Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކްރިމިނަލް ކޯޓް

އާދަމް އާރިފު ބެއްލެވި ދެ ފަނޑިޔާރުންގެ މައްސަލަ އެހެން ގާޒީއަކާ ހަވާލުކޮށްފި

އާދަމް އާރިފް އެ މައްސަލަ ބެއްލެވުމާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދެއްކި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 8 މެއި 2018 | އަންގާރަ 18:45
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފު:- އޭނާ ބެއްލެވި މައްސަލަ ވަނީ އެހެން ގާަޒީ އަކާ ހަވާލުކޮށްފައި

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފު:- އޭނާ ބެއްލެވި މައްސަލަ ވަނީ އެހެން ގާަޒީ އަކާ ހަވާލުކޮށްފައި | ސަން އޮންލައިން

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފު ބައްލަވަމުން ގެންދެވި ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ އެހެން ގާޒީއަކާ ހަވާލު ކުރައްވައިފި އެވެ.

އަދުލު އިންސާފު ގާއިމު ކުރަން އެޅުމުގެ ކުށުގެ މި ދައުވާގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ އެ ކޯޓަށް އައްޔަން ކުރެއްވި ހަސަން ނަޖީބެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ގާޒީ ބަދަލުވެފައިވާތީ އެކަން ދިފާއީ ވަކީލުން ފާހަގަ ކުރެއްވުމުން ގާޒީ ނަޖީބު ވިދާޅުވީ އެ މައްސަލައި އޭނާއާ ހަވާލުކުރީ އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އާދަމް އާރިފު ބައްލަވާ މައްސަލަތައް މާ ގިނަވުމުން ކަމަށެވެ. އެހެން ނަމަވެސް ދިފާއީ ވަކީލުން ވިދާޅުވީ ޖިނާޢީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ގާޒީ ބަދަލުކުރެވޭނެ ހާލަތްތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ އެފަދަ ހާލަތެއް ނޫން ކަމަށެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި 152 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރަކު ބަދަލުކުރެވޭނީ ޝަރީއަތް ހިނގަމުން ދަނިކޮށް ނުވަތަ ޝަރީއަތުގެ އަޑުއެހުމެއް ނިމި ހުކުމް އިއްވަންވެފައި ވަނިކޮށް ފަނޑިޔާރު ބަލިވެއްޖެ ނުވަތަ މަރުވެއްޖެ ނަމަ ނުވަތަ ފަނޑިޔާރެއްގެ ދައުރު ހަމަވެއްޖެ ނަމަ ނުވަތަ އެ ޝަރީއަތް ފެށުމުގެ ކުރިން މެދުވެރިވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ، ކަމެއް މެދުވެރިވެރިވުމުގެ ސަބަބުން އެ ޝަރީއަތް ހިންގުމަށް އެ ފަނޑިޔާރެއް ނުކުޅެދިއްޖެނަމަ އެ މައްސަލައަކަށް ހާއްސަކުރެވިފައިވާ ފަނޑިޔާރަކު ބަދަލުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ މާއްދާގެ ވާހަކަ ދިފާއީ ވަކީލުން ވިދާޅުވުމުން ގާޒީ ނަޖީބު ވިދާޅުވީ މައްސަލައިން ތަނާޒުލުވެވަޑައިގަތީ ނޫން ކަމަށެވެ.

ދެ ފަނޑިޔާރުންގެ މައްސަލައިން ގާޒީ އާދަމް އާރިފު ވަކިވެފައިމިވަނީ އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދެއްވި ބަޔާނެއް ލީކްވެފައިވަނިކޮށެވެ. އެ ބަޔާނުގައި އާދަމް އާރިފު ވިދާޅުވެފައިވަނީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދު އޭނާއަށް ގުޅާ ކްރިމިނަލް ކޯޓުން ބައެއް މީހުން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތައް ބާތިލް ކުރުމަށް އެންގި ކަމަށާއި އެގޮތައް އަންގާފައިވަނީ އެ ދެ ފަނޑިޔާރުންގެ އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް އޮވެގެން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެ ބަޔާންތައް ލީކްވުމާއެކު ގިނަ ބަޔަކު ވަނީ އެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ބެލުމަށް އާދަމް އާރިފު އިންނެވުމަށް ފާޑު ކިޔާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު