Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެވެންޖާސް: އިންފިނިޓީ ވޯ

އެވެންޖަރސް: އިންފިނިޓީ ވޯ 1.5 ބިލިއަން ޑޮލަރާއެކު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަށް

ފުރަތަމަ ދުވަހު ވެސް ޗައިނާއިން ވަނީ ފިލްމަށް 75 މިލިއަން ޑޮލަރު ލިބިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 މެއި 2018 | ހޮނިހިރު 22:48
އެވެންޖަރސް އިންފިނިޓީ ވޯގެ ޕޯސްޓަރު

އެވެންޖަރސް އިންފިނިޓީ ވޯގެ ޕޯސްޓަރު

މާވެލް ސްޓޫޑިއޯސްއިން ރިލީޒްކޮށްފައިވާ އެވެންޖަރސް އިންފިނީޓް ވޯއަށް މި ހަފްތާ ބަންދު ނިމޭއިރު 1.5 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބޭނެކަމަށް ލަފާކުރެވިއްޖެއެވެ.

މި ފިލްމް ހޮނިހިރު ދުވަހު ޗައިނާގައި ރިލީޒްކޮށްފައިވާއިރު ފުރަތަމަ ދުވަހު ވެސް ޗައިނާއިން ވަނީ މި ފިލްމަށް 75 މިލިއަން ޑޮލަރު ލިބިފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ އެއް ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު ބެލެވޭ ގޮތުގައި މި ހަފްތާ ބަންދުގެ ތެރޭގައި މި އަދަދު 1.5 ބިލިއަން ޑޮލަރަށްވުރެ އިތުރު ވެގެންދާނެއެވެ. މި ހަފްތާ ބަންދު ނިމޭއިރު އިންފިނިޓީ ވޯ ވެގެންދާނީ ތާރީހުގައި ވެސް ފަސްވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވާ ފިލްމަށެވެ.

މި ހަފްތާ ބަންދު ނިމޭއިރު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަކަށް އިންފިނީޓް ވޯ ވެގެންދާނެކަމަށް ރިޕޯޓްތައް ބުނާއިރު މި ރެކޯޑު މިވަގުތު އޮންނަނީ 2012 ވަނަ އަހަރު ރިލީޒްކުރި "ދަ އެވެންޖަރސް" އަތުގައެވެ. އެ ފިލްމަށް މިހާތަނަށް 1.518 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ބެލެވޭ ގޮތުގައި މި ފިލްމަށް ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރަށްވުރެ އިތުރު އާމްދަނީއެއް ލިބިގެންދާނެއެވެ.

މި ފިލްމް ރިލީސް ކުރިތާ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އުތުރު އެމެރިކާއިން ފިލްމަށް 305.9 މިލިއަން ޑޮލަރު ލިބުނުއިރު އެމެރިކާއިން އެކަނި ވެސް 258 މިލިއަން ޑޮލަރު ލިބުނެވެ.

މާވެލްއިން 2008 ން ފަށައިގެން މިހާތަނަށް 19 ފިލްމް ނެރެފައިވާއިރު، އެ ސްޓޫޑިއޯގެ އެންމެ ކާމިޔާބު ފިލްމަކީ 2012 ވަނަ އަހަރު ރިލީޒްކުރި 'ދަ އެވެންޖާސް' އެވެ.

މާވެލްގެ ފިލްމްތަކަކީ ކޮމިކަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމްތަކަށްވާ އިރު، އޭގެ ވާދަވެރިޔާ ޑީސީގެ 'ޖަސްޓިސް ލީގް'އަށް މުޅިއެކު ލިބިފައިވަނީ 659 މިލިއަން ޑޮލަރެވެ.

މާވެލްގެ ފިލްމްތައް މިހާރު ޑިޒްނީން ޕްރޮޑިއުސް ކުރާއިރު، މިއީ ޑިޒްނީން ޕްރޮޑިއުސް ކުރި ފުރަތަމަ 'އެވެންޖަރސް' ފިލްމެވެ. އަދި ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ 10 ފިލްމްގެ ތެރެއިން ނުވަ ފިލްމަކީ ޑިޒްނީގެ ޕްރޮޑަކްޝަންތަކެވެ.

އިންފިނިޓީ ވޯ އިން ހޮލީވުޑްގައި ބޮޑެތި ގިނަ ތަރިންތަކެއް ފެނިގެންދެއެވެ. 50އަށް ވުރެ ގިނަ ތަރިން ފެނިގެންދާ އިރު އޭގެ ތެރޭގައި، އަޔަންމޭންގެ ރޯލް ކުޅޭ ރޮބަޓް ޑައުނީ ޖޫނިއަރ، ތޯރގެ ރޯލް ކުޅޭ ކްރިސް ހެމްސްވަރތު، ހަލްކްގެ ރޯލް ކުޅޭ މާކް ރަފަލޯ، ބްލެކް ވިޑޯގެ ރޯލުން ފެންނަ ސްކާލެޓް ޖޮހާންސަން، ބްލެކް ޕެންތާގެ ރޯލް ކުޅޭ ޗެޑްވޮކް ބޮސްމަން، ލޯކީގެ ރޯލުން ފެންނަ ޓޮމް ހިޑްލްސްޓަން، ހަލްކްގެ ރޯލް ކުޅޭ މާކް ރަފަލޯ ފަދަ ބޮޑެތި ތަރިން ހިމެނެއެވެ. އެވެންޖަރސްއަކީ މާވެލްގެ ހުރިހާ ސުޕަރ-ހީރޯއިންގެ ޓީމެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

"ޖުޅްވާ2": ފާޑު ކިޔުންތަކާއި ހެދިވެސް ކާމިޔާބު

03 އޮކްޓޯބަރު 2017
"ޖުޅްވާ2": ފާޑު ކިޔުންތަކާއި ހެދިވެސް ކާމިޔާބު
21 ސެޕްޓެމްބަރު 2017

"އެމެރިކާސް ގޮޓް ޓެލެންޓް" ޑާސީ ލިން ކާމިޔާބުކޮށްފި

21 ސެޕްޓެމްބަރު 2017
"އެމެރިކާސް ގޮޓް ޓެލެންޓް" ޑާސީ ލިން ކާމިޔާބުކޮށްފި
12 ސެޕްޓެމްބަރު 2017

އަކްޝޭގެ އެންމެ ކާމިޔާބު ފިލްމަކީ "ޓޮއިލެޓް"

12 ސެޕްޓެމްބަރު 2017
އަކްޝޭގެ އެންމެ ކާމިޔާބު ފިލްމަކީ "ޓޮއިލެޓް"
21 އޯގަސްޓު 2017

ކާޖޮލްގެ 'ވީއައިޕީ 2'  ކާމިޔާބު!

21 އޯގަސްޓު 2017
ކާޖޮލްގެ 'ވީއައިޕީ 2'  ކާމިޔާބު!
03 ޖުލައި 2017

 "ޓޮއިލެޓް، އެކް ޕްރޭމްކަތާ": ފުރަތަމަ ޓްރެއިލާ ކާމިޔާބު

03 ޖުލައި 2017
 "ޓޮއިލެޓް، އެކް ޕްރޭމްކަތާ": ފުރަތަމަ ޓްރެއިލާ ކާމިޔާބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު