Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުޗީޒް އާއި ސިއްހަތު

ޗީޒް ކެޔަސް ސްޓްރޯކް، ހާޓް އެޓޭކް ރިސްކް ބޮޑެއް ނުވޭ: ދިރާސާ

އެއް މިލިއަން މީހުންގެ މައުލޫމާތު ހިމެނައިގެން ކުރެވިފައިވާ 29 ދިރާސާ އިން ދައްކަނީ ޗީޒް ކެޔަސް ގެއްލުން ނުވާ ކަމަށް

ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 16:39
ޗީޒް ކެއުމުން ސިއްހަތައް ގެއްލުންވާ ކަމަށް ހީވެފައިވަނީ އޮންނަނީ ރަނގަޅަށް ނޫން ކަމަށް ސައިންސްވެރިން ބުނޭ

ޗީޒް ކެއުމުން ސިއްހަތައް ގެއްލުންވާ ކަމަށް ހީވެފައިވަނީ އޮންނަނީ ރަނގަޅަށް ނޫން ކަމަށް ސައިންސްވެރިން ބުނޭ

ޗީޒަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ކަމަށް ސިއްހަތައް ބަލައިގެން އުޅޭ މީހުންނަށް ހީވެފައި އޮވެއެވެ. އެކަމަކު މިއީ ކުށްހީއެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކޮށްދީފިއެވެ.

މި ދިރާސާގައި ބަލާފައިވަނީ ގެރިކިރުގެ އުފެއްދުންތައް ބޭނުން ކުރުމާއި ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމާއި ހުރި ގުޅުމުގެ މައްޗަށެވެ.

އެއް މިލިއަން މީހުންގެ މައުލޫމާތު ހިމެނައިގެން ކުރެވިފައިވާ 29 ދިރާސާ މުރާޖައާ ކުރުމަށްފަހު މި ދިރާސާއިން ހާމަކޮށްފައިވާ ގޮތުގައި، ފުލް ފެޓް ޗީޒް، ކިރު އަދި ޔޯގަޓް ބޭނުން ކުރިއަސް ހިތުގެ ލޭހޮޅިތައް ބެދިގެން މީހުން މަރުވުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އިތުރު ވެގެންނެއް ނުދެއެވެ.

"ކިރުގެ އުފެއްދުންތައް ބޭނުން ކުރުމަކީ ސިއްހަތައް ގެއްލުން ލިބޭ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ އޮތުމަކީ ހަގީގަތެއް އޮތް ކަމެއް ނޫން" ދިރާސާ ޓީމުގައި ހިމެނުނު ރީޑިންގ ޔުނިވަސިޓީގެ ޕްރޮފެސަރ އިއާން ގިވެންސް ވިދާޅުވިއެވެ.

ގާޑިއަން ނޫހަށް ޕްރޮފެސަރ އިއާން ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ، ގިނަ ބަޔަކަށް މި ގޮތައް ހީވެފައި އޮތަސް އެއީ ހަގީގަތުގައި އެކަން އޮތް ގޮތެއް ނޫން ކަމުގައެވެ.

ކިރުގެ އުފެއްދުންތައް ބޭނުން ކުރުމުން ސިއްހަތައް ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން ސައިންސް ވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. ބައެއް ސައިންސްވެރިންގެ ނަޒަރުގައި "ސެޓުރޭޓެޑް ފެޓް" އެކުލެވޭ ކާބޯތަކެތީގެ ސަބަބުން ލޭގައި ސަރުބީ އެކުލެވޭ މިންވަރު މަތިވެ، ލޭހޮޅިތައް ބެދުމުގެ ސަބަބުން ހާޓް އެޓޭކްއާއި ސްޓްރޯކް ޖެހުމަށް މަގު ފަހިވެއެވެ.

ނޯވޭގެ ޔުނިވަރސިޓީ އޮފް ބާގެން އިން މީގެ ކުރިން ކޮށްފައިވާ އެހެން ދިރާސާއަކުން ހާމަވެފައިވަ ގޮތުގައި "ފެޓީ ފުޑް" ގެ ގޮތުގައި ބެލެވޭ، ބަޓަރާ ޗީޒް ފަދަ އެއްޗެހި ކެއުމުގައި ހިމެނުމަކީ ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. އެކަމަކު އެއީ ހަށިގަނޑަށް އެތެރެވާ ޖުމްލަ ކެލޮރީގެ މިންވަރު ކޮންޓްރޯލްވާ ގޮތައް އެތަކެތި ބޭނުންކުރާ ނަމައެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަންގެ ރަސްމީ ވެބްސައިޓްގައި ބުނެފައި އޮންނަނީ، ގިނައިން ޗީޒް ކާނަމަ، ލޭގެ ކޮލެސްޓްރޯލް ލެވެލް މައްޗަށް ދާނެ ކަމަށާއި އެކަމުގެ ސަބަބުން ލޭހޮޅިތަކުގއި ސަރުބީ ހަރުލާ ލޭގެ ޕްރެޝަރު މައްޗަށް ގޮސް ހިތުގެ ބަލި ޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖުލައި 2024

މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!

24 ޖުލައި 2024
މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!
20 ޖުލައި 2018

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟
29 އެޕްރީލު 2018

ސްޓްރޯކް ޖެހެނީ ކިހިނެއް؟

29 އެޕްރީލު 2018
ސްޓްރޯކް ޖެހެނީ ކިހިނެއް؟
13 ޖެނުއަރީ 2018

ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

13 ޖެނުއަރީ 2018
ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!
28 އޯގަސްޓު 2017

“ކެނަކެނިއަމެބް“، ހާޓްއެޓޭކް ޖެހުމުން ސަލާމަތްކޮށްދިނުމުގައި އިންގިލާބެއް ގެނުވާނެ: ދިރާސާ

28 އޯގަސްޓު 2017
“ކެނަކެނިއަމެބް“، ހާޓްއެޓޭކް ޖެހުމުން ސަލާމަތްކޮށްދިނުމުގައި އިންގިލާބެއް ގެނުވާނެ: ދިރާސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު