Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސުޝްމިތާ ދަރިންނާއި އެކު މިއާމީ ގައި ޗުއްޓީ ހޭދަކުރަނީ

ހޮޓަލެއްގެ ޕޫލްގައި މަޖާކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯތައް އިންސްޓަރގްރާމްގައި ޝެއަރ ކޮށްފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 ޖުލައި 2018 | އަންގާރަ 04:52
ސުޝްމިތާ ސެން އޭނާގެ ދެ ދަރިންނާއި އެކު

ސުޝްމިތާ ސެން އޭނާގެ ދެ ދަރިންނާއި އެކު

ބޮލީވުޑްގެ ތަރި ސުޝްމިތާ ސެން އޭނާގެ ދަރިންނާއި އެކު މިއާމީ ގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

ސުޝްމިތާ ވަނީ ދެކުދިންނާއި އެކު ހޮޓަލެއްގެ ޕޫލްގައި މަޖާކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯތައް އޭނާގެ އިންސްޓަރގްރާމްގައި ޝެއަރ ކޮށްފައެވެ. މީގެ އިތުރުން އޭނާ އެކަނި ވެސް ޕޫލްގައި ހަމަޖެހިލައިގެން އޮއްވާ ނަގާފައިވާ ފޮޓޯ ވެސް ޕޯސްޓް ކޮށްފައެވެ.

އަދި ކުދިންނާއި އެކު ބޭރަށް ގޮސް މަގުމަތީގައި އާއި މިއާއީގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތައް އޭނާ ވަނީ ޕޯސްޓް ކޮށްފައެވެ.

ސިންގަލް ޕޭރެންޓެއް ކަމަށްވާ އުމުރުން 42 އަހަރުގެ ސުޝްމީތާގެ ދެ ދަރިންގެ ނަމަކީ ރިނީ އަދި އެލީޝާއެވެ.

1994 ވަނަ އަހަރު މިސްޔުނިވާސް ގެ ތާޖް ހާސިލް ކޮށްފައިވާ ސުޝްމިތާ ފިލްމް ކުޅެން ފަށާފައިވަނީ 1996 ވަނަ އަހަރުއެވެ. އޭނާ ފުރަތަމަ ކުޅެފައިވާ ފިލްމަކީ "ދަސްތަކް"އެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި މާ ކާމިޔާބު ފިލްމަކަށް ވީމަމުގައި ނުވިޔަސް ސުޝްމީތާ ނަން ބޮލީވުޑުން ފަނޑުވެގެންނެއް ނުދެއެވެ.

އަދި 2006 ވަނަ އަހަރާއި ހަމައަށް ގިނަ ފިލްމް ތަކެއްގައި މަސްއކަތް ކުރިނަމަވެސް އޭގެ ފަހުން އޭނާދިޔައީ ފިލްމް ކުޅުމާއި ދުރަށް ޖެހެމުންނެވެ.ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުޅެފައިވަނީ ބެންގާލީ ފިލްމް "ނިރްބާކް" އެކަނިއެވެ. މިވަގުތު ފިލްމު ކުޅުމަށްވުރެ ބޮޑަށް ސުޝްމިތާ ކުރަމުންދަނީ އިންސާނީ ހައްގު ތަކާއި ގުޅުންހުރި މަސައްކަތް ތަކެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު

11 ޖެނުއަރީ 2017
"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު
10 ޖެނުއަރީ 2017

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު