Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މައުމޫން

ޑިފެންސް މިނިސްޓަރު މައުމޫން އަރިހަށް: ވަކީލު ވިދާޅުވީ ދަތްދޮޅި ހުރީ ސަލާމަތުން ކަމަށް!

4 ޖޫން 2018 | ހޯމަ 10:26

އުއްތަމަ ފަނޑިޔާރާ ވެސް މިނިސްޓަރު ބައްދަލު ކުރެއްވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 ޖޫން 2018 | ހޯމަ 10:26
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު

ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހަށް ރައީސުލްޖުމްހޫރީ އަދި ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަޑައިގެންނެވުމުން، އެމަނިކުފާނަށް މައުމޫންގެ ގާނޫނީ ވަކީލު ބަހުގެ ހަމަލާއެއް ރައްދު ކުރައްވައިފިއެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އާދީއްތަ ދުވަހު ރައީސް މައުމޫނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. ސަރުކާރުގެ އޮފިޝަލުންގެ ނަން މައުމޫން ހަމީދު ފާހަގަ ކުރައްވާފައި ނުވި ނަމަވެސް، ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ އަރިހަށް ވަޑައިގެންނެވީ ޑިފެސް މިނިސްޓަރެވެ.

Advertisement - newsAdvertisement

ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި މައުމޫން ހަމީދު ވިދާޅުވީ "އެ ބައްދަލުވުމަށް ފަހު ރައީސް މައުމޫންގެ ދަތްދޮޅި ހުރީ ސަލާމަތުން" ކަމަށެވެ.

މައުމޫން ހަމީދު އެގޮތަށް ވިދާޅުވެފައިވާއިރު، މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެ ކަމަށް ބުނެ، މިނިސްޓަރު ޝަރީފު ވާހަކަފުޅު ދައްކަވާފައިވާ އޯޑިއޯއެއް މިދިޔަ އަހަރުގެ އޮގަސްޓު މަހު ވަނީ އާންމުވެފައެވެ. އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އޮފިސަރުންނާ ވާހަކަފުޅު ދައްވަމުން، މިނިސްޓަރު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރި ރައީސް މައުމޫނާ ޑިފެންސް މިނިސްޓަރު ބައްދަލު ކުރެއްވިއިރު، މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާ ވެސް މިނިސްޓަރު ވަނީ ބައްދަލު ކުރައްވާފައެވެ.

ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ވަނީ މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓު ފަނޑިޔާރު އަލީ ހަމީދާ ބައްދަލުކުރައްވާފައެވެ.

ޝަރީއަތް ނިމެންދެން ރައީސް މައުމޫން ހައްޔަރުކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާއަކާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 17 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް