Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޫގުލްއަށް ކުރާ ދައުވާ

ގޫގުލްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް އޮސްޓްރޭލިއާގެ އެންމެ މަތީ ކޯޓުން ކަނޑައަޅައިފި

ދަށު ކޯޓަކުން ކަޑަ އެޅީ ދައުވާ ނުކުރެވޭނެ ކަމަށް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 13 ޖޫން 2018 | ބުދަ 17:52
ގޫގުލްގެ އިމާރާތެއްގެ ފޮޓޯއެއް

ގޫގުލްގެ އިމާރާތެއްގެ ފޮޓޯއެއް

ގޫގުލް އިން އަގު ވައްޓާލި ކަމަށް ބުނެ، އޮސްޓްރެއިލިއާ މީހާ ކުރާ ދައުވާއަކީ ސައްހަ ދައުވާއެއް ކަމަށާއި އެ ދައުވާ ކުރެވޭނެ ކަމަށް އޮސްޓްރެއިލިއާގެ އެންމެ މަތީ ކޯޓުން ކަނޑައަޅައިފިއެވެ.

ގޫގުލްގައިވާ މައުލޫމާތުގައިވާ ގޮތުން މިލޯރަޑް ޓުރްކުލިއާ ސިފަވަނީ އާންމު މީހެއްގެ ބަދަލުގައި އޮސްޓްރެއިލިއާގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ، މެލްބަންގެ ކުށްވެރިންގެ ނެޓްވޯކާ ގުޅިފައިވާ މީހެއްގެ ގޮތުގައެވެ. އެހެން ވާން ދިމާވި ސަބަބަކަށް ބެލެވެނީ 2004 ވަނަ އަހަރު މެލްބަންގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައި އޭނާ ޒަޚަމް ވުމުންނެވެ.

ޓުރްކުލިއާއަކީ އަނިޔާ ލިބުނު މީހެއްގެ ބަދަލުގައި ގޫގުލް އިން އޭނާ ސިފަކޮށްފައި ވަނީ ކުށްވެރިއެއްގެ ގޮތުގައި ކަމަށް އޭނާ ބުނެއެވެ. އޭގެ ސަބަބުން މީހުންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓިފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކޮށްފައި ވެއެވެ. ޓުރްކުލިއާ އިތުރަށް ބުނީ އޭނާގެ ނަން ގޫގުލް އިން ސާޗްކުރާ އިރު ގޭންގްތަކަށް ނިސްބަތްވާ ނަންތައް ވެސް ގޫގުލް އިން ދައްކާ ކަމަށެވެ.

ގޫގުލްގެ ވަކީލުން ދިފާއުގައި ބުނީ މީހެއްގެ ފޮޓޯ އާއި މައުލޫމާތު ކުށްވެރިންނާ އެކު ހުރުމަކީ އޭނަ ކުށްވެރިއެއް ކަމަށް ޝައްކު ކުރެވެން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެނީ އެ ދައުވާ ކުރާ މީހާގެ ނަން ސާޗްކުރާ އިރު ގޫގުލްގެ ލޯގޯ އާއި ފިލްމުތަކުގެ ފޮޓޯ، އަނިޔާ ލިބިފައިވާ މީހުންގެ މައުލޫމާތު އަދި އެކްޓަރު މާލަން ބްރޭންޑޯގެ ވަނަވަރު ދައްކާ ކަމަށް ވަކީލުން ވަކީ ފާހަގަކޮށްފައެވެ.

ގޫގުލްއާ ދެކޮޅަށް ޓުރްކުލިއާ މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ 2012 ވަނަ އަހަރު އޮސްޓްރެއިލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ސުޕްރީމް ކޯޓަށެވެ. އެހެން ނަމަވެސް އެ ކޯޓުން ވަނީ ހަތަރު އަހަރު ދުވަސް ފަހުން މި ދައުވާ ނުކުރެވޭނެ ކަމަށް ނިންމާފައެވެ. ސަބަބެއް ކަމަށް ކޯޓުން ބުނީ މި ދައުވާ ކުރާ މީހާއަށް އޭނާގެ އަގު ވައްޓާލިކަން ސާބިތު ކުރެވޭނެ ކަމަށް ކޯޓަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެ މީހާގެ އަތުން ޝަރީއަތްތަކަށް ކުރި ޚަރަދަށް ބަދަލު ދިނުމަށް ގޫގުލްގެ މައްޗަށް އަމުރު ކޮށްފައެވެ.

އެހެން ނަމަވެސް އޮސްޓްރޭލިއާގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން ވަނީ ހުރިހާ ފަޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި ވިކްޓޯރިއާ ސްޓޭޓްގެ ސުޕްރީމް ކޯޓުގެ އަމުރު ބާތިލް ކޮށްފައެވެ. ހައި ކޯޓުން ބުނީ ދައުވާ އުފުލާ މީހާގެ ނަން ގޫގުލް މެދުވެރިކޮށް ހޯދާ އިރު އޭނާއަކީ ކުށްވެރިއެއް ކަމުގައި ސިފަވެގެން ގޮސްދާނެ ކަމަށާއި އޭނާގެ އަގު ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން މި ދައުވާ ގޫގުލްއާ ދެކޮޅަށް ކުރެވޭނެ ކަމަށެވެ.

އޮސްޓްރޭލިއާގެ އަދުލުވެރިކަން ގާއިމުކުރުމުގެ ނިޒާމު އޮންނަ ގޮތުން އެ ގައުމުގެ ކޮންމެ ސްޓޭޓެއްގައި ވެސް ސުޕްރީމް ކޯޓެއް ހުރެއެވެ. އެ ސުޕްރީމް ކޯޓުތަކަކީ އެ ސްޓޭޓުގެ ކޯޓުތަކުގެ ތެރެއިން އެންމެ މަތީ ކޯޓެވެ. އެ ކޯޓުތަކުގެ މައްޗަށް ބަހެއް ބުނެވޭނީ ހަމައެކަނި މުޅި ގައުމުގެ ވެސް އެންމެ މަތީ ކޯޓަށެވެ. އެއީ ހައި ކޯޓެވެ.

ބެލެވޭ ގޮތުގައި ހައި ކޯޓުގެ ނިންމުމަށް ފަހު، އެ މައްސަލަ ސާބިތު ކުރުމަށް އަނެއްކާ ވެސް ދާނީ ވިކްޓޯރިއާގެ ސުޕްރީމް ކޯޓަކެވެ. ޓުރްކުލިއާ ބުނީ ފޮޓޯތަކާއި މައުލޫމާތު ނުފެންނަ ގޮތަށް ހަދަންދެން އެ ކުންފުންޏާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. އޭނާ ބުނީ އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށާއި އެހެން ނަމަވެސް ގޫގުލްގެ ސަބަބުން އޭނާގެ ކާފަ ދަރިންނަށް އޭނާއާ ބެހޭ ދޮގު މައުލޫމާތު ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު