Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާގެ ސިޔާސީ މަސްރަހު

އިންތިޚާބުގެ ރޭ ނަޖީބު ރައްޒާޤް 2 ފަހަރު ގުޅުއްވި: އަންވަރު އިބްރާހީމް

ދެން ހަައްދަވަންވީ ގޮތެއް އެއްސެވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 މެއި 2018 | ބުރާސްފަތި 18:07
މެލޭޝިއާގެ ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް

މެލޭޝިއާގެ ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް

މެލޭޝިއާގެ އާއްމު އިންތިޚާބު އޮތް ރޭ 2 ފަހަރު ނަޖީބު ރައްޒާޤް ގުޅުއްވި ކަމަށް އޭރުގެ އިދިކޮޅު އެއް ލީޑަރުކަމަށްވާ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންވަރަށް ނަޖީބު ގުޅުއްވި އިރު އަންވަރު ހުންނެވީ ޖަލު ހުކުމެއްގައި ބަންދުގައެވެ. އޮޕަރޭޝަނަކަށްފަހު އިތުރު ފަރުވާއަށް އޭނާ އޭރު އޮންނެވީ ހޮސްޕިޓަލުގައެވެ.

އަންވަރު ވިދާޅުވީ އޭނާއަށް ގުޅުއްވުމުން ބަލި ޤަބޫލުކޮށް، ލަސްނުކޮށް ބަޔާނެއް ނެރުއްވުމަށް ނަޖީބު ރައްޒާޤަށް ދެންނެވިކަމަށެވެ.

އެހެން ނަމަވެސް ބަލި ޤަބޫލު ކުރައްވާ ވަގުތުން ބަޔާނެއް ނެރުއްވުމުގެ ބަދަލުގައި ނަޖީބު ރައްޒާޤް މީޑިއާ އާ ބައްދަލު ކުރެއްވީ ޖެހިގެން އައި ދުވަހުއެވެ. އަދި ބަލި ޤަބޫލު ކުރެއްވުމުގެ ބަދަލުގައި ނަޖީބު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ފުރިހަމަ އަޣުލަބިއްޔަތު ނުލިބޭކަމަށާއި، ސަރުކާރު އެކުލަވާލަންވީ ގޮތެއް ރަސްގެފާނު އަންގަވާނެ ކަމަށެވެ.

އިންތިޚާބުން ނާކާމިޔާބު ވުމުން އެރޭ 2 ވަނަ ފަހަރަށް ވެސް ނަޖީބު ގުޅުއްވިކަމަށާއި، އަދި ދެން ހަދަންވީ ގޮތެއް އެނގިވަޑައި ނުގެން އުޅުއްވިކަމަށް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އޭނާ ހުންނެވީ ނަޖީބު ރައްޒާޤް 'ޑީލެއް' ހުށަހެޅުއްވިޔަސް އެކަން ޤަބޫލުކުރައްވާ ގޮތަށް ނޫންކަމަށެވެ. އަދި އެފަދަ ހުށަހެޅުމަށް ނަޖީބު ހުށަހަޅުއްވާފައި ނުވާކަމަށް އަންވަރު ވިދާޅުވިއެވެ.

މެލޭޝިއާގެ އާއްމު އިންތިޚާބުގައި ނަޖީބު ރައްޒާޤްގެ ސަރުކާރަށް ބޮޑު ނާކާމިޔާބިއަކާއި ކުރިމަތިވީ އިދިކޮޅު ލީޑަރަކަށް ހުންނެވި އަންވަރާއި އެކުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އަރުއްވައި، ދެބޭފުޅުން ކުރެއްވި މަސައްކަތްޕުޅުންނެވެ.

އިންތިޚާބު އައި އިރު އަންވަރު ހުންނެވީ ނަޖީބު ރައްޒާޤްގެ ސަރުކާރުން އޭނާއާއި ދެކޮޅަށް އުފުލި ދައުވާތަކެއް ސާބިތު ވާކަމަށް ކަނޑައަޅައި، ޖަލަށް ލާފައެވެ. އަންވަރުގެ ސަޕޯޓަރުން ބުނާ ގޮތުގައި އެދައުވާތަކަކީ، އަދި އޭގެ ކުރިން މަހާތީރުގެ ވެރިކަމުގައި އޭނާގެ މައްޗަށް އުފުލުނު ދައުވާތަކަކީވެސް ސިޔާސީ މަޤްޞަދެއްގައި އުފުލުނު ދައުވާތަކެކެވެ.

އަންވަރުގެ މައްޗަށް އިއްވާފައިވާ ހުކުމަށް މެލޭޝިއާގެ ރަސްގެފާނު މަޢާފް ދެއްވުމުން އޭނާ މިހާރު ހުންނެވީ މިނިވަންވެފައެވެ. އަދި ދެ އަހަރެއްހާ ދުވަސްފަހު ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރައްވައި، ބޮޑުވަޒީރު ކަމަށް އޭނާ ވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

އަންވަރު ވިދާޅުވީ މިވަގުތު ސިޔާސީ މަސްރަހު އޮތް ގޮތުން ބޮޑުވަޒީރު ކަމުގައި ހުންނަވަން އެންމެ ރަނގަޅީ މަހާތީރު ކަމަށެވެ. ސަބަބަކީ ކުރީގެ ކޮރަޕްޓް ވެރިން އަނބުރާ އަޔަނުދޭން ކުރާ މަސައްކަތަށް ހަރުދަނާ ވެރިޔަކު ބޭނުންވާތީ ކަމަށެވެ.

އެހެންކަމުން މިވަގުތު އެންމެ ރަނގަޅު ވާނީ ވެރިކަމުގައި މަހާތީރު ހުންނެވުންކަމަށް އަންވަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!

06 ނޮވެމްބަރު 2017
އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!
01 ނޮވެމްބަރު 2017

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް

01 ނޮވެމްބަރު 2017
ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް
22 އޮކްޓޯބަރު 2017

ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

22 އޮކްޓޯބަރު 2017
ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
24 ސެޕްޓެމްބަރު 2017

ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

24 ސެޕްޓެމްބަރު 2017
ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
01 ސެޕްޓެމްބަރު 2017

ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

01 ސެޕްޓެމްބަރު 2017
ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު