Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާގެ އާއްމު އިންތިޚާބު

މެލޭޝިއާގެ އާއްމު އިންތިޚާބު: ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

222 ގޮނޑިއަށް މެމްބަރުން އިންތިޚާބުކުރާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 9 މެއި 2018 | ބުދަ 04:05
އިންތިޚާބުގައި ބޮޑުވަޒީރުގެ އާއިލާގެ ބައެއް ބޭފުޅުން ވޯޓުލަނީ

އިންތިޚާބުގައި ބޮޑުވަޒީރުގެ އާއިލާގެ ބައެއް ބޭފުޅުން ވޯޓުލަނީ

މެލޭޝިއާގައި ބާއްވާ ތާރީޚި އާއްމު އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

ވޯޓުލުން ފެށުނީ މިއަދު ރާއްޖެ ގަޑިން ފަތިހު 5:00ގައެވެ. އަދި ރާއްޖެ ގަޑިން މެންދުރުފަހު 2:00 އާއި ހަމަޔަށް ވޯޓުލުން ކުރިއަށް ދާނެއެވެ. އިންތިޚާބުގެ ނަތީޖާތައް މިރޭ އެނިގެންދާނެއެވެ.

މި އިންިތިޚާބަކީ ބޮޑުވަޒީރު ނަޖީބު ރައްޒާޤްއާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ވަރުގަދަ ކުރިމަތިލުމަކަށް ވެގެންދާނެއެވެ. އަދި މިއީ މެލޭޝިއާއަށް މިނިވަންކަން ލިބުނުފަހުން މިދިޔަ 61 އަހަރު އެޤައުމުގައި ވެރިކަން ކުރި ބަރިސާން ނެޝަނަލް ކޯލިޝަނަށް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖެވެ.

ބަރިސާން ނެޝަނަލް އާއި، އެކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމަށްވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)ގެ މަޤްބޫލުކަން ފާއިތުވި އަހަރުތަކުގައި ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ ވެރިކަމުގައި ވަނީ ކުޑަވެފައެވެ. މިހާރުގެ އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދަކީ އަމްނޯގެ ކުރީގެ ލީޑަރެވެ. އެހެންނަމަވެސް 2016ވަނަ އަހަރު އެމަނިކުފާނު އަމްނޯ ދޫކުރައްވައި، ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި ދެކޮޅަށް ތެދުވެވަޑައިގަތީ ސަރުކާރާއި ބޮޑުވަޒީރު އިންތިހާއަށް ކޮރަޕްޓްވެފައިވާ ކަމަށް ތުހުމަތުކުރައްވައެވެ. ކުރިން ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު މަޤާމުން ވަކިވެވަޑައިގެން ހުންނެވި އުމުރުފުޅުން މިހާރު 92 އަހަރުވެފައިވާ މަހާތީރު އަނެއްކާވެސް ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން، އަނެއްކާވެސް ބޮޑު ތާޢީދެއް ވަނީ ހޯއްދަވާފައެވެ.

2013ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ އޭގެ ކުރިން ނުހޯދޭ މިންވަރުގެ ކާމިޔާބީއެއް ހޯދާފައެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި ޕޯސްޓަލް ވޯޓިންގ މެދުވެރިކޮށް ވޯޓުލީ ފަރާތްތަކުގެ ވޯޓުތަކަށް ބަދަލުގެންނަކަމުގެ ޝަކުވާއާއި، މަރުވެފައިތިބި މީހުންގެ ނަންތައް ވޯޓަރސް ލިސްޓްގައި އަދިވެސް ހިމެނުން ފަދަ ކަންކަން ޖަމްއިއްޔާތަކުން ފާހަގަކުރެއެވެ.

އިދިކޮޅު ފަރާތްތަކުން މި އިންތިޚާބު ކާމިޔާބުކޮށްފިނަމަ މަހާތީރު ވެވަޑައިގަންނަވާނީ ދުނިޔޭގައި ހުންނެވި އުމުރުން އެންމެ ދުވަސްވީ ބޮޑުވަޒީރަށެވެ.

މި އިންތިޚާބަށް ނިކުންނަވާއިރު ބޮޑުވަޒީރު ނަޖީބު ރައްޒާޤަށް ކުރިމަތިވެވަޑައިގެންފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެވެ. އެތުހުމަތުތަކުން އެމަނިކުފާނު ބަރީޢަވެވަޑައިގެންފައިވާކަމަށް މެލޭޝިއާގެ އިދާރާތަކުން ބުނިނަމަވެސް، އެމައްސަލަތައް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން ދަނީ އެމައްސަލަ އަދިވެސް ތަހުޤީޤުކުރަމުންނެވެ.

މި އިންތިޚާބުގައި މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑިއާއި، އެޤައުމުގެ 13 ސްޓޭޓްގެ ތެރެއިން 12 ސްޓޭޓެއްގެ ސްޓޭޓް ސަރުކާރުތަކުގެ އެސެމްބްލީތަކަށްވެސް މެމްބަރުން އިންތިޚާބުކުރާނެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އާބާދީ 14.5 މިލިއަނަށް އަރައެވެ.

އިންތިޚާބުގައި މެލޭޝިއާގެ މުސްލިމް އާބާދީއަށް ނަޖީބް ރައްޒާޤްގެ ކޯލިޝަނުން ބޮޑަށް އަމާޒު ހިފާފައިވާއިރު، މުސްލިމުންގެ އިތުރުން ބައިމަދު ޗައިނާ އަދި އިންޑިއާ ދަރިކޮޅުގެ ވޯޓު ލިބޭނެކަމަށް ބެލެވެނީ މަހާތީރުގެ ކޯލިޝަނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު