Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް

ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު

ޑިމޮކްރަސީގެ ހަގީގީ މާނަ ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 13 ޖޫން 2018 | ބުދަ 21:39
ރާއްޖޭގައި އިންތިހާބުވެވަޑައިގަތް ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދު (ކ) އަދި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ރައީސް މައުމޫން (ވ)

ރާއްޖޭގައި އިންތިހާބުވެވަޑައިގަތް ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދު (ކ) އަދި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ރައީސް މައުމޫން (ވ)

އަދުގެ މުޖްތަމައުގައި "ޑިމޮކްރަސީ"އަކީ އަތްމަތީ ބަހެކެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން ގޮސް މާމައިންނާއި ކާފައިންނަށް ޑިމޮކްރަސީއަކީ އާއްމު ބަހެކެވެ. އެހެން ނަމަވެސް މި ދިވެހި ގައުމުގައި ޑިމޮކްރަސީގެ އަސްލު ހަގީގީ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޑިމޮކްރަސީގެ އަސްލު ފޮނިމީރުކަން ހޯދައިގަންނަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޑިމޮކްރަސީއަކީ ކުރުގޮތަކަށް ބުނާނަމަ މީހުންގެ ވެރިކަމެކެވެ. ހުރިހާ ބާރެއް ވެސް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައެވެ.

ޑިމޮކްރަސީއަށް ބަހަވީ ނަޒަރަކުން ބަލާލާއިރު މިއީ ގްރީކް ދެ ބަހެއް އެކުވެގެން އުފެދިފައިވާ ބަހެކެވެ. އެގޮތުން އޭގެ ފުރަތަމަ ބަހަކީ "ޑީމޯސް" އެވެ. މާނައަކީ މީހުންނެވެ. ދެވަނަ ބަހަކީ "ކްރަޓޯސް" އެވެ. މާނައަކީ އޮތޯރިޓީ ނުވަތަ ކަންކަން ނިންމުމުގެ ބާރެވެ. މިއީ ޑިމޮކްރަސީ މި ބަސް އެކުލެވިގެންވާ ގޮތެވެ. ބަހުގެ ގޮތުން ބަލާއިރާއި، އަމަލީ ގޮތުން ބަލާއިރު މި ދިވެހިރާއްޖޭގައި ހިނގަމުން މިދަނީ ޑިމޮކްރަސީއެއްތޯ، މިއީ އަޅުގަނޑުމެން ކޮށްލަން ވަރަށް ރަނގަޅު ސުވާލެކެވެ.

ތެދެކެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ބަލާއިރު ހުރިހާ ބާރެއް ވެސް އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. ކަން ހިނގަނީ އެހެން ނޫންކަން އަޅުގަނޑުމެން އެންމެންގެ ލޯ މައްޗަށް ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން ޝައްކެއް ނެތް މިންވަރަށް އެނގެއެވެ.

ޑިމޮކްރަސީއަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުވަތަ ބަޔަކު މެދުވެރިކޮށް އަމަލުކުރެވިދާނެ ނިޒާމެކެވެ. ޒަމާނީ ޑިމޮކްރަސީގައި ކަންކަން ނިންމަނީ ގާއިމުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ވިސްނުމަށެވެ. މި ވިސްނުމަކީ އެ ޕާޓީއެއްގެ ސިޔާސަތުތައް ބިނާވެފައިވާ ވިސްނުމެވެ. ބާރުތައް ހިންގާނެ ގޮތް ކަނޑައަޅަނީ ޕާޓީ ފެންވަރުގައި މަސައްކަތްކޮށްގެންނެވެ. ލީޑުކުރަން ވެރިޔަކު އިންތިހާބުކުރަނީއެވެ. އެ ވެރިޔަކު ފެއިލްވެއްޖެނަމަ އެ ވެރިޔަކު ޕާޓީގެ އިސް ސަފުން ފެޔަށް ޖެހިލަނީއެވެ.

ދުނިޔޭގެ އެންމެ ފުރިހަމަ ޑިމޮކްރަސީގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެމެރިކާގައި ވެސް ކަން ހިނގަނީ އެހެންނެވެ. 2016 ވަނަ އަހަރު އެ ގައުމުގައި ބޭއްވި އިންތިހާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަން އިންތިހާބުން ބަލިވުމާއެކު ޕާޓީގެ އިސް ސަފުން ފެޔަށް ވަޑައިގަތީއެވެ. ބަރަކް އޮބާމާއާ ވާދަކޮށް ބަލިވި ދެ ކެންޑިޑޭޓުން ކަމަށްވާ މިޓް ރޮމްނީ އަދި ޖޯން މެކެއިން ވެސް ރިޕަބްލިކަން ޕާޓީގެ އިސް ސަފުން ދުރަށް ޖެހިވަޑައިގަތީއެވެ. އެބޭފުޅުންނަށް އަލުން އަނބުރާ ޓިކެޓް ހޯއްދައިވެގެން ވާދަކުރެއްވުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިއްޕެވީއެވެ.

އިނގިރޭސިވިލާތުގައި ވެސް ކަން ހިނގަނީ އެހެންނެވެ. ޕާޓީއަކީ ލީޑަރަކަށް ހުންނަ މީހަކަށްވުރެ ބޮޑު އެއްޗެކެވެ. ވޯޓު ދެނީ ފިކުރަކަށެވެ. ވޯޓު ދެނީ ޕާޓީއަށެވެ. ޕާޓީގެ ހުންގާނުގައި ހުންނަވާ ބޭފުޅާއަށް ވޯޓު ދޭ ތަނެއް ދުނިޔޭގެ "ފަންކްޝަނަލް" ޑިމޮކްރަސީތަކުން ނުފެނެއެވެ. ފެއިލް ވެފައިވާ ބޭފުޅުންނަށް ދެވަނަ ފުރުސަތު ދެވޭ ތަނެއް މަދުން ނޫނީ ނުފެނެއެވެ.

މިއަދު ދިވެހިންނަށް ޕާޓީ އަދި ލީޑަރު ވަރަށް ބޮޑަށް މިވަނީ އޮޅިފައެވެ. ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ޕާޓީތަކުގައި ވެސް ކަން ހިނގަނީ މިގޮތަށެވެ. ލީޑަރަކީ ޕާޓީ ކަމުގައި އެންމެނަށްވެސް މިވަނީ ހީވެފައެވެ. ލީޑަރު ނެތްނަމަ އެއީ ޕާޓީއެއް ކަމަށް ބެލެވެން ނެތެވެ. ކެމްޕެއިން މިކުރަނީ ލީޑަރުގެ ފޮޓޯ ޖަހައިގެންނެވެ. މެނިފެސްޓޯއަކަށް މިވަނީ ލީޑަރުގެ ވިސްނުމާއި ފިކުރެވެ. ޕާޓީގެ ފިކުރު ވީތަނެއް ވެސް ނޭނގެވެ.

ފަހަރުގައި ރާއްޖެއަކީ ކުޑަ ގައުމަކަށްވުމާއެކު ކަން މިހެން ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. އެއް ކެނޑިޑޭޓަކަށް މެނުވީ ވޯޓު ނުލިބިދާނެ ކަމަށް ގަބޫލުކުރެވިދާނެއެވެ. އެހެން ނަމަވެސް ކަން އޮތީ މިގޮތަކަށް ނޫނެވެ. މިއީ ހީކުރެވޭ ކުށް ހީއެކެވެ. ޑިމޮކްރަސީއަކީ ވަކި މީހެއް ނޫނެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި އެންމެން ވެސް ހަމަހަމައެވެ.

ޑިމޮކްރަސީ އެކުލެވިގެންވަނީ މައިގަނޑު ހަތަރު އަސާސަކަށެވެ. ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއްގައި ކޮންމެ ރައްޔިތަކަށް ވެސް އެންމެ މަތީ ފަންތީގެ ތަރައްގީ ޔަގީންކޮށްދޭން ޖެހެއެވެ. ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީގެ ދަށުން އެންމެ އެދެވޭ މިންވަރަކަށް މިނިވަންކަން އޮންނަން ޖެހެއެވެ. ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ފުރުސަތާއި ހައްގުތައް ލިއްބައިދިނުމެވެ. ދެން އޮތީ ރައްޔިތުންގެ މައްޗަށް އޮތް އަސާސެވެ. އެއީ ފުރިހަމަ މުޖުތަމައުއެއް ބިނާކުރުމަށް އެންމެން ވެސް އެއްބާރުލުން ދިނުމެވެ. ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމެވެ.

ޑިމޮކްރަސީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށް ރައްޔިތުން ވާންޖެހޭނީ ތައުލީމީ އަދި ޒިންމާ ނަގާ ބަޔަކަށެވެ. ދައުލަތަކީ އިގްތިސާދީ ގޮތުން "ސްޓޭބަލް" ދައުލަތަކަށް ވާންޖެހެއެވެ. މުޖްތަމުއުގައި އުޅޭ މީހުންނަކީ އެކަކު އަނެކަކުގެ ހިޔާލަށް އިހުތިރާމްކޮށް ކަންކަން ހޯދައިގަންނަން ބޭނުންވާ މީހުންނަށް ވާން ޖެހެއެވެ. ހަމައެހެންމެ "ރޫލްސް އޮފް ދަ ޑިމޮކްރެޓިކް ގޭމް" އެންމެން ވެސް ގަބޫލުކުރަން ޖެހެއެވެ.

އޭގެތެރޭގައި ހިމެނެނީ މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމެވެ. އިންތިހާބުތަކުން ބަލިވާ ފަރާތްތައް ބަލި ގަބޫލުކޮށް، މޮޅުވާ ފަރާތްތަކަށް ކަންކަން ނިންމުގެ ފުރުސަތު ދޭން ޖެހޭނެއެވެ. މެޖޯރިޓީ ލިބޭ ފަރާތްތަކުގެ މައިނޯރިޓީ ލިބޭ ފަރާތްތަކުގެ ހިޔާލާއި ހައްގުތަކަށް އިހުތިރާމް ކުރުމެވެ. ކުރިޔަށް އޮންނަ އިންތިހާބެއް މައިނޯރިޓީއިން ކާމިޔާބުކޮށްފިނަމަ ކަންކަން ނިންމުގެ ބާރުތައް އެމީހުންގެ އަތް މައްޗަށް ދޫކޮށްލުމެވެ.

ރާއްޖޭގައި ކަން ހިނގަނީ މިހެންތޯ މިއީ އަމިއްލަ ނަފްސާއި ވެސް ކޮށްލުން ރަނގަޅު ސުވާލެކެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުމަށް އެތަކެއް ހުރަސްތަކެއް ރާއްޖޭގައި ހުރިކަން ގަބޫލުކުރަން ޖެހެއެވެ. ޑިމޮކްރަސީ މަސައްކަތްކުރާނީ އެކަކު އަނެކަކަށް އިހުތިރާމްކޮށްގެންނެވެ. އެންމެނަށް ހަމަހަމަ ފުރުސަތު ދެވިގެންނެވެ. އެންމެންގެ ބަސް ވެސް އަޑު އިއްވިގެންނެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދެވިގެންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ޒަމާންވީ އާދަ ނައްތާލައިގެންނެވެ. އެންމެން ވެސް ދެކެން ބޭނުމީ އަމާން ޑިމޮކްރެޓިކް ރާއްޖެއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

09 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު