Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

ދެ ފަނޑިޔާރުންނަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

13 ޖޫން 2018 | ބުދަ 04:22

ޖެމްސްގެ މައްސަލަ އިސްތިއުނާފެއް ނުކުރޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 ޖޫން 2018 | ބުދަ 04:22
ޝަރީއަތަށްފަހު އުއްތަމަފަނޑިޔާރު ފުލުހުންގެ އުޅަނދަކަށް އަރުވައިގެން ދޫނިދޫއަށް ގެންދަނީ

ޝަރީއަތަށްފަހު އުއްތަމަފަނޑިޔާރު ފުލުހުންގެ އުޅަނދަކަށް އަރުވައިގެން ދޫނިދޫއަށް ގެންދަނީ

ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލުމަށް ދަށު ކޯޓުން ހުކުމްކޮށް، ހައި ކޯޓުން ތާއިދުކޮށްފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އަދަބު ލުއިކޮށް، ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އުއްތަމަފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ.

Advertisement - newsAdvertisement

ހައި ކޯޓުން ކުރި އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފިނަމަ، ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވާނެއެވެ. އަދި އުއްތަމަފަނޑިޔާރު މަގާމު ހުސްވެގެންދާނެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ހައި ކޯޓުން ވަކިވަކިން ކުރި ދެ ހުކުމްގައި ބުނެފައި ވަނީ އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވައިގެން އަބްދުﷲ ސައީދު 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހާ ހަމައަށް ދަށު ކޯޓުގެ ގާޒީންނަށް ގުޅައި، ވަކި ކަންތައްތަކެއް ކުރުމަށް އަންގައި، ނުފޫޒު ފޯރުވި ކަމަށެވެ. ފަނޑިޔާރު އަލީ ހަމީދު ވެސް ދަށު ކޯޓުގެ ގާޒީންނަށް ގުޅައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށާއި ހުކުމްތައް ބަދަލު ވެސް ކޮށްފައިވާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުކޮށްފައި ވަނީ ދެ ގާޒީއަކު ދެއްވި ހެކި ބަހަކަށް ރިޔާއަތްކޮށެވެ. ޝަރީއަތްތަކާ ގުޅިގެން ލީކުވެފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ހެކިބަސް ދިނީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ.

ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިތުރު ޖަލު ހުކުމެއް އައިސްފައިވެއެވެ. އެއީ އެމަނިކުފާނު މަގާމުގައި ހުންނަވައިގެން ސުޕްރީމް ކޯޓު ހިންގެވިއިރު، އެ ކޯޓަށް ރައީސް އޮފީހުން ހުށަހަޅަން ބޭނުންވި ލިޔުންތައް ހުށަނޭޅޭ ގޮތަށް އެ ކޯޓުގެ ގަވާމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އެންގެވި ކަމަށް ބުނާ މައްސަލައިގެ ކުށް ސާބިތުވުމުންނެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށެވެ. ހައި ކޯޓުން ކޮށްފައިވާ އެ ހުކުމް ސުޕްރީމް ކޯޓުގައި އަދި އިސްތިއުނާފުކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް