Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައު ކިޑްޒް ރަން

ބީއެމްއެލް 'ވައު ކިޑްޒް ރަން' ކާމިޔާބުކަމާއެކު ނިންމާލައިފި

މި ދުވުމުގައި ތިން އުމުރުފުރާއަކުން 900 ކުދިން ބައިވެރިވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 މެއި 2018 | ހޮނިހިރު 12:32
ދުވުމުގެ ބައިވެރިން ކެއަރ ސޮސައިޓީއަށް ފައިސާ ހަދިޔާކުރަނީ

ދުވުމުގެ ބައިވެރިން ކެއަރ ސޮސައިޓީއަށް ފައިސާ ހަދިޔާކުރަނީ

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބީއެމްއެލް 'ވައު ކިޑްޒް ރަން'ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާއެކު މިއަދު ނިންމާލައިފިއެވެ.

މި ދުވުމުގައި ތިން އުމުރުފުރާއަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު ޖުމްލަ 1800 ބައިވެރިން މި ދުވުމުގައި މިއަހަރު ބައިވެރިވެފައިވެއެވެ. މި އުމުރުފުރާތަކުގެ ތެރެއިން ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންގެ ދުވުން ފަށާފައިވަނީ ބީއެމްއެލްގެ މަޖީދީ މަގު ބްރާންޗް ކުރިމަތިންނެވެ. ހަމައެހެންމެ ފަސް އަހަރާއި ހަތް އަހަރުގެ ކުދިންނާއި ހަތް އަހަރާއި ނުވަ އަހަރުގެ ކުދިންގެ ދުވުން ފަށާފައިވަނީ މަޖީދީމަގު އާޓިފިޝަލް ބީޗް ކުރިމަތިންނެވެ.

ދުވުމުގައި ބައިވެރި ކުދިންނަށް މެޑަލް ހަވާލުކޮށްފައިވަނީ ކޮންމެ ކުއްޖަކުވެސް ދުވުން ނިންމި ވަގުތު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. ދުވުމުގައި ބައިވެރިވި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްއާއި ޓީއެފްޖީގެ އިސްވެރިންނެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮން ދުވުމުގައި ބައިވެރިވި ކުދިން ހޯދި ފައިސާ، މި ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެކުދިން ވަނީ ކެއަރ ސޮސައިޓީއާއި ހަވާލުކޮށްފައެވެ. މި ފައިސާ ކެއަރ ސޮސައިޓީއާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއެވެ. ބީއެމްއެލްއިން ހުޅުވާލި މި ފަންޑްރެއިޒިން ޕްލެޓްފޯމް މެދުވެރިކޮށް އެކުދިން ވަނީ 130800 ރުފިޔާ ހޯދާފައެވެ.

ހަމައެހެންމެ މި ފައިސާގެ އިތުރުން ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގައި ރަޖިސްޓްރީ ކުރި ކުދިންގެ ރެޖިސްޓްރޭޝަން ފީގެ 15 އިންސައްތަ ގެ ގޮތުގައި ލިބުނު 30،150 ރުފިޔާވެސް ޓީއެފްޖީއިން ވަނީ ކެއަރ ސޮސައިޓީއަށް ހަދިޔާކޮށްފައެވެ.

މި ދުވުން މެދުވެރިކޮށް ލިބުނު ފައިސާ ކެއަރ ސޮސައިޓީއާއި ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީގެ އިތުރުން ދުވުމުގައި ބައިވެރިވި ބައެއް ކުދިންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު