Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުސިއްހަތު

މަންމައިންނަށް ޚާއްސަ: އުފާވެރި މަންމައަކަށް ވުމަށް މި ފަސް ކަންތައް ވަރަށް މުހިއްމު

15 މެއި 2018 | އަންގާރަ 06:20

އާއިލީ ޒިންމާ ފުރިހަމައަށް އަދާކުރެވޭނީ މައިމީހާ ދުޅަހެއު ސިއްހަތެއްގައި ހުރުމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 މެއި 2018 | އަންގާރަ 06:20
މަންމައިންނަކީ އާއިލާގައި ވަރަށް ޒިންމާ ބޮޑު ބައެއް

މަންމައިންނަކީ އާއިލާގައި ވަރަށް ޒިންމާ ބޮޑު ބައެއް

މަންމައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭމަހުގެ ދެވަނަ ހަފްތާގެ އާދިއްތަ ދުވަހު ފާހަގަ ކުރާ ވަރަށް ވެސް ޚާއްސަ ދުވަހެކެވެ.

މި ޚާއްސަ ދުވަހާއި ގުޅުވައިގެން މަންމައިންނަށް ޚާއްސަ ސިއްހީ މައުލޫމާތުކޮޅެއް ހިއްސާ ކޮށްލާނަމެވެ.

މަންމަ އެއްގެ ޝަރަފަކީ ވަރަށް މަތިވެރި ޝަރަފެކެވެ. އަދި އެހާމެ ޒިންމާއާއި މަސްއޫލިއްޔަތު ވެެސް ބޮޑެވެ. އާއިލާއެއް ބެލުމުގެ ބުރަ ޒިންމާއަކީ، މަންމައަކު އުފުލާނެ އެންމެ މަތިވެރި ޒިންމާއެވެ. އެކަމުގެ ބުރަކަމާއެކު މި ފުރިހަމަ ޒިންމާ އަދާކުރެވޭނީ ވެސް ފުރިހަަމަ ސިއްހަތެއްގައި މައިމީހާ ހުރުމުންކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އެހެންކަމުން މަންމައިންގެ މި އުފާވެރި ދުވަހު އެ މަންމައިންނަށް ޚާއްސަ މައުލޫމާތުކޮޅެއް މި ހިމަނާލަނީ އޭގެ ސަބަބުން މަންމައިންގެ މައުލޫމާތުގެ ޚަޒާނާ އިތުރަށް މުއްސަނދިކޮށްލައި ދިނުމުގެ މަގްސަދުގައެވެ.

މަންމައިންނަކީ ދުޅަހެއު ސިއްޚަތެއްގައި ތިބެންޖެހޭ ބައެކެވެ. އަދި ހަމަ އެހެންމެ ފުރިހަމަ ސިއްޚަތެއްގައި ހުރުމަށް މާ ބޮޑެތި ބުރަ މަސައްކަތެއް ކުރާކަށް ވެސް ނުޖެހެއެވެ. ދިރިއުޅުމުގެ ވަށްޓަފާޅިއަށް ކުޑަކުޑަ ބަދަލެއް ގެނައުމުން އެކަން ވެދާނެއެވެ. ކުދި ގޯސް އާދަތައް ބަދަލުކޮށްލައި އެ ގޮތުގައި ދެމި ހުރެވޭތޯ ބަލާށެވެ.

އެގޮތުން ކުރެވިދާނެ 4 ކަމެއް ހިއްސާކޮށްލާނަމެވެ.

ގިނަގިނައިން މޭވާ އާއި ތަރުކާރީ ކެއުން

މޭވާއާއި ތަރުކާރީން ދަރިންނަށް ކާން ދިނުމަށް އަބަދު ވެސް އަޅުގަނޑުމެން ސަމާލުކަން ދެމެވެ. ހަމަ އެ ބީދައިން ތިމާވެސް މޭވާއާއި ތަރުކާރީން ކާން އާދަކުރާށެވެ. ޚާއްސަކޮށް ސިއްހީގޮތުން ފައިދާ ބޮޑަށް ކުރާ ބާވަތްތައް ބަލައިގެން ކާށެވެ.

ހަރަކާތް އިތުރުކޮށް ހެލިފެލިވެ އުޅޭ

ދުޅަހެއު ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ހެލިފެލިވެ އުޅުމެވެ. ސިއްހީ ދުޅަހެއުކަން އިތުރުވުމުގެ އިތުރުން ބަރުދަން ލުއި ކޮށްދޭނެއެވެ. އަދި ކެންސަރާއި ހަކުރު ބަލިން ދުރު ކޮށްދެއެވެ. ހެލިފެލިވެ ކަސްރަތުކޮށް ހެދުމުން މޫޑް ރަނގަޅުވެއެވެ. އަދި ގަޑިއަށް ނިދުމަށް އެހީއަކަށް ވެއެެވެ.

ނިދި ހަމަކުރުން

މަންމައިންނަކީ ދުވާލުގެ ވަގުތު ތަކުގައި ދަރީންގެ ކަންކަމުގައި ވަރަށް އަވަދިނެތި އުޅޭ ބައެކެވެ. ހަމަ ނިދި ނުލިބޭ ނަމަ ނުވަތަ ނިދާ ގަޑިއަށް ނުނިދުމުގެ ސަބަބުން ވަރަށް ގިނަ ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ވުމާއި، ފަލަވުމާއި ހަކުރު ބަލި ޑިޕްރެޝަންއަށް ދިއުމަކީ ވެސް ނިދި މަދުވާނަމަ ދިމާވެދާނެ ސިއްހީ މައެްސަލަތަކެވެ. އެހެންކަމުން މައިން އެމީހުންގެ ނިދި ހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ގަވާއިދުން މެޑިކަލް ޗެކަޕް ހެދުން

ކިތަންމެ ބިޒީކޮށް އުޅެން ޖެހުނު ކަމުގައި ވިޔަސް ތިމާގެ އަމިއްލަ ހަށިގަނޑާއި މެދު ވިސްނުން ބަހައްޓަން ޖެހެއެވެ. ތިޔައީ އާއިލާއެއްގައި އެންމެ މުހިއްމު މީހާކަން ދަންނާށެވެ. ފުރިހަމަ ސިއްހަތެއްގައި ނެތްނަމަ އާއިލާއަށް ދޭންވާ އެކަށީގެންވާ އަޅާލުމާއި ލޯބި އޮންނާނީ ނުދެވިފައެވެ. ބައެއް ކަހަލަ ބަލިތަކަކީ ހަށިގަނޑުން އޭގެ އަލާމާތްތައް ފެނުމަށް ދުވަސް ނަގާ ބަލިތަކެކެވެ. ކެންސަރަކީ އެފަދަ އެންމެ އާއްމު އެއް ބައްޔެވެ. ހިތުގެ ބަލިތަކާއި، ހަކުރު ބަލިފަދަ ބަލިތައް ވެސް ޖެހިފައި ހުންނަކަން ނޭގި ދެއެވެ. ގަވާއިދުން މެޑިކަލް ޓެސްޓް ހަދަން މި ޖެހެނީ މި ސަބަބަށްޓަކައެވެ.

އާއިލީ އުފާވެރި ދިރިއުޅުމެއްގެ އެންމެ މުހިއްމު އެއް ކަމަކީ، ފުރިހަމަ ސިއްހަތެވެ. އެހެންކަމުން އެފަދަ ނުރައްކާ ބަލިތަކުން މައިން ސަލާމަތުން ތިބުން ވަރަށް މުހިއްމެވެ. ދަރީންނާއި މުޅި އާއިލާގެ މުސްތަގުބަލަށްޓަކައެވެ. އުފާވެރި މަންމަ އަކަށް ވުމަށްޓަކައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖުލައި 2024

މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!

24 ޖުލައި 2024
މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް