Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުރީދޫ މޯލްޑިވްސް

ރާއްޖެއަށް އެއާ އެމްބިއުލާންސެއް ދޭން އުރީދޫ އިން ނިންމައިފި

18 ޖުލައި 2018 | ބުދަ 14:35

އުރީދޫ އިން ވަނީ ތިން ސީއެމްބިއުލާންސް ވެސް ދިނުމަށް ނިންމާފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 18 ޖުލައި 2018 | ބުދަ 14:35
އުރީދޫ އިން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ އިން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގެ މަގު ތަނަވަސް ކޮށްދިނުމަށް އުރީދޫ އިން އިސްނަގައިގެން ރާއްޖެ އަށް އެއާ އެމްބިއުލާންސެއް ހަދިޔާކުރަން ނިންމައިފިއެވެ.

އުރީދޫ އިން މިކަން ހާމަކުރީ ރާއްޖެ އަށް ދެ ސީ އެމްބިއުލާންސް ހަދިޔާކުރުމަށް ބުދަ ދުވަހު އިއްޒުއްދީން ފާލަން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އުރީދޫ އިން ދެ ސީ އެމްބިއުލާންސް މިއަދު ސަރުކާރާ ހަވާލުކޮށްފައިވާ އިރު އިތުރު ސީ އެމްބިއުލާންސެއް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ތިން ސީ އެމްބިއުލާންސްގެ އިތުރުން އެއާ އެމްބިއުލާންސެއް ރާއްޖެއަށް ހަދިޔާކުރަން އެ ކުންފުނިން ނިންމީ އުރީދޫގެ ޗެއާމަން ޝެއިޚް އަބްދުﷲ މުހައްމަދު ބިން އަލްޘާނީގެ ދީލަތި އެހީގެ ދަށުން ކަމަށެވެ.

ރާއްޖެއަށް ތިން ސީ އެމްބިއުލާންސް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޖީބް އިތުރަށް ވިދާޅުވީ އުރީދޫގެ އެއް އަމާޒަކީ އެ ކުންފުނި އޮޕަރޭޓްކުރާ ގައުމްތައް އިގްތިސޯދީ ގޮތުން ކުރި އެރުވުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އާންމުންނަށް މިވަގުތަށް އެންމެ މުހިއްމު ވަސީލަތަކީ ކޮބައިތޯ ބަލަން ކުރި ދިރާސާއަށް ފަހު އެ ކުންފުނިން ނިންމީ ސިއްހީ ފަރުވާގެ ދާއިރާގައި ގޮންޖެހުންތައް ދިމާވެފައިވާ ދަތުރުފަތުރުގެ ނިޒާމް ކުރިއެރުވުން ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް ވިދާޅުވީ އުރީދޫ އިން ހަދިޔާކުރި ތިން ސީއެމްބިއުލާންސްއާ އެކު ރާއްޖޭގައި ޖުމްލަ 29 ސީއެމްބިއުލާންސް އޮންނާނެ ކަމަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަގްސަދުގައި އެ އެމްބިއުލާންސްތައް ހަދިޔާ ކުރެއްވީތީ މިނިސްޓަރު ވަނީ އުރީދޫއަށް ޝުކުރު އަދާކުރައްވާފައެވެ.

އުރީދޫ އިން މިވަގުތު ދެ ސީ އެމްބިއުލާންސް ރާއްޖެއާ ހަވާލްކޮށްފައިވާއިރު ހަދިޔާކުރަން ނިންމި ތިން ވަނަ އެމްބިއުލާންސް މިއަހަރު ތެރޭ ރާއްޖެއާ ހަވާލްކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އެއާ އެމްބިއުލާންސްއާ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް