Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެމްބަރުންގެ ގޮނޑި

12 މެމްބަރުންގެ ގޮނޑީގެ ހުކުމް ބުރާސްފަތި ދުވަހު

16 ޖުލައި 2018 | ހޯމަ 11:25

ހުކުމް ކުރުން އޮތީ ބުރާސްފަތި ދުވަހުގެ 1:30ގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 16 ޖުލައި 2018 | ހޯމަ 11:25
ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުން މީޑިއާއަށް މައުލޫމާތު ދެއްވަނީ--

ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުން މީޑިއާއަށް މައުލޫމާތު ދެއްވަނީ--

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ.

ބުފާސްފަތި ދުވަހަށް ތާވަލުކޮށްފައި ވަނީ 12 މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުކޮށް، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރުމަށް އެކެއް ފެބްރުއަރީގެ އަމުރުގައި ބަޔާން ކުރާ ކަންކަމާ ގުޅިގެން، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގެ ގޮތް ނިންމުމެވެ.

Advertisement - newsAdvertisement

ބަންޑާރަ ނައިބުގެ އޮފީހުން މިއަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ވަނީ ނެރެފައެވެ. އެ އަމުރަށް ފަސް މަސް ވެގެންދާއިރު، ސުޕްރީމް ކޯޓުން މިހާތަނަށް ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ.

ސަރުކާރު ހިންގާ ޕާޓީން ވަކިވެވަޑައިގެންނެވި އެ 12 މެމްބަރުން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރުން ހުއްޓުވާފައިވާތާ އަހަރަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައިވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް، އެކަން އިއުލާންކޮށްފައިވާ ކަމާއި އެ މެމްބަރުން، މަޖިލިސް މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާތީ، އެ ފަރާތްތަކަށް މަޖިލީހުގެ މެމްބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހައްގު ލިބިގެންވާ ކަަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި އެހެން ބުނެފައިވާ ބައިތައް ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލާގައި ގޮތެއް ނިންމައި، ހުކުމް ކުރުމަށް ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30އަށެވެ.

ބާރަ މެމްބަރުންގެ ގޮނޑީގެ މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ބާރަ މެމްބަރުންގެ ގޮނޑިއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެއީ 12 މެމްބަރުން ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. ނަމަވެސް އެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް