Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށި

ހޯރަފުށީ އެއާޕޯޓުގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި

އީއައިއޭ މި ހަފްތާގެ ތެރޭގައި ނިމޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 28 މެއި 2018 | ހޯމަ 12:15
ހއ. މާފިނޮޅުގައި އެއާޕޯޓް ތަރައްގީކުރުމާ ގުޅޭ އެއްބަސް ވުމުގައި ޝޮއި ކުރުމުގެ ރަސްމިޔާތުގެ ތެރެއިން

ހއ. މާފިނޮޅުގައި އެއާޕޯޓް ތަރައްގީކުރުމާ ގުޅޭ އެއްބަސް ވުމުގައި ޝޮއި ކުރުމުގެ ރަސްމިޔާތުގެ ތެރެއިން

ހއ. މާފިނޮޅުގައި ތަރައްގީކުރާ "ހޯރަފުށީ" އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރީ ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައެވެ. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވަޑައިގެންނެވި މި ރަސްމިޔާތުގައި ކަމާ ބެހޭ ލިޔެކިޔުންތަކުގައި އެމްޓީސީސީގެ އިސްވެރިން ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މާފިނޮޅުގައި އެއާޕޯޓް ތަރައްގީ ކުރަން ހަދަން ޖެހޭ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) އާއި އެހެން ސާވޭތަކުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެއަށް ފަހު އީއައިއޭ އަށް ހުއްދަ ލިބުމާ އެކު ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މާފިނޮޅާއި ހޯރަފުށި ގުޅާލަން ހަމަޖެހިފައެއް ނުވެއެވެ. އެމްޓީސީސީން ހިއްކާނީ ރަންވޭ އާއި އެއާޕޯޓް އަޅަން ބޭނުންވާ ބިމެކެވެ. ނަމަވެސް، އެ ރަށްރަށަކީ އައިހެވަން ޕްރޮޖެކްޓުގެ ދަށުން ހިއްކައިގެން ގުޅުވާލަން ހަމަޖެހިފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކެވެ. މިކަން ހޯމަ ދުވަހު ބޭއްވި ރަސްމިޔާތުގައި މިނިސްޓަރ ޒަމީރު ވާނީ ފާހަގަކުރައްވާފައެވެ.

" އައިހެވަން ޕްރޮޖެކްޓް ފެށުމުގެ ކުރިން ވެސް މި ވަގުތަށް މިހާރު ކޮންމެހެން ބޭނުންވާ ކަމެއް ވީމަ (އެއާޕޯޓް އަޅަން) މި ފަށަނީ. އެހެންވީމަ ސަރުކާރުން އަދި ނިންމާނެ މިތަން ގުޅުވާނީ ކިހިނެއްތޯ. ކޮންމެހެން ވެސް އެތަން ހިއްކާއިރު އެތާ ކައިރި ސަރަހައްދުން ވެލި ނަގަން ޖެހޭ،" ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވެއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮޖެއްޓްގެ ތެރޭގައި ހިމެނެނީ 16 ހެއްކްޓަރުގެ ބިމެއެވެ. އަދި އެ ސަރަހައްދުގައި ޝޯ ޕްރޮޓްކްޝަން ޖަހަން ނިންމާފައިވާއިރު، މި ހުރިހާ ކަމެއްގެ އަގަކީ ޖީއެސްޓީއާ ނުލައި 64 މިލިއަން ރުފިޔާ ކަމަށް އެ ކުންފިނުން ބުނެފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު