއިލާގެ މެމްބަރުންނަށް އަބަދުވެސް ކާމިޔާބީއަށް އެދޭކަމަށް ލަތާ ވަނީ ބުފައެވެ.

އަންނަ މަހުގެ 3 ގައި ރިލީޒްކުރާ "ފަންނޭ ހާން" ގައި އަނިލް ކަޕޫރް ކުޅެފައި ވަނީ ލަތާ އާއި މުހައްމަދު ރަފީއުގެ ފޭނެއްގެ ރޯލް ކަމަށް ލަތާވަނީ ބުނެފައެވެ. ފިލްމްގައި އެނާގެ ދަރިފުޅު ލަތާފަދަ ލަވަކިޔުންތެރިއަކަށް ވުމަށް އަނިލް އެދޭކަން އެނގިފައިވާތީ އެކަމާއި ވަނީ އުފާ ފާޅުކޮށްފައެވެ.

ލަތާ ވަނީ އިންޑިއާގައި އަލަށް އުފެދެމުން އަންނަ ލަވަކިޔުންތެރިން ދެވަނަ ލަތާއަކަށް ނުވަތަ ކިޝޯރު، ރަފީއު، އާޝާ އަދި މުކޭޝްއަށް ވާން ނޫޅި އަމިއްލަ ގޮތުގައި ކުރިއަށް ދިއުމަށް އެދިފައެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2018

މަންމަގެ މަރަށް ފަހު ހިތްވަރު ލިބުނީ ދަޅަކް އިން: ޖާންވީ

20 ޖޫން 2018
މަންމަގެ މަރަށް ފަހު ހިތްވަރު ލިބުނީ ދަޅަކް އިން: ޖާންވީ
17 ޖޫން 2018

ޝަލަބީގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި

17 ޖޫން 2018
ޝަލަބީގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި
09 ޖޫން 2018

އިޝާން އާއި ޖާންވީގެ ދަޅަކް ޓްރެއިލާ އަންނަ ހޯމަ ދުވަހު

09 ޖޫން 2018
އިޝާން އާއި ޖާންވީގެ ދަޅަކް ޓްރެއިލާ އަންނަ ހޯމަ ދުވަހު
08 ޖޫން 2018

ޖާންވީގެ 'ދަޅަކް' ގެ އައު ޕޯސްޓަރެއް ނެރެފި

08 ޖޫން 2018
ޖާންވީގެ 'ދަޅަކް' ގެ އައު ޕޯސްޓަރެއް ނެރެފި
20 މާރިޗު 2018

ޖާންވީ ކަޕޫރު ވޯގް ކަވަރ އަށް ތައްޔާރު ވަނީ

20 މާރިޗު 2018
ޖާންވީ ކަޕޫރު ވޯގް ކަވަރ އަށް ތައްޔާރު ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު