Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާއަށް ކުރަމުންދާ ވިއްސާރަ

ލަންކާއަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، 4 މީހަކު މަރުވެއްޖެ!

ހޮނު އެޅުމުގެ ސަބަބުން 3 މީހަކު މަރުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 21 މެއި 2018 | ހޯމަ 14:41
މިދިޔަ އަހަރުގެ ފަހުކޮޅު ލަންކާއަށާއި އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކަށް އެރި ތޫފާނުގައި ލަންކާގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި

މިދިޔަ އަހަރުގެ ފަހުކޮޅު ލަންކާއަށާއި އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކަށް އެރި ތޫފާނުގައި ލަންކާގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި

އަވަށްޓެރި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ހޮނުއެޅުމުގެ ސަބަބުން މިހާތަނަށް 4 މީހަކު މަރުވެ، 6 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.

މަރުވި މީހުންގެ ތެރެއިން 3 މީހަކު މަރުވެފައިވަނީ ހޮނު އެޅުމުގެ ސަބަބުންނެވެ. އޭގެ ތެރެއިން 2 މީހަކު ލަންކާގެ އުތުރުގެ ޓްރިންކޮމަލީގައި މަރުވިއިރު، އަނެއް މީހާ މަރުވީ ފަރުބަދަމަތީ ހިސާބެއްކަމަށްވާ ބަދުއްލާ ޑިސްޓްރިކްޓްގައެވެ. މީގެ އިތުރުން މޮނެރާގަލަ ޑިސްޓްރިކްޓްގައި އަންހެނެއްގެ ގައި މައްޗަށް ގަހެއް ވެއްޓި، އޭނާ ވަނީ މަރުވެފައެވެ.

ކިސަޑު ފޭބުމުގެ ކުދިކުދި ހާދިސާތައްވެސް ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާއިރު، ކަލުތާރަ ޑިސްޓްރިކްޓްގައި ކިސަޑު ފޭބުމުގެ ޙާދިސާއެއްގައި 2 ގެއަކަށް ގެއްލުންވެފައިވާއިރު، ބޭރުވެލަ ސަރަހައްދުގައި އެއް ގެއަށް ވަނީ ގެއްލުންވެފައެވެ.

މީގެ އިތުރުން ކެންޑީ އާއި އަނިވައްތަ އާއި ދެމެދު އޮންނަ މަގުގައި ހުންނަ 150 އަހަރުވެފައިވާ ޓަނަލެއް ވިއްސާރައިގެ ސަބަބުން ބަންދުކުރަން ޖެހުމުން ގިނަ ބަޔަކަށް ވަނީ ދަތިތަކާއި ދިމާވެފައެވެ.

ލަންކާގެ ސެންޓްރަލް ޕްރޮވިންސްއަށާއި ވެރިރަށް ކޮޅުނބަށްވެސް މިވިއްސާރައިގައި 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަބަރުގަމުވަ ޕްރޮވިންސްއަށް ބޯކޮށް ވާރޭ ވެހި، 150 މިލިމީޓަރުގެ ވާރޭ ވެހެނޭކަމަށް ލަފާ ކުރެވޭކަމަށާއި، އެހެން ހިސާބުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭކަމަށްވެސް ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ލަންކާއަށް ވިއްސާރަ ދުވަސްވަރަކަށްވެފައި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ދިމާވެދާނެ ކާރިސާތަކަށް ތައްޔާރުވުމުގެ ގޮތުން ލަންކާ ސަރުކާރުން ވަނީ އެޤައުމުގެ ސިފައިން ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.

ލަންކާ އެއްގަމު ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއަރ ސުމިތު އަަތަޕައްތު ވިދާޅުވީ އެއްގަމު ސިފައިންގެ 58ވަނަ ޑިވިޝަން ތައްޔާރީ ޙާލަތަށް ގެނެސް، ކަލުތަރަ، ގޯލް، މާތަރަ، ކެގޯލް އަދި ރަތްނަޕޫރާއަށް ފޮނުވާފައިވާކަމަށެވެ.

ލަންކާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވިނަމަވެސް، ދިވެހިން އާއްމުކޮށް އުޅޭ ހިސާބުތަކުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައިނުވާކަމަށާއި، ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު