Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެއިޚް އިޔާޒް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިތުބާރު ކުރެވޭ ފަރާތެއް ފިޔަވައި އެހެން ބަޔަކު އެމީހުންގެ ވޯޓުލުމުގެ ހައްގުގެ ބޭނުން ކުރުމަކީ އޮޅުވާލުމަށް މަގު ކޮށުން: ޑރ. އިޔާޒު

އަންނަ ރިޔާސީ އިންތިޚާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 19 ޖުލައި 2018 | ބުރާސްފަތި 14:36
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިތުބާރު ކުރެވޭ ފާރާތެއް ފިޔަވައި އެހެން ބަޔަކު ލައްވާ އެމީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ބޭނުން ކުރުވުން މަޖުބޫރު ކުރުވުމަކީ މަކާރާއި އޮޅުވާލުމަށް މަގު ކޮށުންކަމަަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޓްވިޓާ މެދުވެރިކުރައްވާ ޑރ. އިޔާޒު ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވެފައިވާ މީހުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކީ ވާރިސުން ކަމަށެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވިއިރު އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލުމަށް އެހީތެރިވާނީ ވޯޓު ލާ މަރުކަޒުގެ އިސްކޮށް ހުންނަ މީހާ ކަނޑައަޅާ އިލެކްޝަންސްގެ އޮފިޝަލެއް ކަމަށެވެ. ކުރިން އޮންނަ އުސޫލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވާ މީހެކެވެ.

މިކަމާ ގުޅިގެން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔަމުންނެވެ. ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ގުޅިފައިވާ އިދކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ އިރު، 452 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި އީސީގެ މެންބަރުން އެހީވާ ގޮތަށް ނިންމި ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ގެންދަ ވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު