Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޫނު މޫސުމުގެ ޓްރާންސްފާރ

ޖޯޖީނިއޯ ހޯދުމަށް ކްލަބްތައް ގަދަ ހިފުމަކަށް

އޭނާ ހޯދުމަށް މެންޗެސްޓާގެ ދެ ކްލަބުން ވެސް ދަނީ މަސައްކަތްކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 މެއި 2018 | އަންގާރަ 18:32
ނަޕޯލީއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޖޯޖީނިއޯ

ނަޕޯލީއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޖޯޖީނިއޯ

އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޖޯޖީނިއޯ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ކްލަބްތަކުން މަސައްކަތްކުރަމުންދާ ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

އޭނާގެ އޭޖެންޓް ކަމަށްވާ ޖޯ ސަންޓޯސް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ނަޕޯލިއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި އެހެން ނަމަވެސް ކްލަބާއެކު ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށެވެ. އޭނާ ބުނީ މަޝްވަރާތައް އަވަސް ކުރަން ނިންމީ ގިނަ ކްލަބްތަކުން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދާތީ ކަމަށާއި އެހެންކަމުން އެ ހުށަހެޅުންތަކުގެ މައުލޫމާތު ނަޕޯލީއާ ހިއްސާކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ނަޕޯލީގެ ފުރަތަމަ އެގާރަ އަންނަ ސީޒަނުގައި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެގޮތުން އެ ޓީމުގެ ކީޕަރު ޕެޕޭ ރެއިނާ އަންނަ ސީޒަނުގައި ޔަގީނުން ވެސް ފެންނާނީ އެހެން ކްލަބަކުން ކަމަށެވެ.

ޖޯޖީނިއޯ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ މެންޗެސްޓާއަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއެވެ. އެގޮތުން އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ސިޓީއިން މި ހުޅުވޭ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 50 މިލިއަން ޕައުންޑް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑްގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ ޖޯޖީނިއޯ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދެކޭ ކަމަށް މީޑިއާތަކުން ބުނެއެވެ. ހަމައެހެންމެ މައިކަލް ކެރިކް މި ސީޒަން ނިންމާލުމަށްފަހު ރިޓަޔާކުރަން ހަމަޖެހިފައިވުމާއެކު އޭނާގެ ބަދަލުގައި ޖޯޖީނިއޯ އެ ޓީމަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޖޯ ސަންޓޯސް ބުނެފައިވަނީ ޖޯޖީނިއޯއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމީ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ އިޓަލީ އަދި އިޓަލީގެ ލީގަށް ވާދަކުރަމުން އަންނަ ނަޕޯލީގެ ކުޅުންތެރިޔަކަށްވުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން މަސައްކަތްކުރާނެ ކަމަށް އެނގޭ ކަމަށެވެ. އޭނާ ބުނީ ނަޕޯލީގެ ސްޕޯޓިން ޑައިރެކްޓަރ ގެ މަގާމުގައި ހުރި ކްރިސްޓިއާނޯ ގަންޓޫލީއާ ތިން ފަހަރެއްގެ މަތިން މަޝްވާރަކޮށްފައިވާ ކަމަށާއި ޔުނައިޓެޑާއެކު އެއްވެސް މަޝްވަރާތަކެއް މިހާތަނަށް ކުރިޔަށް ގެންގޮސްފައިނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ވަރަށް އަވަހަށް ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ފެށިގެންދާނެ ކަމަށާއި ނަޕޯލީއިން އެކަމަށް ހުށަހެޅުމާއެކު އެކަން ކުރާނެ ކަމަށް ސަންޓޯސް ބުނެފައިވެއެވެ. އޭނާ ބުނީ މިވަގުތު އެކަމަށް ނުވިސްނާ ކަމަށާއި ދެއަހަރު އެކަމަށް އެބައޮތް ކަމަށެވެ. ސަންޓޯސް ބުނީ އާ ކުޅުންތެރިޔަކު ނަޕޯލީއަށް ގެންނަން ނިންމައިފިނަމަ ޖޯޖީނިއޯ އެހެން ޓީމަކުން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.

ބްރެޒިލްއަށް އުފަން ޖޯޖިނިއޯ ގައުމީ ފެންވަރުގައި ކުޅެމުން އަންނަނީ އިޓަލީއަށެވެ. ނަޕޯލީގައި ދެއްކި މޮޅު ކުޅުމާއެކު ޖޯޖީނިއޯއަށް ވަނީ އިޓަލީގެ ގައުމީ ޓީމުން ވެސް ފުރުސަތުދީފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެން ފެށިއިރު މިހާތަނަށް އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ ތިން މެޗެވެ. ނަޕޯލީއާއެކު އޭނާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ޓީމަށް 153 މެޗު ކުޅެދީފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު