Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ - އިންޑިއާ

ހެލިކޮޕްޓަރުތައް ގެންދަން އެންގުމަށް ފަހު އިންޑިއާގެ އެހީގައި ކޯސްޓްގާޑް އުޅަނދެއް މަރާމާތުކުރުމަށް ފޮނުވައިފި!

21 ޖުލައި 2018 | ހޮނިހިރު 12:33

އިންޑިއާއިން އުޅަނދު މަރާމާތުކުރަނީ ހިލޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޖުލައި 2018 | ހޮނިހިރު 12:33
ކޯސްޓްގާޑް ޝިޕް ހުރަވީ ވިޝާކާޕަތުނަމްގެ އަސްކަރީ ބަނދަރުގައި

ކޯސްޓްގާޑް ޝިޕް ހުރަވީ ވިޝާކާޕަތުނަމްގެ އަސްކަރީ ބަނދަރުގައި

ދިވެހި ސިފައިން ބޭނުންކުރުމަށް އިންޑިއާ އިން ދީފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދަން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް އަންގާފައިވަނިކޮށް، ކޯސްޓްގާޑުގެ އުޅަނދެއް މަރާމާތުކުރުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.

އެމްއެންޑީއެފް 'ކޯސްޓްގާޑް ޝިޕް ހުރަވީ' ވަނީ މަރާމާތުކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ވިޝާކާޕަތުނަމަށް ގެންގޮސްފައެވެ. އިންޑިއާ ސަރުކާރުގެ ކިބައިން 'ހުރަވީ' މަރާމާތުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމާ ގުޅިގެން އިންޑިއާ އިން ހިލޭ މިމަރާމާތުކޮށްދޭއިރު، މަރާމާތުތަކުގެ އަސްލު އަގު 10 ވަރަކަށް މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. ވިޝާކާޕަތުނަމްއަކީ އިންޑިއާގެ އީސްޓަރން ނޭވަލް ކޮމާންޑްގެ މައި ބަނދަރެވެ.

'ހުރަވީ' ވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ ފަހުކޮޅުވެސް މަރާމާތަށް ވިޝާކާޕަތުނަމަށް ގެންގޮސްފައެވެ. އަދި އަަހަރެއްހާ ދުވަހު މަރާމާތުގެ މަސައްކަތްކުރުމަށް ފަހު އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަސް ނިމެމުން ދަނިކޮށެވެ.

'ހުރަވީ'އަކީ އިންޑިއާގެ ކޮލްކައްތާގައި ބަނދެފައިވާ ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ޚާއްސަ އުޅަނދެކެވެ.

އިންޑިއާގެ އެހީގައި ކޯސްޓްގާޑް އުޅަނދެއް މަރާމާރުތުކުރުމަށް ފޮނުވިއިރު، އެމްއެންޑީއެފް އިން ބޭނުންކުރާ އިންޑިއާގެ ދެ ހެލިކޮޕްޓަރު ފޮނުވާލަން މަސައްކަތް ފެށީ އިންޑިއާގެ ވާދަވެރި ޗައިނާ އިން ދިވެހި ސަރުކާރަށް ޕްރެޝަރ ބޮޑުކުރުމާ ގުޅިގެން ކަމަށް އިންޑިއާގެ ސިޔާސީ ބޭފުޅުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ބުނީ ހެލިކޮޕްޓަރުތައް ގެންދަން އިންޑިއާ އަށް އެންގީ ހެލިކޮޕްޓަރެއްގެ ބަދަލުގައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް ހޯދުމަށް ރާއްޖެއިން ބޭނުންވާތީ ކަމަށެވެ. އެކަމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް އެކަމާ ބެހޭ ކަންކަން ވެސް ނުނިމި ވަނީ ދިވެހި ސަރުކަރުން ހަމަޖައްސަންޖެހޭ ކަންކަން ހަމަނުޖެހިގެންކަން އެނގިފައި ވެއެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާއިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ އަސްކަރީ ގުޅުމަކީ ޗައިނާ އިން އިންޑިއާ ކަނޑަށް އަތްގަދަކުރުމަށް ގެންގުޅޭ ސިޔާސަތަށް އެޅޭނެ ހުރަހަކަށްވާތީ، ޗައިނާ އިން ރާއްޖެއަށް ޕްރެޝަރކޮށްގެން ހެލިކޮޕްޓަރާ އެކު އައިސް ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އިންޑިއާގެ ސިޔާސީ ފަރާތްތަކުންނާއި ނޫސްވެރިން ދެކެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް