Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުމަތީގެ ހާދިސާ

ވީނަސް ދޯނިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ: އެމްއެންޑީއެފް

މިދޯނިން ދަތުރު ކުރީ އެއްދިވެއްސަކާއި، ތިން ބިދޭސީން

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2018 | ބުދަ 19:51
ކާށީދޫ ކަނޑަށް އަރި އަޅާލި ވީނަސް ދޯނި

ކާށީދޫ ކަނޑަށް އަރި އަޅާލި ވީނަސް ދޯނި

މުދާ ހިފާގެން ދަތުރު ކުރި "ވީނަސް" ދޯނި ކަށީދޫ ކަނޑަށް އަރިއަޅާލި ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ވީނަސް ދޯނި ކާށިދޫ ބޮޑު ކަނޑުން ދަތުރުކުރަނިކޮށް ކަނޑު ގަދަވެ ދޯންޏަށް ދިޔަވެ ދޯނި އެއްފަރާތަށް އަރިއަޅާލުމާ ގުޅިގެން ކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި ކަމަށާއި، މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯންޏަށް ބަރުކޮށްފައި ވަނީ ހިލަޔާއި ލަކުޑި ކަމަށެވެ. އެއީ 78 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށާއި، އެ ދޯނި ދަތތުރުކުރަމުންދިޔައީ ބ. އަތޮޅަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގައި ހުރި ބައެއް ލަކުޑިއާއި ފިލާތައް ކަނޑަށް ދޫކޮށްލުމުގެ ސަބަބުން ދޯންޏަށް ލުއިވެ ދޯންޏަށް ދިޔަވުން ވަނީ ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. އަދި މިދޯނި ކ.ގާފަރަށް ގެންދިއުމަށް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އެމްޑީއެފުން ބުނީ މި ދޯނިން ކަނޑަށް ދޫކޮށްލި ލަކުޑިއާއި ފިލާތައް ކ.ގާފަރާއި ކ.ކާށިދޫއާއި ދޭތެރެއިން އިރުމައްޗަށް އޮޔާ ދަމުންދާ ކަމަށެވެ. ވީމާ މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

"ވީނަސް" ދޯނި އަރިއަޅާލައިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ ބުދަ ދުވަހުގެރޭ 7:45 ގައެވެ. އަދި އެ ދޯނި އަރިއަޅާލައިފައި ވަނީ ގާފަރު ހުޅަނގު އުތުރުން 13 މޭލު ބޭރުން ނެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު