Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދާލަތު ޕާޓީ

ޕްރައިމަރީ ބާއްވާނެ ތާރީހެއް އީސީއަކަށް ކަނޑަނޭޅޭނެ، އެންގުން ޣައިރު ގާނޫނީ: އަދާލަތު

26 މެއި 2018 | ހޮނިހިރު 14:44

އިންތިހާބަށް އީސީ ތައްޔާރުވެވިފައެއް ނެތް: އަދާލަތު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 މެއި 2018 | ހޮނިހިރު 14:44
އަދާލަތު ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

އަދާލަތު ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިގެން ނުވާ ކަމަށާއި ވަކި މުއްދަތެއްގެ ކުރިން ޕްރައިމަރީ ބޭއްވުމަށް އީސީން އަންގާފައިވާ އެންގުމަކީ ޣައިރު ގާނޫނީ އެންގުމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން އެގޮތަށް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ފޮނުވި ސިޓީއަކަށް ޖަވާބު ދީ، މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގައެވެ.

Advertisement - newsAdvertisement

އަދާލަތު ޕާޓީ ހިމެނޭ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އަންގާފައި ވަނީ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަށް ޕްރައިމަރީއެއް ބާއްވާނަމަ، އަންނަ މަހުގެ އެކެއްގެ ކުރިން ޕްރައިމަރީ ބޭއްވުމަށާއި ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެނޑިޑޭޓެއްގެ ނަން އަންނަ މަހު އަށެއްގެ ކުރިން އެ ކޮމިޝަނަށް އެންގުމަށެވެ.

އެ ސިޓީއާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު، އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ ޕާޓީތަކުން ޕްރައިމަރީ ބާއްވަނީ ގާނޫނާ އެއްގޮތަށް ތޯ ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

ގާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާ ހަވާލާދީ، އެ ސިޓީގައި ބުނެފައި ޕްރައިމަރީ ބާއްވާނެ ތާރީހު ކަނޑައަޅައި، ޕްރައިމަރީގެ ނަތީޖާ އެ ކޮމިޝަނަށް ހުށަހަޅުމަށް ގާނޫނަކުން ލާޒިމުކޮށްފައި ނުވާ ކަމަށެވެ.

ދިހަ ދުވަހުގެ ތެރޭގާއި ޕްރައިމަރީ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ޣައިރު ގާނޫނީ އެންގުމެއް ކަމަށް ބުނެ، އެ ސިޓީގައި ބުނެފައި ވަނީ އީސީގެ އެންގުމުގެ ސަބަބުން އެ ކޮމިޝަންގެ މެމްބަރުން، ސުލީކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނަ އިރު އިލެކްޝަންސް ކޮމިޝަނުން އެންމެ އެދެވޭ ގޮތުގައި އިންތިހާބަށް ތައްޔާރުވެވިފައި ނުވާ ކަމަށާއި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އެ ކޮމިޝަނުން މުތާލިއާ ކޮށްފައި ނުވާ ކަމަށް ވެސް އަދާލަތުގެ ސިޓީގައި ބުނެފައިވެއެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ގޮތުން ވަކި ފިކުރުތަކެއް ކުރިއެރުވުމަށް ސީދާ އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ބޭފުޅުން ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި އެބަ ތިއްބަވައެވެ. އަދި 2017 ވަނަ އަހަރުގެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ކަންކަން ހިނގައިދިޔަ ގޮތުން ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިމަތީގައި ތިޔަ ކޮމިޝަން އިތުބާރު އޮތް ކަމަށް ގަބޫލެއް ނުކުރަމެވެ،" އަދާލަތު ޕާޓީގެ ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ނިންމާލަމުން އީސީގެ މެމްބަރުން ގޮވާލާފައި ވަނީ އެ މެމްބަރުން އިސްތިއުފާ ދެއްވުމަށެވެ. ގައުމުގެ އެންމެ މަސްލަހަތު އޮތް ގޮތަކީ އީސީގެ މެމްބަރުން އިސްތިއުފާ ދެއްވައި ސިޔާސީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ، ރައްޔިތުންގެ އިތުބާރު އޮތް ކޮމިޝަނެއް އެކުލަވާލުން ކަމަށް އެ އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް