Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި ދިން ބަޑީގެ ހަމަލ

އެމެރިކާގައި ދިން ބަޑީގެ ހަމަލާގައި އާންމުންގެ 22 މީހަކު މަރުވެއްޖެ

18 ޖޫން 2018 | ހޯމަ 06:55

ހަމަލާގައި ހަތަރު މީހުނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 18 ޖޫން 2018 | ހޯމަ 06:55
އެެމެރިކާގެ ނިއު ޖާޒީގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ

އެެމެރިކާގެ ނިއު ޖާޒީގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ

އެމެރިކާގެ ނިއު ޖާޒީގައި ދިން ބަޑީގެ ހަމަލާގައި އާންމުންގެ 22 މީހަކު މަރުވެ ބަޑިޖެހި އެކަކު މަރުވެއްޖެއެވެ.

ބަޑިޖަހާފައި ވަނީ ނިއު ޖާސީގައި އޮތް އާޓް އޯލް ނައިޓް ފެސްޓިވަލަށް އާންމުންގެ ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށެވެ. ފުލުހުން ބުނީ ބާޑީގެ ހަމަލާދިނުމުގައި މަދުވެގެން ދެ މީހަކު ބައިވެރިވި ކަމަށާއި އެތަނުން އެކަކު މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 33 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގައި ލަވަޔާއި މިއުޒިކްގެ ހަރަކާތްތައް ވެސް ކުރިއަށް ދަނިކޮށެވެ. އަދި ކެއިން ބުއިމުގައި ގިނަ ބަޔަކު ސާމިލުވެ އުޅެނިކޮށެވެ.

އެ ސަރައްހަދުގެ ޕްރޮސެކިޓަރަކު ބުނީ ބަޑި ޖެހި ދެވަނަ މީހާ ހުރީ ހައްޔަރު ކޮށްފައި ކަމަށެވެ. ހަމަލާގައި ހަތަރު މީހުނަށް ސީރިއަސް އަނިޔާތައް ލިބިފައިވާއިރު އެ މީހުންނަށް ދަނީ އެމެޖެންސީކޮށް ފަރުވާ ދެމުންނެވެ.

ހަމަލާ ދިން ސަބަބު ސާފުވެފައި ނުވާއިރު ވަރަށް ގިނަ ހަތިޔާރު އެ ސަރައްހަދުން ފެނިފައި ވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. ހަމަ އެއާ އެކު އެ ސަރަހައްދުގައި ކާރެއް ވަގަށް ނަގަން މަސައްކަތް ކޮށްފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާއިރު އެކަމަކީ މިކަމާ ގުޅުން ހުރި ކަމެއް ކަން އަދި ވަނީ ޔަގީންނުކުރެވިއެވެ.

ހަމަލާގައި އަނިޔާވި އާވިންގް ހިގިންގްބޮޓަމް ބުނީ އޭނަގެ ގަޔަށް ހަތަރު ފަހަރު ވަޒަން އަރާފައިވާ ކަމަށެވެ.

"އެންމެން ވެސް ދިޔައީ އެވަގުތު މަޖާ ކުރަމުން" އާވިންގް ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ. "ދެން ވީގޮތެއް ނޭނގެ، ފެނުނީ ގަޔަށް ވަޒަންތަކެއް އަރާފައި އޮއްވާ، ފަޔަށް ވެސް ވަޒަން އެރި، އެ އަށް ފެހު ބިން މައްޗަށް ޖެހުނު ގޮތަށް އޮތީ"

އެ ބިރުވެރި ހާދިސާ ހިނގި ވަގުތު އެތާ ހުރި މީހަކު ބުނީ އޭނަ އެތަނަށް ދިޔައީ އާއިލާ މީހަކާ އެކީގައި ކަމަށެވެ. އެތަނަށް ގޮސް ހުއްޓާ ވަރަށް ބާރު ގޮވުމުގެ އަޑުތަކެއް އިވުނު ކަމަށާއި ދެން ފެނުނީ އެންމެން ދުއްވައިގަތް ތަން ކަމަށް އޭނާ ބުންޏެވެ. ފަޔަށް ވަޒަން އަރާފަ އޮތް މީހަކަށް ފުލުހުން އެހީތެރިވެ ދިން ތަން ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލެސް ވޭގަސްގައި ދިން ބަޑީގެ ހަމަލާގައި 59 މީހުން މަރުވެ 851 މީހަކު ޒަހަމްވެފައި ވެއެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް ބަޑީގެ ހަމަލާއެއްގައި އެންމެ ގިނަ މީހުން މަރުވި ހަމަލާއެވެ. އަދި 2016 ވަނަ އަހަރު އޯލަންޑޯ ނައިޓް ކްލަބްގައި ދިން ހަމަލާގައި 60 މީހުން މަރުވެ 58 މީހަކު ޒަހަމްވެފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ސަންޓަ ފޭ ހައި ސްކޫލްގައި ދިން ބަޑީގެ ހަމަލާގައި 10 މީހަކު މަރުވެ 14 މީހަކު ޒަހަމްވެފައި ވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް