Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކޮފީ

ކޮފީ ބުއިމުން އުމުރު ދިގުކޮށްދޭ: ދިރާސާ

ޅަ އުމުރުގައި މަރުވުމަށް އޮންނަ ރިސްކް ކުޑަކޮށްދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 ޖުލައި 2018 | އަންގާރަ 09:58
ތަފާތު ވައްތަރުގެ ކޮފީ: ކޮފީ ބުއިމުން އުމުރު ދިގުކޮށްދޭ

ތަފާތު ވައްތަރުގެ ކޮފީ: ކޮފީ ބުއިމުން އުމުރު ދިގުކޮށްދޭ

އެންމެ ފަހުގެ ދިރާސާ އިން ކޮފީ ބުއިމަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް ގެނެސްދީފިއެވެ.

އެގޮތުން ކޮފީ ބުއިމުގެ ސަބަބުން އުމުރުގެ ކުރީކޮޅުގައި މަރުވުމަށް އޮންނަ ރިސްކު ކުޑަކޮށްދޭ ކަމަށް ދައްކައެވެ. އަދި ވަކި މިންވަރެއްގައި ކޮފީ ބުއިމަށް ދިރާސާގައި ހާމަކޮށްފައެއް ނުވެއެވެ.

ޖާމާ އިންޓަރނޭޝަނަލް މެޑިސިންގައި ޝާއިރުކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި މިދިރާސާގައި މަދުވެގެން ދުވާލަކު އެއްތަށި ކޮފީ އަދި ގިނަ ވެގެން އަށް ތަށި ކޮފީ ބޯ މީހުން ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފިލްޓަރޑް ކޮފީ، އިންސްޓަންޑް ކޮފީ އަދި ކެފެއިން އެކުނުލެވޭ ބާވަތުގެ ކޮފީ ބޯ ފަރާތްތަށް ބައިވެރިވި ކަމަށް މި ދިރާސާ ކުރިއަށްގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ނޭޝަނަލް ކެންސަރ އިންސްޓިއުޓްގެ ޑރ. އެރިއްކާ ލޮފްޓްފިލްޓް ބުނެފައިވެއެވެ.

ޔޫކޭ ބައޯ ބޭންކް ސްޑަޓީގެ ރިސާޗް ޑާޓާ އިން ދައްކާ ގޮތުގައި މި ދިރާސާގައި ބައިވެރިވި ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ފިޒިކަލް އެގްޒަމިނޭޝަން އަދި ބައޮލޮޖިކަލް ސާމްޕަލް ވެސް ދީފައެވެ. އެގޮތުން މި ދިރާސާގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ކޮފީ ބޮއި އުޅޭ ފަރާތަށް ހިމަނާފައިވެއެވެ. މީގެ ދިހަ އަހަރު ކުރިން ހަދާފައިވާ މި ދިރާސާ އަލުން ރިވިއު ކުރި މި މުއްދަތުގެ ތެރޭގައި މަރުވެފައި ވަަނީ 14،200 މީހުންނެވެ. އެހެންކަމުން ކޮފީ ބުއިމަކީ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް ވަނީ ދިރާސާއިން ދައްކާފައެވެ. މީގެ ތެރޭގައި ދުވާލަކު އެއް ފަހަރު ނަމަވެސް ކޮފީ ބޯ ފަރާތްތަކަށް ޅަ އުމުރުގައި މަރުވުމަށް އަށް އިންސައްތަ ރިސްކް ކުޑަކަމަށް ދައްކައެވެ. އަދި ދުވާލަކު ހަ ތަށި ނުވަތަ ހަތް ތަށި ކޮފީ ބޯ ފަރާތްތަކަށް 16 އިންސައްތަ ރިސްކް ކުޑަ ކަމަށް ދައްކާފައިވާއިރު ދުވާލަކު އަށް ތައްޓަށް ވުރެ ގިނައިން ކޮފީ ބޯ ފަރާތްތަކަށް 14 އިންސައްތައިގެ ރިސްކް ކުޑަކޮށްދޭ ކަމަށް ދިރާސާއިން ދައްކައެވެ.

މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ކެފެއިން ހުންނަ މާއްދާތަށް އެކުލެވޭ އެއްޗެހި ބޭނުން ކުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހާރޓް އެޓޭކް ޖެހުމަށް މަގުފަހިކޮށްދޭ ކަމަށް ދައްކާފައިވެއެވެ. އެހެން ނަމަވެސް މިފަދަ ދިސާރާތައްކޮށްފައި ވަނީ އެފަދަ ބަލިތައް ޖެހިފައިވާ ފަރާތްތަކުގެ މެދުގައި ކަމަށް ލޮފްޓްފިލްޑް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އަލަށް ހެދި ދިރާސާއަކީ ހުރިހާ ކަމަށް ބަލައިގެން ހަދާފައިވާ ވަރަށް ފުރިހަމަ ދިރާސާއެއް ކަމަށާއި އެގޮތުން ކެފެއިން މެޓަބޮލިޒަމް ހުރި ގިނަ އަދަދެއްގެ ޖެނެޓިކް ޓާޑާ ބޭނުންކޮށްފައިވެއެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި ކޮފީ ބުއިމުގެ ސަބަބުން ސިއްހަތަށް ރަނގަޅު ކަންތައްތައް ވަނީ ފެނިފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2018

ދުވާލަކު ބިހެއް ކާނަމަ ހިތުގެ ބަލިން ދުރުކޮށްދޭ: އައު ދިރާސާ

23 މެއި 2018
ދުވާލަކު ބިހެއް ކާނަމަ ހިތުގެ ބަލިން ދުރުކޮށްދޭ: އައު ދިރާސާ
09 އެޕްރީލު 2018

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

09 އެޕްރީލު 2018
ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
29 މާރިޗު 2018

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

29 މާރިޗު 2018
މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ
23 ނޮވެމްބަރު 2017

ކޮފީއާއި މެދު ކުރާ ބަހުސް ހުއްޓާލާ، ދުވާލަކު 3 ނުވަތަ 4 ތަށި ބޯލީމަ ރަނގަޅުވާނެ!

23 ނޮވެމްބަރު 2017
ކޮފީއާއި މެދު ކުރާ ބަހުސް ހުއްޓާލާ، ދުވާލަކު 3 ނުވަތަ 4 ތަށި ބޯލީމަ ރަނގަޅުވާނެ!
22 ނޮވެމްބަރު 2017

އެއްވެސް އެހެން އެއްޗެއް ނުކައި، ނުބޮއި މަހެއް ވަންދެން ހުސް ފެން ބުއިމުން ވާ ގޮތް އެނގޭތަ؟

22 ނޮވެމްބަރު 2017
އެއްވެސް އެހެން އެއްޗެއް ނުކައި، ނުބޮއި މަހެއް ވަންދެން ހުސް ފެން ބުއިމުން ވާ ގޮތް އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު