Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތޮލްހަތު އިބްރާހީމް ކަލޭފާނު

ތޮލްހަތު ބަންދުކުރި ގޮޅި ދެ އަހަރުވީއިރުވެސް މަރާމާތުކޮށް ނުނިމޭތީ ހުންނެވީ ގޭބަންދުގައި!

25 ޖޫން 2018 | ހޯމަ 09:46

ގޭބަންދަށް ބަދަލުކުރީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޖޫން 2018 | ހޯމަ 09:46
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހު، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު (މ) އާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު (ކ)

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހު، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު (މ) އާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު (ކ)

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި، ޓެރަރިޒަމްގެ ދައުވާ ސާބިތުވެފައިވާ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ގޭބަންދަށް ބަދަލުކޮށްފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލަކު ރާއްޖޭއެމްވީއަށް ވިދާޅުވީ ތޮލްހަތު އިބްރާހީމް ކަލޭފާނު ހުންނެވީ ގޭ ބަންދުގައި ކަމަށެވެ. އޮފިޝަލް ވިދާޅުވީ ތޮލްހަތު ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން ކަމަށާއި ގޭ ބަންދަށް ބަދަލުކުރީ އޭނާ ހުންނެވި ގޮޅި މަރާމާތު ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

ދެ އަހަރުވީއިރު ވެސް ތޮލްހަތު ހުންނެވި ގޮޅި މަރާމާތުކޮށް ނުނިމޭތޯ ސުވާލު ކުރުމުން ކަރެކްޝަންގެ އޮފިޝަލް ވިދާޅުވީ އެ ގޮޅި މަރާމާތުކޮށް ނުނިމޭ ކަމަށެވެ.

ތޮލްހަތު ގޭބަންދަށް ބަދަލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު އެގޮޅީގައި ތޮލްހަތާއެކު ހުންނެވި އަދާލަތު ޕާޓީގެ ޝެއިހު އިމްރާން އަބްދުﷲ ވެސް ގޭ ބަންދަށް ބަދަލު ކުރެއްވި އެވެ. ނަމަވެސް ފަހުން ޝެއިހް އިމްރާން ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން ޝެއިހް އިމްރާން ގޭބަންދަށް ބަދަލުކޮށްފައި ވެއެވެ.

ޝެއިހް އިމްރާން އެންމެފަހުން ގޭބަންދަށް ބަދަލު ކޮށްފައި ވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި އޭގެ އެއްމަސް ފަހުން ޝެއިހް އިމްރާން ޖަލަށް ބަދަލުކުރި ގޮތަށް ހުންނެވީ ޖަލުގަ އެވެ. އެނގިފައިވާ ގޮތުގައި ކަރެކްޝަނުން ވަނީ މުހިއްމު ބޭނުންތަކަށް ތޮލްހަތު ގެއިން ބޭރަށް ވަޑައިގެންނެވޭގޮތަށް ހުއްދަދީފަ އެވެ. އެނގިފައިވާ ގޮތުގައި ތޮލްހަތު ދިރިއުޅުއްވަނީ ހުޅުމާލޭގަ އެވެ. ނަމަވެސް ބައެއް ފަހަރު މާލެއަށް ވެސް ވަޑައިގަންނަވާ ކަމަށް ވެއެވެ. ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް އެ ހުކުމް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމުގެ ދައުވާ ސާބިތުވުމުންނެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމުން، ހައިކޯޓުންވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެ ހުކުމަށް ތާއީދު ވެސް ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ގާސިމް ބަންދުކުރި މައްސަލަ އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހަޅަނީ

22 އެޕްރީލު 2017
ގާސިމް ބަންދުކުރި މައްސަލަ އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހަޅަނީ
12 އެޕްރީލު 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!

12 އެޕްރީލު 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!
07 އެޕްރީލު 2017

ގާސިމް އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި: ހިސާން

07 އެޕްރީލު 2017
ގާސިމް އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި: ހިސާން
28 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށްފި

28 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށްފި
25 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް