Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ދިވެހި ބަސް
ލަފްޒު ވަކިކުރުން

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ވަކިން ލިޔާނީ އެއްވެސް ޙާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 17 މެއި 2018 | ބުރާސްފަތި 19:44
ރީތި ލިޔުމަކީ ލޮލުގެ މިއުޒިކެވެ.

ރީތި ލިޔުމަކީ ލޮލުގެ މިއުޒިކެވެ.

ތަޢާރަފު

ދިވެހިބަހުން ލިޔުމުގައި ލަފުޒުތައް ވަކިކޮށް ލިޔުމަކީ ޖުމުލައިގެ މާނަ ދޭހަވާން ފަސޭހަކޮށްދޭ ކަމެކެވެ. އަދި މިއީ ލިޔެފައި ހުންނަ ލިޔުން ކިޔަން ފަސޭހަވާ ކަމެއް ވެސް މެއެވެ. ތިރީގައި މި ވަނީ ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅައިފައިވާ ގަވާއިދެވެ.

  1. ދިވެހިބަސް ބެހިފައިވާ މައިގަނޑު ބައިތަކުގެ ތެރެއިން އަކުރު ފިޔަވައި އެހެން ބައިތައް ކޮންމެ ހާލަތެއްގައި ވެސް ވަކީން ލިޔުން.

މިސާލު: ރީތި ލިޔުމަކީ ލޮލުގެ މިއުޒިކެވެ.

(2) އަކުރުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި ލަފުޒުތަކާ މެހޭ އަކުރެއް ނަމަ ލިޔާނީ އެ އަކުރެއް މެހޭ ލަފުޒަކާ ވަކި ނުކޮށެވެ.

- ދިވެހިބަހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އަކުރުތަކުގެ ތެރެއިން ވަކިން ލިޔާނީ އެއްވެސް ޙާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ. ލަފުޒަކާ މެހުމޭ ބުނެވެނީ ލަފުޒަކާ އަކުރެއް ގުޅޭއިރު، ކުރީ އަކުރުގެ ފަހަތަށް ބަދަލު އައުމާއެކު ދެ ލަފުޒު އެއް ލަފުޒަކަށް ބަދަލުވެގެން ދިއުމަށެވެ.

މިސާލު: * އޭނާ ވެސް ("ވެސް" މިއީ މެހޭ އަކުރެއް ނޫން)

* އޭނާއަށް ޓަކައި ("އަށް" މިއީ މެހޭ އަކުރެކެވެ.)

* އޭނައާ އެކު ("އާ" މިއީ މެހޭ އަކުރެއް)

(3) ގިނަކުރުމުގެ އަކުރުކަމުގައިވާ "ތައް" ، "މެން" ، "ފަހަރު" ، "އިން" ، " ން" މި އަކުރުތައް ގިނަކުރާ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

ފޮތްތައް - ގަލަންތައް - މޭޒުތައް

އަހަރެމެން - މަންމަމެން - ބައްޕަމެން

ދޯނިފަހަރު - ބޯޓުފަހަރު - އޮޑިފަހަރު

މައިން - ވެރީން - ސިފައިން

މުދިމުން - މުދައްރިސުން - ކާތިބުން

(4) ލަފުޒެއް ތަކުރާރުކޮށް ލިޔާ އިރު އެ ދެ ލަފުޒު ގުޅުވައިގެން ލިޔުން.

ހ- ގިނަކުރުމުގެ ގޮތުން ކުރާ ތަކުރާރު

މިސާލު:

ގަސްގަސް

ރުއްރުއް

އަޑުއަޑު

ށ. ލަފުޒު ތަކުރާރުވެފައި ހުންނަ ނަންއިތުރު

މިސާލު:

ރީތިރީތި

ލޯބިލޯބި

ދިގުދިގު

ނ. ލަފުޒު ތަކުރާރުވެފައި ހުންނަ ކަންއިތުރު

މިސާލު:

ބާރުބާރަށް

އަވަސްއަވަހަށް

ލަސްލަހުން

ރ. ފަހަތަށް "މުން" މި އަކުރުގެ އަންނަ ކަންއިތުރުގެ ތަކުރާރު

މިސާލު:

ދުވަމުންދުވަމުން

ނަށަމުންނަށަމުން

ބ. ނިމިނިމުނުކަމުގެ ތަކުރާރު

މިސާލު:

އިވިއިވި

ކައިކައި

ބުނެބުނެ

ރޮއިރޮއި

(5) ނަމެއް އެކަހެރި ކުރުމަށް ނަމުގެ ފަހަތަށް އިތުރުކުރާ "އެއް" މި އަކުރު ނަމާ ވަކި ނުކޮށް ލިޔުން.

މިސާލު:

ގޮނޑި - ގޮނޑިއެއް

މޭޒު - މޭޒެއް

ފޮތް - ފޮތެއް

(6) އިޝާރާތުގެ ނަން ކަމުގައިވާ "އެ" ، "މި" ، "ތިޔަ" ފަދަ ނަން ވަކީން ލިޔުން.

މިސާލު:

އެ މީހާ

ތި ފޮތް

މި ފިހާރަ.

(7) "ހަމަބަސް" ލިޔާ އިރު ދެ ލަފުޒު އެކުގައި ލިޔުން.

މިސާލު:

ގޮތެއްފޮތެއް

ތަނެއްދޮރެއް

އާޑެއްފާޑެއް.

ލަކުޑިފަކުޑި

(8) "އިދިބަސް" ލިޔާ އިރު ދެ ލަފުޒު އެކުގައި ލިޔުން.

މިސާލު:

- ވާނުވާ، އުޅޭނޫޅޭ، ހިނގާނުހިނގާ، ހެދޭނެހެދޭ

(9) މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތްކުރުމުގެ އަކުރު ކަމުގައިވާ "ގެ" އެ ނިސްބަތްކުރާ ފަރާތާ ގުޅުވައިގެން ލިޔުން.

މިސާލު:

ފޮތުގެ ގަނޑެއް

ހިތުގެ ވިންދު

ދޫނީގެ ފިޔަގަނޑު

ކަނޑުގެ ލޮނުގަނޑު

(10) ޖުމުލަ ފުރިހަމަކޮށްދޭ އަކުރު ކަމުގައިވާ "އެވެ" މި އަކުރުގެ ކުރިއަށް އަންނަ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

އަންނާނެއެވެ.

ހުންނާނެއެވެ.

ރުކެކެވެ.

ދޮށްޓެވެ.

(11) "އަށް" ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން.

މިސާލު:

ބަދިގެއަށް، ގެއަށް، ކޮޓަރިއަށް

ބޭރަށް، ދޯންޏަށް، އިތުރަށް

(12) ކަންއިތުރު ހެދުމަށްޓަކައި އިތުރުކުރެވޭ "މުން" ގެން" "ފައި" މި އަކުރުތައް ކަމާ ގުޅުވައިގެން ލިޔުން.

މިސާލު:

ބަލަމުން، ދުވަމުން

ނަގައިގެން، ގޮވައިގެން

ހިނގައިފައި، ދުވެފައި

(13) "އިން" ، "އަކީ" ، "އަކު" ފަދަ، އަކުރުތައް އޭގެ ކުރީގައި އޮންނަ ލަފުޒާ ގުޅުވައިގެން ލިޔުން.

މިސާލު:

ގެއިން، ރަށުން، ދުރުން

އޭނާއަކީ، އެ ގެއަކީ ބުޅަލަކީ

މީހަކު، ފަހަރަކު، އަދަކު މާދަމާއަކު

(14) ނަފީގެ އަކުރުތައް ނަފީ ކުރެވޭ ލަފުޒާ ވަކި ނުކޮށް ލިޔުން.

މިސާލު:

ރަނގަޅު - ނުރަނގަޅު، ބާއްޖަ – އަބާއްޖަ،

ނަސީބު – ބަދުނަސީބު، މުސްލިމުން - ޣައިރުމުސްލިމުން

ކާމިޔާބު – ނާކާމިޔާބު، އިންސާނީ – ލާއިންސާނީ،

އިންސާފު – ބޭއިންސާފު

ކެއުން – ނުކެއުން،

ދުވުން – ނުދުވުން،

ކުޅުން – ނުކުޅުން،

ހަދާނެ - ނަހަދާނެ

(15) ސުވާލުގެ އަކުރުތައް ކަމުގައިވާ "ތަ"، "ތޯ"، "ހޭ"، މި އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ގުޅުވައިގެން ލިޔުން

މިސާލު:

ކިހިނެއްތަ؟ ކިހިނެއްތޯ؟

ކާކުހޭ؟ އަންނާނަންހޭ؟

(16) އާނ ބަސް ބުނުވުމުގެ ގޮތުންނާއި ބަސް ގަދަކުރުމުގެ ގޮތުން ބޭނުން ކުރާ "ދޯ"، "އުތަ"، "ތާ"، ފަދަ އަކުރުތައް އޭގެ ކުރިއަށް އަންނަ ލަފުޒާ ވަކީން ލިޔުން.

މިސާލު:

އަންނާނަން ދޯ؟

އެހެން ބުނިން އުތަ؟

މަ ބުނިން ތާ!

(17) ހ. އަދަދު ލިޔާ އިރު އަދަދު ކުރެވޭ ނަމާ ވަކީން އަދަދު ލިޔުން.

މިސާލު:

ދެ ކުދިން، ތިން ކުދިން، ފަސް މީހުން.

ށ. ހިސާބު އަދަދު ލިޔާ އިރު ލިޔާނީ ކޮންމެ އަދަދެއް ވަކީންނެވެ.

މިސާލު:

ފަސް ސަތޭކަ

ހަތަރު ހާސް

އެއް ލައްކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ.

ނ. ވަނަ ބަޔާންކުރާ އަދަދު ލިޔާއިރު އަދަދުގެ ވަނައާ ގުޅުވައިގެން ލިޔުން

މިސާލު:

އެއްވަނަ، ފަސްވަނަ، ދިހަވަނަ، ބާރަވަނަ، ސަތޭކަވަނަ

(18) އެންމެ މާތް ދަރަޖައިގެ ގޮތަށް ނަން ބޭނުންކުރާ އިރު ބޭނުން ކުރާ "ފުޅު"، "ކޮޅު" "ފޮދު"، އެ ނަމާ ގުޅުވައިގެން ލިޔުން.

މިސާލު:

ވިސްނުންފުޅު، ލޯފުޅު، ގަމީސްކޮޅު، ސައިފޮދު

(19) މިންވަރެއް ދޭހަކުރުމަށް ބޭނުންކުރާ "ކޮޅު"، "ފޮދު" "ގަނޑު" އޭގެ ކުރިއަށް އަންނަ ނަމާ ގުޅުވައިގެން ލިޔުން.

މިސާލު:

ފެންފޮދު، ބަތްކޮޅު، ހިލަގަނޑު.

މި ލިޔުމަކީ، ދިވެހިބަހުން ލިޔެ އުޅުމުގައި ލަފުޒު ވަކިކޮށް ލިޔުމަށް ދިވެހިބަހުގެ އެކެޑަމީން ފާސްކޮށްފައިވާ ގަވާއިދެވެ.

މިގަވާއިދު ނެރުއްވާފައި ވަނީ 22 ޖުލައި 2013 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތާނަލިޔުމުގައި ބޭރުބަސްބަހުގެ ލަފުޒު ލިޔުމުގެ ބައެއް ހަމަ

ތާނަލިޔުމުގައި ބޭރުބަސްބަހުގެ ލަފުޒު ލިޔުމުގެ ބައެއް ހަމަ

22 ޖެނުއަރީ 2018
ބަހުގެ ބާރާއި ބަހުގެ ގަވާއިދު

ބަހުގެ ބާރާއި ބަހުގެ ގަވާއިދު

19 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު