Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިިޔާސީ އިންތިޚާބު 2018

ވޯޓު އޮޅުވާލަން ޔާމީން މަސައްކަތް ކުރާނެ، އެކަން ހުއްޓުވަން ޖެހޭ: ހަސަން ލަތީފް

އެންމެ އިސްކަމެއް ދޭންވީ ރީރަޖިސްޓްރީ ކުރުމަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 20 ޖުލައި 2018 | ހުކުރު 11:40
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމް ކާށދޫގައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމް ކާށދޫގައި

ރިޔާސީ އިންތިހާބުގެ ވޯޓު އަޅޮވާލަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި، އެކަން ހުއްޓުވަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުން ގަދަ އަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓް ފައިސަލް ނަސީމާއި އެކު ކ.ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގައި ކިތަންމެ ބައިވަރު ވޯޓެއްލާން ދިމާކުރި ނަމަވެސް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ނުކޮށްފިނަމަ، ނާކާމިޔާބު ވެދާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ވޯޓު އޮޅުވާލަން މަސައްކަތް ކުރައްވަފާނެ ކަމަށާއި އެހެންކަމުން ވޯޓުލާ ދުވަހު އޮބުޒާވަރުންނާއި މޮނިޓަރުން ވޯޓު ފޮށިތައް ކައިރީގައި ހަމައަށް ތިބުމަކީ މުހިންމު ކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ވޯޓު އޮޅުވާލަން ރައީސް ޔާމީން މަސައްކަތް ކޮށްފަނެ އިނގޭތޯ، އެކަން ވެސް އަޅުގަނޑުމެން ހުއްޓުވަންޖެހޭ، ކޮންމެ ފޮއްޓެއް ކައިރީގައި އަޅުގަނޑުމެންގެ އޮބުޒާވަރުންނާއި މޮނިޓަރުން އެ ހުރިހާ އެންމެން ހަމަކޮށް ތިބުން އެއީ ވަރަށް މުހިންމު ކަމެއް" ހަސަން ލަތީފް ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަންގެ މަސައްކަތަކީ މުހިންމު ކަމެއް ކަމަށް ދެކިގެން އެކަން ކުރެއްވުމަށް އެދޭ ކަމަށާއި، އެކަން ރަނގަޅަށް ކުރެވިއްޖެނަމަ ބޮޑުތަނުން މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ފައިސަލް ގާފަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައްޔިތުންގެ ހާލުބެއްލެވުމަށް ފައިސަލް ގާފަރުގައި ދޮރުން ދޮރަން ވަނީ ހިންގަވާފައެވެ. މި ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ނައިބް ލިޑަރު ޑރ. ހުސެއިން ރަޝީދާއި، އަދާލާތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ޖޭޕީގެ ކައުންސިލް މެމްބަރުން ބައިވެރިވަޑައިގެންވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު