Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ޖާންވީ ކަޕޫރު

މަންމަ ބޭނުންވީ ހުޝީ އެކްޓްރެސްއަކަށް ވާން: ޖާންވީ ކަޕޫރު

ފިލްމް ކުޅޭ ވަރަށް ޖާންވީގެ ހަށިގަނޑު ބައްޓަން ނުކުރެވޭނެ ކަމަށް މަންމަ ބުނި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 31 މެއި 2018 | ބުރާސްފަތި 05:44
ޖާންވީ ކަޕޫރު އޭނާގެ މަންމަ ސްރީދޭވީއާ އެކު

ޖާންވީ ކަޕޫރު އޭނާގެ މަންމަ ސްރީދޭވީއާ އެކު

މަންމަ ބޭނުންވީ ކޮއްކޮ ހުޝީ ކަޕޫރު އެކްޓްރެސްއަކަށް ވާން ކަމަށް މަޝްހޫރު ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު މެގަޒިން "ވޯގް" އަށް އުމުރުން 21 އަހަރުގެ ޖާންވީ ކަޕޫރު، ދިން ފުރަތަމަ އިންޓަވިއުގައި ބުނެފައި ވަނީ ސްރީދޭވީ ބޭނުންވީ އޭނާގެ ބަދަލުގައި ކޮއްކޮ ހުޝީ ފިލްމީ ދާއިރާ އަށް ނެރުމަށް ކަމަށެވެ. ފިލްމް ކުޅޭ ވަރަށް ޖާންވީގެ ހަށިގަނޑު ބައްޓަން ނުކުރެވޭނެ ކަމަށް އޭނާގެ މަންމަ ހީކުރި ކަމަށް ޖާންވީ ބުންޏެވެ .އަދި ސްރީދޭވީ ބޭނުންވީ އޭނާ ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ކަމަށެވެ.

ސްރީދޭވީގެ ކުއްލި މަރަށް ފަހު، އޭނާގެ ބައްޕަގެ އަނެއް ދެ ދަރިން ކަމަށްވާ ފިލްމީ ތަރި އަރުޖުން ކަޕޫރާއި އަންޝުލާ ކަޕޫރާއި ޖާންވީއާ ދެމެދު ވަނީ ގުޅުން ބަދަހިވެފައެވެ. ޖާންވީ ބުނެފައި ވަނީ އާއިލާގެ ގުޅުން ބަދަހިވުމުން ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި އޭނާގެ ބައްޕައަށް ވެސް ހިތްހަމަ ޖެހުން ލިބޭނެ ކަމަށެވެ. ސްރީދޭވީ ދުނިޔޭގައި ހުރި އިރު އަރުޖުން އާއި އަންޝުލާއާ މާ ބޮޑު ގުޅުމެއް އެ އާއިލާ އިން ބާއްވާފައެއް ނުވެއެވެ.

މަންމަގެ މަރަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ދުވަހަކު ވެސް ގެޓްއޯވަރ ނުވެވޭނެ ކަމަށް ޖާންވީ ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހު ސްރީދޭވީ ކުއްލި ގޮތަކަށް މަރުވި ނަމަވެސް، އެހިތާމަވެރި ވަގުތުގައި ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖާންވީ ވަނީ ފިލްމްގެ ޝޫޓީންތައް ފަށާފައެވެ.

ޖާންވީ ބުނީ އެހިތާމަވެރި ވަގުތުގައި ވެސް ހިތްވަރުކޮށް އޭނާ މަސައްކަތް ފަށާފައި ވަނީ އޭނާގެ މަންމަ އަށްޓަކައި ކަމަށެވެ.

ޖާންވީ ބުނެފައި ވަނީ އޭނާގެ މައިންބަފައިންނަށްޓަކައި ފަޚުރުވެރިވާ ކަމަށާއި އޭނާ ބޭނުން ވަނީ އޭނާއާ ދޭތެރޭ އޭނާގެ މައިންބަފައިން ވެސް ފަޚުރުވެރިވާން ކަމަށެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އޭނާގެ ފުރަތަމަ ފިލްމް "ދަޅަކް" ގެ ޝޫޓިން މިހާރު ވަނީ ނިންމާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ރަންވީރު ފަދައިން ހޮޓް އެންޑް ސެކްސީވާން ބޭނުންތަ؟

ރަންވީރު ފަދައިން ހޮޓް އެންޑް ސެކްސީވާން ބޭނުންތަ؟

31 މެއި 2018

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު