Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންތިހާބުގައި މަކަރު ހެދުމަށް ގެންގުޅޭ އަތްބައި ބަލައިފިން: ނިޔާޒު

22 ޖުލައި 2018 | އާދީއްތަ 15:37

މަކަރު ހެދުމުގެ ޖާގައެއް ނުދޭނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 22 ޖުލައި 2018 | އާދީއްތަ 15:37
އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒު

އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒު

ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި ރައީސް ޔާމީންގެ ސަރުކާރުން މަކަރު ހެދުމަން ގެންގުޅޭ އަތްބައި ގުޅިފައިވާ ސިޔަސީ ޕާޓީތަކުން ބަލައިފި ކަމަށާއި މަކަރު ހެދުމުގެ ގޮތުން އެއްވެސް ކުޅިއެއް ކުޅުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވޯޓުލުމުގެ ޙައްގުން މަޙްރޫމްކޮށް، ވޯޓުން މަކަރު ހެދުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިސާބުޖަހައިގެން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތުން އެކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ހައްލުކޮށްފައިވާ ކަމަށާއި، ރައީސް ޔާމީނަށް މި އިންތިހާބުގައި މަކަރު ހެދުމުގެ ޖާގައެއް ނުދޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަން ރައީސް ޔާމީން މަކަރު ހަދާ އުކުޅުތައް އެބަ އިނގޭ، އަޅުގަނޑުމެން އެ އަތްބައި ބަލައިފިން އިނގޭތޯ، އޭގައި ހުރި އެއްބައި މިއީ ނުބައި ތަންތަނަން ރަޖިސްޓްރީ ކުރުވުން، އޭގެ އެއްބައި މިއީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަން ވޯޓު ނުލެވޭގޮތަށް ހެދުން، އޭގެ އެއްބައި މިއީ ރިސޯޓުތަކުގައި ވޯޓުލުން މަދުކުރުން މިއީ، އެހެންވީމަ އޭގަ ހުރި އެއްވެސް ކުޅިއެއް އިރާދަ ކުރެއްވިއްޔާ ކުޅުނަކަ އަޅުގަނޑުމެން ނުދޭނަން،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށް އެއްވެސް ޝައްކެއް އުފެދިއްޖެ ކަމުގައިވާނަމަ ދެވަނަ ފަހަރަށް ގޮސް ފޯމު ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށާއި، އެހެންކަމުން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މަޖުބޫރުކޮށްގެން ފޯމެއްގައި ސޮއިކުރެވިފައިވާ ނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް ވަޑައިގެން އަލުން ރީ ރަޖިސްޓަރ ކުރުމަށް ގޮވާލާކަމަށެވެ.

"ސްޓެލްކޯގައި އެ މަސައްކަތް ހިނގާ، އެއާޕޯޓް އޮތޯރިޓީގައި އެކަން ހިނގާ، އެސްޓީއޯގައި އެކަން ހިނގާ، ހިންގާ ގޮތަކީ އެތަނުގެ އެޗްއާރު ޑިޕާޓުމެންޓުން އެތަނުގައި ތިބޭ ހުރިހާ މުވައްޒިފުންގެ ނަމުގައި ފޯމްތަށް ހަދައިގެން ގެނެސް، އެމީހުންނަން މަޖުބޫރުކުރުވަނީ،" ނިޔާޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވުން ޖުމްހޫރީ ޕާޓީގެ ނާއިބު ލިޑަރ ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަނީ ގާތްގަނޑަކަށް 40 ހާސް ރައްޔިތުން ވޯޓުލުމުން މަހްރޫމްކުރުމަށް ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތަކީ ގާނޫނު އަސާސީން ވޯޓުލުމުގެ ޙައްގު ކަށަވަރުކޮށްދީފައިވާ މީހެއް ކަމަށާއި ރައީސް ޔާމީނުގެ ސަރުކަރުގެ ކުރިމަތީގައި ސަރުކާރުގެ އެއްވެސް މުވައްޒަފަކު ކުޑަކަކޫ ޖަހަން ނުޖެހޭ ކަމަށް ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އިލްކެޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން އަމަލު ކުރަމުންދާ ގޮތާއި ގުޅޭގޮތުން ގުޅިފައިވާ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް