Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިދިކޮޅު މީހުންގެ ދެ ފައިގައި ހިފައިގެން ވެސް ވޯޓު ހޯދަން ޖެހޭނެ: ޝަހީމް

18 ޖުލައި 2018 | ބުދަ 20:15

ވެރިކަމުގައި އިތުރު 30 އަހަރު ރައީސް ޔާމީން ބަހައްޓަންޖެހޭކަމަށް ޝަހީމް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 ޖުލައި 2018 | ބުދަ 20:15
ހުވަދޫ މީހުންނާ ބައްދަލު ކުރުމަށް ޝަހީމް ބޭއްވި ބައްދަލުވުމުގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ

ހުވަދޫ މީހުންނާ ބައްދަލު ކުރުމަށް ޝަހީމް ބޭއްވި ބައްދަލުވުމުގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ޕާޓީތަކުގެ މީހުންގެ ބުރަކަށީގައި އަތް އަޅައިގެންނާއި އެ މީހުންގެ ދެފައިގައި ހިފައިގެން ވެސް ޕީޕީއެމަށް ވޯޓު ހޯދަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެހެން ވިދާޅުވީ ހުވަދު އަތޮޅުގެ މީހުންނާ ބައްދަލު ކުރެއްވުމަށް ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްތުގައެވެ. އެ ރަސްމިއްޔާތުގައި ޝަހީމް ވާހަކަފުޅު ދެއްކެވީ ހުވަދޫ ބަހުރުވައިންނެވެ. ޝަހީމަކީ ގއ. މާމެންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

Advertisement - newsAdvertisement

ޝަހީމް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުންނާ ދިމާލަށް އެއްޗެހި ގޮވައިގެން ނުވާނެ ކަމަށާއި އެ މީހުން ވެސް ޕީޕީއެމުން ކުރަމުންދާ ކަންތައްތަކުގެ ތެރެއަށް ވައްދަން ޖެހޭ ކަމަށެވެ.

"އިދިކޮޑު ޕާޓީގެ މީހެންނަގެ ބުރިކަންޓާ އަތާ އޮޑައިގެން ވެސް، ބޮލު އަތާ އޮޑައިގެން ވެސް ދެ ފައި ހިފައިގެންގަސް، އެހެލާނެ ޖެހެންނޭ މީގެ ތެރެއަށް ވަދޮވަންނަން. އެހެލާންނާ ދިމާލަށް އެއްތެތި ކިޔަންނޭ ކަމަކެ ނެތި. އެހެލާނަސް މި ހެޔޮ ކަމުގެ ތެރެއަށް ވަދޮވައިގެން ގޮހޮ، އެހެލާންނަގެ ވޯޓުވަސް ލައިގެން، ބައިވެރިވެގެން އަހަނެ މިގައުމާ ސަލާމަތެ ކަރަންނައު،" ޝަހީމް ވިދާޅުވިއެވެ.

މާނަ: [އިދިކޮޅު ޕާޓީގެ މީހުންގެ ބުރަކަށީގަ، ނުވަތަ ބޮލުގައި އަތް އަޅައިގެން ވެސް، އަދި ދެފައިގައި ހިފައިގެން ވެސް އެ މީހުން ޖެހޭނެ މީގެ ތެރެއަށް ވައްދަން. އެ މީހުންނާ ދިމާލަށް އެއްޗެހި ގޮވައިގެން ނުވާނެ. އެ މީހުން ވެސް މި ހެޔޮ ކަމުގެ ތެރެއަށް ވައްދައިގެން ގޮސް، އެ މީހުންގެ ވޯޓު ހިމަނައިގެން، އަދި ބައިވެރިކޮށްގެން މި ގައުމު ސަލާމަތް ކުރަންވާނީ،]

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިއަށް އޮތް 30 އަހަރު ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ޔާމީން ބަހައްޓަންޖެހޭ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ ދައުރު ފުރިހަމަ ކުރުމަށްފަހު، އިތުރު ދައުރަކަށް ނުކުންނެވުމަށް އެދިވަޑައިގަންނަވާނީ އެމަނިކުފާނުގެ ދެފައިގައި ހިފައި އާދޭސްކޮށްގެން ކަަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"މިއެނެ ދައުރުގައިޔަސް ނޫން ރައީސް ޔާމީން ބާއްނަންވޫ. އަދި 30 އަހަރެ، ރާއްދޭ ވެރިކަމުގައި ރައީސް ޔާމީން ބާއްނަންވޫ. މަ ދުނިޔޭ ހުއްޓީފެހޭ އެކަމާ ކަރަންނޭ. މިއެނެ ދައުރަކަސް ނޫން. އައި އެޔާ ދެފައި ހިފައި އާދޭސް ކަރަންނޭ، އެއާ އެކެދައުރު ވެރިކަމުގައި ހުންނާން. އެޔާ އިސްލާމް ދީނަށް ނަސްރު ދެނެހައި ހިނދަކު ރައީސް ޔާމީން ގާތު އަހަނެ ތިބެންނާ އިރާދެކެރެއްވީފެހޭ،" ޝަހީމް ވިދާޅުވިއެވެ.

މާނަ: [ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަންވީ އަންނަ ދައުރުގައި އެކަންޏެއް ނޫން. އަދި 30 އަހަރު ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމިން ބަހައްޓަންޖެހޭ. އަޅުގަނޑު ދުނިޔޭގައި ހުރިއްޔާ އެކަން ކުރާނަން. ފައިގައި ހިފައި އާދޭސްކޮށްގެން އިތުރު ދައުރަކަށް ވެރިކަމުގައި ހުންނަން އާދޭސް ވެސް ކުރާނަން. އިސްލާމް ދީނަށް ނަސްރުދޭހާ ހިނދަކު ރައީސް ޔާމިނާ އެކު، ގާތު އަހަރުން ތިބޭނަން އިރާދަ ކުރެއްވިއްޔާ،]

ޝަހީމް ދެއްކެވި އެ ވާހަކަފުޅަށް ތާއިދު ކުރައްވައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ އެ ރަސްމިއްޔާގައި ވާހަކަފުޅު ދައްކަވާފައެވެ. ގދ. ތިނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ނިހާން، ވެސް އެ ޖަލްސާގައި ވާހާކަފުޅު ދެއްކެވީ ހުވަދޫ ބަހުރުވައިންނެވެ.

ނިހާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންްތިހާބު ރައީސް ޔާމީނަށް ކާމިޔާބު ހޯއްދެވުމަށްފަހު، އިތުރު ދައުރުތަކަށް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަންޖެހޭ ކަމަށާއި އެކަން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށް ކުޑަ ބަދަލެއް ގެނެސްގެން، ބޮޑުވަޒީރުގެ މަގާމުގައި ނުވަތަ ރައީސްގެ މަގާމުގައި ވެސް އިތުރު ދައުރަށް ރައީސް ޔާމީން ބެހެއްޓިދާނެ ކަމަށެވެ.

"އަހަންނަން ބައުތެ އެކަމާ ވަރަށް ފަސޭހައިން ވެންނަން. ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރައްކޫ، ފަހަ އަހަރުގެ ދެ ދައުރެ ކަމަށް. ބޮޑުވަޒީރުގެ ދައުރުގެ ވާހަކައެއް ނެތް ކަނޑައަޅާފައެއް. ހަމަ ކުދެ ކުދެ ބަދަލަކެ ގެނަންތަންނެން ރައީސް ކަމުގައި ވެސް ރައީސް ޔާމީން ބާއިގެން ކަމުގައިޔަސް، އަދި ބޮޑު ވަޒީރުކަމުގެ ކަމުގައި ބާއިގެންގަސް ވެވިޔަންނޭލިކާ ބައުތެ،" ނިހާން ވިދާޅުވިއެވެ.

މާނަ: [އަހަރުމެންނަށް އެބަ އޮތް އެކަން ވަރަށް ފަސޭހައިން ކުރެވެން. ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރުގެ ދެ ދައުރުކަމަށް ބުނެފަިއ އެބަ އޮތް. ބޮޑު ވަޒީރުގެ ދައުރުގެ ވާހަކައެއް ނެތް ކަނޑައަޅާފައެއް. ހަމަ ކުޑަކުޑަ ބަދަލެއް ގެނެސްގެން ރައީސް ކަމުގައި ވެސް، އަދި ބޮޑު ވަޒީރުކަމުގެ މަގާމުގައި ވެސް ބޭންދިދާނެ]

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އޭނާއަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް މިއަދު ސިޔާސީ އިދިކޮޅު ޕާޓީއެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މިއަދު އޮތީ ގައުމާ އިދިކޮޅު ޕާޓީއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް