Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ޖުމްހޫރީ ޕާޓީން ނިންމަންޖެހޭނީ ގައުމީ ނިންމުމެއް، އަމިއްލަ ނިންމެއް ނޫން: އަލީ ހުސެއިން

12 ޖުލައި 2018 | ބުރާސްފަތި 13:05

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ގައުމީ ނިންމުމެއް ޖުމްހޫރީ ޕާޓީން ނިންމާނެ ކަމަށް އުންމީދުކުރަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 12 ޖުލައި 2018 | ބުރާސްފަތި 13:05
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓްކަމަށް އަލީ ހުސެއިން ވަނީ ކުރިމަތިލައްވާފައި

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓްކަމަށް އަލީ ހުސެއިން ވަނީ ކުރިމަތިލައްވާފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭ ރަނިންގ މޭޓެއް ކަނޑައެޅުމަށް ހުކުރު ދުވަހުގެ ރޭ ބާއްވާ ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ކައުންސިލް މެމްބަރުން އަމިއްލަ ނިންމުމެއް ނުނިންމަވާ ގައުމީ ނިންމުމެއް ނިންމަވާނެ ކަމަށް ރަނިންގ މޭޓު ކަމަށް ކުރިމަތިލައްވާފައިވާ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޭޕީން ކަނޑައަޅާ ރަނިންގ މޭޓަކު ހޮވުމަށް ހުކުރު ދުވަހުގެ ރޭ ބާއްވާ އިންތިޚާބަށް ކުރިމަތިލެއްވުމަށްފަހު ނޫސްވެރިންނަން މައުލޫމާތު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ ޖުމްހޫރީ ޕާޓީން ކަނޑައަޅާ ރަނިންގ މޭޓް ވާންވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެންމެ ގިނަ ވޯޓް ހޯދޭނެ ރަނިންގ މޭޓަށް ކަމަށެވެ. ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ ހުކުރު ދުވަހުގެރޭ ބާއްވާ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ޖަލްސާގައި ކައުންސިލް މެމްބަރުން ވޯޓު ދޭ ގޮތަކުން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

"ރައްޔިތުންނަން އެ ނިންމުން ނިންމޭނީ މާދަމާ ޖުމްހޫރީ ޕާޓީން ބާއްވާ އެތެރޭގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރުން ވޯޓު ދޭ ގޮތަކުން، އެހެންވީމަ ރައްޔިތުންނާއި ހަމައަށް ރަނގަޅު ނަމެއް ގެންދިއުމަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރުން ނިންމަންޖެހޭ ގައުމީ ނިންމެވުމެއް، އެއީ އެބޭފުޅުންގެ އަމިއްލަ ނިންމެވުމެއް ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން" އަލީ ހުސެއިން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި އެކު މަސައްކަތް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭނެ އެންމެ ރަނގަޅު ރަނިންމޭޓަކީ އޭނާ ކަމަށް މ. ކުނޫޒްގައި ހުންނަވާއިގެން ނޫސްވެރިންނަން މައުލޫމާތު ދެއްވަމުން އަލީ ހުސެއިން ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަން ރަނގަޅު ރަނިންމޭޓެއް ދެއްކުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރުން އަމިއްލަ ނިންމުމަކަށް ވުރު ބޮޑަށް، ގައުމީ ނިންމުމެއް ރައްޔިތުން ވިސްނުމާއި އެއްގޮތަށް ނިންމާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ތެރެއިން

"އަޅުގަނޑުމެން މިއަދު ނިންމަންޖެހޭ ނިންމުމަކީ އަޅުގަނޑު ކުރިން ވެސް ދެންނެވި ގޮތަށް ރައީސް ޔާމީން ބަދަލުކުރުމަށް ނިންމަންޖެހޭ ނިންމުމެއް. އެ ނިންމުމަށްޓަކައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ރަނިންގ މޭޓަކީ ހަމަ އަޅުގަނޑު،" އަލީ ހުސެއިން ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ރަނިންގ މޭޓް މަގާމަށް ކޮންމެ ބޭފުޅެއް އިންތިހާބުވިކަމުގައި ވިއަސް، ރައީސް ޔާމީންގެ އަނިޔާވެރިކަން ނިންމުމަށް ކުރެވޭ މަސައްކަތުގައި އެންމެ ކުރީގައި އަބަދުވެސް ހުންނަވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"ރަނިންގމޭޓް ހޮވުމުގައި އަޅުގަނޑުމެން ބަލަންޖެހޭނީ ހަގީގަތުގައި ތުރާކުނުން، ނުވަތަ ސީނު އަތޮޅުން ނުވަތަ ވ. އަތޮޅު ފޮއްތެޔޮ މުލިން ނޫނިއްޔާ މާމަކުނަދޫ އަށް ނިސްބަތްވާ މީހަކު ހޯދާކަން ނޫން. އަޅުގަނޑުމެން ބަލަން ޖެހޭނީ ރައީސް ޔާމީން ބަދަލުކުރުމުގައި އެންމެ ގިނަ ވޯޓު ހޯދޭނީ ކާކަށްތޯ. އެންމެ ގިނަ ރައްޔިތުން ފަސޭހަކަމާ އެކީގައި އެޕެއާއަކަށް ނުވަތަ ރަނިންގްމޭޓަކާއި ކެންޑިޑޭޓަކަށް ވޯޓުލާނީ ކާކު ރަނިންގ މޭޓަކަށް ގެނެސްގެންތޯ. އެހެންވީމަ ރައްޔިތުންނަން އެ ނިންމުން ނިންމޭނީ މިއަދު ނުވަތަ މާދަމާ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން މި ބާއްވާ އެތެރޭގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރުން ވޯޓު ދޭ ގޮތަކުން، އެހެންވީމަ ރައްޔިތުންނާ ހަމައަށް ނަމެއް ގެންދިއުމަށް ނިންމާ ނިންމުމަކީ ޖުމްހޫރީ ޕާޓީން ނިންމަންޖެހޭ ގައުމީ ނިންމުމެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިންގެ އިތުރުން ރަނިންގ މޭޓު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ އިތުރުން އަބްދުﷲ އަމީން ވެސް ވަނީ ކުރިމަތިލައްވާފައެވެ. ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ރަނިންގމޭޓު ކަނޑައަޅާނީ ހުކުރު ދުވަހުގެރޭ އެޕާޓީން ބާއްވާ ކައުންސިލްގެ ބައްދަލުވުމުނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް