Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ތަރާވީޙް ނަމާދު

ތަރާވީޙް ނަމާދު

ތަރާވީޙް ނަމާދަކީ ދޭދޭ ރަކުޢަތުން ސަލާމްދެމުންކުރާ ވިހިރަކުޢަތެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 16 މެއި 2018 | ބުދަ 00:20
ތަރާވީޙް ނަމާދުކުރުން ސުންނަތްވެގެން ވަނީ ޖަމާޢަތުގައެވެ. އެކަހެރިކޮށް ވެސް ކުރެވެއެވެ.

ތަރާވީޙް ނަމާދުކުރުން ސުންނަތްވެގެން ވަނީ ޖަމާޢަތުގައެވެ. އެކަހެރިކޮށް ވެސް ކުރެވެއެވެ.

ތަރާވީޙް ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. މި ނަމާދުކުރުން ސުންނަތްވެގެން ވަނީ ޖަމާޢަތުގައެވެ. ވަކިވަކީން ކުޅައަސް ޘަވާބު ޙާޞިލްވެދެއެވެ.

ނަމާދުގެ ވަގުތަކީ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޢިޝާނަމާދުން ފޭބީއްސުރެން ފަޖުރު ލައްޖައުމަށް ދާންދެނެވެ.

ތަރާވީޙް ނަމާދުގެ ނިޔަތް:

ދުލުންކިޔާނީ أُصَلّى رَكْعَتَيْنِ سُنَّةَ التَّرَاوِيْحِ للهِ تَعَالى الله أَكْبر މިފަދައިންނެވެ. ހިތުން ނިޔަތް ގަންނަނީ ތަރާވީޙްގެ ސުންނަތް ދެރަކުޢަތް މާތްކަލާނގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ. ޖަމާޢަތުގައި ކުރާނަމަ، އިމާމާ إماما މިހެންކިޔައި އިމާމުވެކުރުމަށް ނިޔަތްގަންނާނީއެވެ. މައުމޫމުންގެ ނިޔަތުގައި މައުމޫމާ މިހެންކިޔައި މައުމޫމުވެ ކުރުމަށް ނިޔަތްގަންނާނީއެވެ.

ތަރާވީޙް ކުރާގޮތް:

ތަރާވީޙް ނަމާދަކީ ދޭދޭ ރަކުޢަތުން ސަލާމްދެމުންކުރާ ވިހިރަކުޢަތެވެ. ޖަމާޢަތުގައި ކުރާނަމަ އިމާމާ ތެދުވަމުން الصلاةُ جَامِعَة صَلُّوا سُنَّةَ التَّراوِيْحِ آجَرَكُمُ الله މިފަދައިން ކިޔާނީއެވެ. މައުމޫމުން އޭގެ ޖަވާބުގައި ކިޔާނީ رَحِمَكُمُ الله މިފަދައިންނެވެ. ދެންކުރިން ބުނިމަގުން ނިޔަތްގެން ޙަރާމްބަދެ دعاء الإفتتاح ކިޔައި އެހެނިހެން ނަމާދު ފަދައިން الحمد ކިޔަވައި ސޫރަތެއް ކިޔަވައި މިގޮތުގެ މަތީން ދެރަކުޢަތްކޮސް ސަލާމްދޭނީއެވެ. ދެން سَبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ اْلعَظِيْمَ މި ތަސްބީޙަ ތިންފަހަރު ކިޔާފައި ތެދުވެ އަނެއްކާވެސް ނިޔަތް ކިޔައި ޙަރަމް ބަންނާނީއެވެ. ދެން އިހު ބުނިމަގުން ދެރަކުޢަތްކޮށް ސަލާމްދީފައި އަންނަނިވި ތަސްބީޙަ އާއި ދުޢާ ކިޔުމުން އެއް ތަރާވީޙް ހަމަވީއެވެ. سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ اْلعَلِىِّ اْلعَظِيْمْ ތިން ފަހަރު، ދެން اللَّهُمَّ إِنَّكَ عَفُوٌّ كَرِيْمٌ رَءُوفٌ رَحِيْمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّا بِكَرَمِكَ يَا أكْرَمَ الأَكْرَمِينَ وَيَا أرْحَمَ الرَّاحِمِينَ وَصَلَّى اللهُ وَسَلَّمِ عَلَى سِيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أجْمَعِينَ وَالحَمْدُ للهِ رَبِّ الْعَالمِيْنَ. آمين

މިގޮތުގެ މަތީން ކުރަމުން ގޮސް ފަސް ތަރުވީޙް ނުވަތަ ވިހި ރަކުޢަތް ހަމަކޮށްފައި އެންމެފަހު ތަރުވީޙްގެ ދުޢާގެ ތެރެއަށް އަންނަނިވި ދުޢާ އިތުރުކޮށްލާނީއެވެ. اَللَّهُمَّ إنَّ لَكَ فِى كُلِّ لَيْلَةٍ مِنْ لَيَالِىْ شَهْرِ رَمْضَانَ رِقَابًا يَعْتِقُهَا عِفْوُكَ فَأجْعَلَ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا مِنْ تِلْكَ الرِّقَابِ وَتُبْ عَلَيْنَا بِرَحْمَتِكَ يَا تَوَّابُ يَا جَلِيْلُ يَا وَهَّابُ وَأخْتِمْ لَنَا مِنْكَ بِخَاتِمَةِ السَّعَادَةِ أَجْمَعِيْن وَصَلَّى اللهُ وَسَلَّمِ عَلَى سِيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أجْمَعِينَ وَالحَمْدُ للهِ رَبِّ الْعَالمِيْنَ. آمين މިދުޢާ ކިޔުމުން ތަރާވީޙް ނަމާދު ނިމުނީއެވެ.

ތަރާވީޙްކުރާ އިރު ކޮންމެ ދެރަކުޢަތެއް ކުރެވުމުން އެކުރެވުނީ ސުންނަތެކެވެ. ކޮންމެ ސުންނަތެއްގެ ފުރަތަ ރަކުޢަތުގައި الحمد އަށްފަހު ކިޔަވާނީ تَكَاثُر ސޫރަތުން ފެށިގެން تَبَّتْ سورة ގެ ނިޔަލަށް ހުރި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ. އެސޫރަތްތައް ހުރި ތަރުތީބުގެ މަތީންނެވެ. ދެވަނަ ރަކުޢަތުގައި الحمد އަށް ފަހު ކިޔަވާނީ إخْلاَصْ ސޫރަތެވެ.

ތަރާވީޙްކޮށް އަވަދިވެގެން ޖަމާޢަތުގައި ވިތުރިކުރުމީ ސުންނަތެކެވެ. ވިތުރިކުރާން ތެދުވަމުން އިމާމާ أَوْتِرُوْا رَحِمَكُمُ اللهُ މިފަދައިން ގޮވައިލާން ވާނެއެވެ. އެންމެފަހު ރަކުޢަތަށް ތެދުވަމުން رَكْعَةَ الْوِتْرِ أَثَابَكُمُ اللهُ މިފަދައިން ގޮވައިލާންވާނެއެވެ.

ތަރާވީސް ނަމާދާއި، އެނަމާދުގެ ފަހުގައިކުރާ ވިތުރީގައި الحمد އާއި ސޫރަތްތައް ކިޔަވާންވާނީ އަޑުހަރުކޮށެވެ.

ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭގައި ޢީދު ނަމާދު ކުރާނެ ގޮތް

ގޭގައި ޢީދު ނަމާދު ކުރާނެ ގޮތް

12 މެއި 2021
ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

10 މެއި 2021
އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

11 ޑިސެމްބަރު 2020
ކޭތަ ނަމާދު ކުރާނެ ގޮތް

ކޭތަ ނަމާދު ކުރާނެ ގޮތް

20 ޖޫން 2020

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު